މާޒިޔާ ބަލިކޮށް އޭޓީކޭ މޯހަން ބަގާން އަނެއް ބުރަށް

މާޒިޔާގެ ސަމުއްޓެ (ކ) ކައިރިން އޭޓީކޭ މޯހަން ބަގާންގެ ރޯއީ ކްރިޝްނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭޓީކޭ މޯހަން ބަގާން

މާޒިޔާގެ ސަމުއްޓެ (ކ) ކައިރިން އޭޓީކޭ މޯހަން ބަގާންގެ ރޯއީ ކްރިޝްނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭޓީކޭ މޯހަން ބަގާން

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރާ ގްރޫޕްގައި މިރޭ ކުޅުނު މެޗުން އޭޓީކޭ މޯހަން ބަގާން އިން 5-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މި ގްރޫޕްގައި މިއަދު ހަވީރު، ކުޅުނު މެޗުން ގޯކުލަމް ކެރަލާ އެފްސީ އަތުން 2-1 އިން ބަޝުންދަރާ ކިންގްސް މޮޅުވުމާ އެކު މާޒިޔާ މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ވަނީ ކަޓައިފަ އެވެ. މާޒިޔާ އިން އޭޓީކޭ މޯހަން ބަގާން އިން މޮޅުވިޔަނުދިންނަމަ އިންޓަ ޒޯން ޕްލޭއޮފް ސެމީން ފުރުސަތު ލިބޭނީ ބަޝުންދަރާ އަށެވެ. އެކަމަކު، އޭޓީކޭ މޯހަން ބަގާނުން ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މޮޅުވެފަ އެވެ.

ގްރޫޕް ޑީގެ އެއް ވަނަ އަށް ދިޔަ އޭޓީކޭ މޯހަން ބަގާން އާއި ދެ ވަނަ އަށް ދިޔަ ބަޝުންދަރާ އަށް ލިބުނީ ހަ ޕޮއިންޓެވެ. އޭޓީކޭ އަށް ކުރި ލިބުނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ތިން ވަނައިގައި ނިންމާލި މާޒިޔާ އާއި ފުލުގައި އޮތް ގޯކުލަމް އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބުނީ ވެސް ހެޑް ޓު ހެޑް ގަވާއިދަށް ބަލައިގެންނެވެ.

ގްރޫޕްގެ ތިން މެޗުގައި ވެސް މާޒިޔާ އިން ބޭނުންކުރީ އެއް ފުރަތަމަ އެގާރަ އެކެވެ. ފުރަތަމަ މެޗުގައި ހަސަން ޝިފާޒް (ޑުންގާ) ކެޕްޓަންކުރި ނަމަވެސް ފަހު ދެ މެޗުގައި ބޭންޑް އެޅީ ސަމޫހު އަލީ (ސަމުއްޓެ) އެވެ.

އޭޓީކޭ މޯހަން ބަގާންގެ ފުރަތަަމަ ދެ ގޯލު ޖެހީ ކައުކޯ: އޭނާ އަކީ މިދިޔަ އަހަރު ޔޫރޯގައި ފިންލެންޑް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއް.-- ފޮޓޯ: އޭޓީކޭ މޯހަން ބަގާން

ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން 16 ވަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިބްރާހިމް އައިސަމް ހުސްކޮށްލާފައި ހަމްޕު އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭޓީކޭ މޯހަން ބަގާންގެ ކެޕްޓަން، ފިޖީ ގައުމީ ޓީމުގެ ފޯވާޑް، ރޯއީ ކްރިޝްނާ މެޗުގެ 21 ވަނަ މިނިޓްގައި ޖެހި ޝޮޓް ވަނީ މާޒިޔާ ޑިފެންޑަރުން ބްލޮކްކޮށްފަ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ މާޒިޔާ އިން މެޗުގެ 23 ވަނަ މިނިޓްގައި އައިސަމް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭރިއާ ރޮނގުކައިރިން ޖާގަ ހުސްކޮށްލުމަށް ފަހު އަައިސަމް ރަނގަޅު ވަގުތުގައި ބޯޅަ ފޮނުވާލި ނަމަވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.

އޭގެ ތިން މިނިޓް ފަހުން އޭޓީކޭ މޯހަން ބަގާން އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި މާޒިޔާގެ ގޯލުގައި ހުރި ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ކުމާރް ލިމްބޫ ޖެހި ބޯޅައެއް ލިބުނީ ހުސްކޮށް ހުރި، އޭޓީކޭ މޯހަން ބަގާންގެ ފިންލެންޑް ގައުމީ ޓީމަށް ކުޅޭ މިޑްފީލްޑަރު ޖޯނީ ކައުކޯ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ 10 މިނިޓް ފަހުން، މެޗުގެ 36 ވަނަ މިނިޓްގައި ކައުކޯ ވަނީ ދެ ވަނަ ގޯލެއް ޖަހައި، އޭޓީކޭ މޯހަން ބަގާން އަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ އޭޓީކޭ މޯހަން ބަގާންގެ ފޯވާޑް މަންވީރު ސިންގް ބޮލުން ޖައްސާލި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ކައުކޯ ޖެހި ގޯލެކެވެ. ދެ ބޯޅައިގައި ވެސް ކީޕަރު ކިރަންގެ ގޯސް ފާހަގަކުރެވުނެވެ.

އޭޓީކޭ މޯހަން ބަގާންގެ ލިސްޓަން (ކ) އަތުން ބޯޅަ ހޯދަން މާޒިޔާގެ ސަމޫހު ޓެކަލްކުރަނީ.-- ފޮޓޯ: އޭޓީކޭ މޯހަން ބަގާން

މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައިފަ އެވެ. މިއީ މެޗުގެ 45 ވަނަ މިނިޓްގައި ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ޖެހި ގޯލެކެވެ. މެދުތެރެއިން އޭޓީކޭ މޯހަން ބަގާންގެ މިޑްފީލްޑަރު ދީޕަކް ތަންގްރީ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން މާޒިޔާގެ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އޭރިއާތެރެއިން، ހުސްކޮށްލާފައި ޓަނާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓްގެ ތެރޭގައި އޭޓީކޭ މޯހަން ބަގާން އިން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި އޭޓީކޭ މޯހަން ބަގާންގެ ފުލްބެކް، ސުބަޝިޝް ބޯސް ނެގި ހުރަހެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ރޯއީ ކްރިޝްނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭޓީކޭ މޯހަން ބަގާން އިން ވަނީ ހަތަރު ވަަނަ ގޯލު ޖަހައިފަ އެވެ. މިއީ ހިލޭ ޖެހުމަކުން ލިސްޓަން ކޮލާސޯ ނެގި ހުރަހަކުން ސުބަޝިޝް ޖެހި ގޯލެކެެވެ. ސުބަޝިޝް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ކިރަން އަތުގައި ޖެހިފަ އެވެ. އެއީ އާންމު ގޮތެއްގައި ކީޕަރު ކިރަން ފަސޭހަކަމާ އެކު ނަގާ ބޯޅައެކެެވެ. އެކަމަކު، މި ފަހަރު ސުބަޝިޝް ޖެހި ބޯޅަ ކިރަން އަތުގައި ޖެހިފައި ވަނީ ގޯލަށެވެ.

އޭޓީކޭ މޯހަން ބަގާން އިން ފަސް ވަނަ ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. މިއީ ކާލް މެކްހިއު ޖެހި ބޯޅައެއް މާޒިޔާގެ ޑިފެންޑަރެއް ފައިގައި ޖެހިފައި ވަން ގޯލެކެވެ. އޭގެ ދެ މިނިޓެއް ފަހުން މާޒިޔާ އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ، މެޗުގެ 73 ވަނަ މިނިޓްގައި ކޯނޭ ނެގި ހުރަަހަކުން ޓަނާ ބޮލުން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަންއިރު، ކީޕަރު އާޝް އަންވަރަށް ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ބަދަލަކަށް ކުޅެން އެރި އޭޓީކޭ މޯހަން ބަގާންގެ ލެނީ ރޮޑްރިގޭސް މެޗުގެ 79 ވަނަ މިނިޓްގައި ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާތެރެއިން، ރޯއީ ކްރިޝްނާ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. މެޗުގެ ފަހު ކޮޅުގައި ލިސްޓަން އާއި ޑޭވިޑް ވިލިއަމްސް ޖެހި ގޯލުތަކެއް ވަނީ އޮފްސައިޑްވެފަ އެވެ.

މި މެޗު ބަލަން ސޯލްޓް ލޭކް ސްޓޭޑިއަމަށް ވަނީ 33،735 ސަޕޯޓަރުން ވަދެފަ އެވެ. މި ދަނޑަކީ 85،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox