ހުލާސާކޮށް އިއްޔެ: އިންތިހާއަށް މަސްވެރިކަން ރަނގަޅުވެ މަސްކިރުން މިފްކޯއިން ލިމިޓުކުރުން

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. ބައެއް ދޯނިތަކުން 60 ޓަނާއި 30 ޓަނުގެ މަސް އަންނަނީ ދުވާލެއްގެ މައްޗަށް ބާނަމުން --- ފޮޓޯ: ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. ބައެއް ދޯނިތަކުން 60 ޓަނާއި 30 ޓަނުގެ މަސް އަންނަނީ ދުވާލެއްގެ މައްޗަށް ބާނަމުން --- ފޮޓޯ: ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)

ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ބާނަމުންދާތީ މިފްކޯއިން ހިންގާ ކޫއްޑޫއިން މަސްގަތުން ކޮންޓްރޯލްކޮށް ދޯންޏަކުން ފަސް ޓަނު ނަގަން ނިންމީ އިއްޔެ އެވެ.

މިފްކޯއިން އިއްޔެ ބުނީ ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުން ދާތީ، ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން ދޯންޏަކުން ކިރަމުން ދާނީ ދުވާލަކަށް ފަސް ޓަނު ކަމަށެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހު 770 ޓަނުގެ މަސް އަދި އަންގާރަ ދުވަހު 620 ޓަނުގެ މަސް ބާނައިގެން މަސްވެރިން އައިސް ތިބި ކަމަށެވެ. އެވެރެޖުކޮށް ދޯންޏަކަށް 12 ޓަނުގެ މަސް ބާނަމުންދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނުގެ މަސް ވަނީ ބާނާފަ އެވެ. އަދި، އިއްޔެ (ނޫސް ބަޔާން ނެރުމުގެ ވަގުތާ ހަމައަށް) 510 ޓަނުގެ މަސް ބާނާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

މިހާލަތުގައި ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ފެންވަރުގައި މަސް ގަނެ ބެހެއްޓުމަށް ބޭނުންވާތީ އަންގާރަ ދުވަހު ކިޔުއަށް އެރި ދޯނިތަކުގެ މަސް ކިރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބަޔާނުގައި މިފްކޯ އިން އިއްޔެ ބުންޏެވެ.

"މިހާރު ކިޔުގައި ތިބި ދޯނިފަހަރުގައި ހުރި މަސް ކިރާ، ފްރީޒް ކުރުމަށް ބޭނުންވާތީ މިއަދުން ފެށިގެން [އިއްޔެއިން ފެށިގެން] ކިޔުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖް ކުރެވެންދެން ނިންމާފައި ވަނީ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރުމަށް،" މިފްކޯއިން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

ނަމަވެސް، ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ކިޔު ނަމްބަރު ދީފައިވާ ދޯނިފަހަރުގެ މަސް ކިރާ ނިމެންދެން ކޮންޓްރޯލްނުކޮށް ނަގަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކެޕޭސިޓީއަށް ބަލައިގެން މަސް ބޭނޭނެ ގޮތެއް ނެތް

ކޫއްޑޫ ކައިރިއަށް މަސްކިރަން ގޮސް އޮތް "ތެދުމަގު" ދޯނީގެ ކެޔޮޅު މި ނޫހަށް އިއްޔެ ބުނީ މިފްކޯގެ ކެޕޭސިޓީއަށް ވިސްނައިގެން މަސް ބޭނޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން މަސްބާނާ މިންވަރު މަދުވެ ދަތިތަކާއި ކުރިމަތި ވެދާނެ ކަމަށް އޭނާ ބުނެ އެވެ.

"އަނެއްހެން އަހަރުމެންނަށް ކިހިނެތް އިނގޭނީ ކެޕޭސިޓީއަށް ވުރެ ގިނަ ވާނެ ކަމެއް. ކޮންމެ ދޯންޏަކުން ބާނާނީ މިވަރު ކަމެއް؟ މިކަމަށް އޮތް ހައްލަކީ ސްޓޮރޭޖް އިތުރުކުރުން ހަމަ. ހުވަދުއަކީ އަބަދު ވެސް މަސްވެރިކަން އެންމެ ރަނގަޅު ތަން. އެހެންވީމަ މިކޮޅަށް އެބަ އިތުރުކުރަން ޖެހޭ ކަންނޭނގެ. ކޫއްޑޫއިން އެކަނި ނުވޭ،" "ތެދުމަގު" ދޯނީގެ ކެޔޮޅު ބުންޏެވެ.

އޭނާ އިއްޔެ ބުނީ މަސްވެރިންނަށް މަސްކިރުމުގެ އިތުރުން އައިސް ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި، ތިނަދޫގައި މިހާރު އަޅަމުންދާ އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށް ނުދާކަމަށާއި އައްޑޫގައި އެޅި ސްޓޯރޭޖް ޕްލާންޓުގެ ކެޕޭސިޓީ ކުޑަކަމުން ބޭކާރު ވެފައިވާ ކަމަށް އޭނާ ބުނެ އެވެ. އެކަންކަމާ މަސްވެރިންގެ މެދުގައި ހިތްހަމަނުޖެހުން ހުރި ކަމަށް އޭނާ އިއްޔެ ފާހަގަކުރި އެވެ.

މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށާއި، ފިނިކޮފައި މަސް ބެހެއްޓޭ ޖާގަ އިތުރުކުރުމަށް މަޝްރޫއުތައް ވަނީ ފަށައިފަ އެވެ. އެގޮތުން ކޫއްޑޫ ބަނދަރު ގެ ޖާގަ ކުޑަވުމާއެކު މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް އެބަނދަރުގެ ބޭނުންކުރަން ދަތިތަކަކާއި ކުރިމަތިވެ މަސްވެރިކަމުގެ ފަހި މޫސުމްގައި މަސްކިރުން ލަސްވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފަޅުގެ ޖާގަ ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ. މި މަޝްރޫއުގެ ދަށުން ކޫއްޑޫގެ ކޯލްޑް ސްޓޯރަށް އިތުރުކުރެވޭ 4،000 ޓަނާއެކު ޖުމްލަ 6،000 ޓަނަށް ޖާގަ އިތުރު ވާނެ އެވެ.

ފެލިވަރުގައި މުޅިން އަލަށް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3،500 ޓަނުގެ ކާގޯ ވެސަލް ކައިރިކުރެވޭ ފެންވަރަށް ތަރައްގީ ކުރުމާއި، މަސްކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެ އެއް ވެސް ފެލިވަރުގައި ގާއިމުކުރެ އެވެ.

ނިމިގެންދިޔަ 2021 ވަނަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރެވެ. އެގޮތުން މިދިޔަ އަހަރު މަސްވެރިންގެ އަތުން 58،350 ޓަނުގެ މަސް މަސް މިފްކޯއަށް ގަތެވެ. 2020 ވަނަ އަހަރު 49،000 ޓަނުގެ މަސް ގަނެފައިވާއިރު، އޭގެ ކުރީ އަހަރު ގަނެފައިވަނީ 48،000 ޓަނުގެ މަހެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް، ހަވީރު ނޫހުގެ މިލްކުވެރިކަމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ އިއްޔެ އެވެ.
  • ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލު އަޅައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާނުކުރީ އިއްޔެ އެވެ.
  • ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ނުކުރުމުން އޭނާ ސަލާމަތްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ކުންފުނިތައް އުފައްދަނީ ސަރުކާރުން ބޭނުންވެގެން ނޫން ކަމަށާއި ވިޔަފާރީގެ އުސޫލުން އެ ހިދުމަތްތައް ދޭނެ އަމިއްލަަ ކުންފުނިތައް ނެތުމުން ކަމަށް ހާމަކުރައްވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވީ:

"ކާކު ފެލިވަރު މިއަދު ގަނެގެން އެތަނަށް 50 މިލިޔަން ޑޮލަރު އިންވެސްޓުކޮށްގެން، އަޅުގަނޑުމެންގެ މަސްވެރިން މި އުއްމީދުކުރާ އަގުގައި މަސް ގަންނާނީ؟"

ދުވަހުގެ ފޮޓޯ

އެޕްރީލް 5، 2022: މަހަލްދީބު ފައުންޑޭޝަނުން ރޯދަމަހު ކުރިއަށްގެންދާ "ގިފްޓް އަ ސްމައިލް" ކެމްޕޭނަށް ބޭނުންވާ ކެއާ ޕެކޭޖުތައް ބަންދުކުރުމުގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ހަރަކާތްތެރިވަނީ. މި ޕެކޭޖުތައް ހަތް ސަރަހައްދެއްގައި ބަހާއިރު 11 ބާވަތެއްގެ ތަކެތި ހިމެނޭނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެޕްރީލް 5، 2022: މަހަލްދީބު ފައުންޑޭޝަނުން ރޯދަމަހު ކުރިއަށްގެންދާ "ގިފްޓް އަ ސްމައިލް" ކެމްޕޭނަށް ބޭނުންވާ ކެއާ ޕެކޭޖުތައް ބަންދުކުރުމުގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ހަރަކާތްތެރިވަނީ. މި ޕެކޭޖުތައް ހަތް ސަރަހައްދެއްގައި ބަހާއިރު 11 ބާވަތެއްގެ ތަކެތި ހިމެނޭނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެޕްރީލް 5، 2022: މަހަލްދީބު ފައުންޑޭޝަނުން ރޯދަމަހު ކުރިއަށްގެންދާ "ގިފްޓް އަ ސްމައިލް" ކެމްޕޭނަށް ބޭނުންވާ ކެއާ ޕެކޭޖުތައް ބަންދުކުރުމުގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ހަރަކާތްތެރިވަނީ. މި ޕެކޭޖުތައް ހަތް ސަރަހައްދެއްގައި ބަހާއިރު 11 ބާވަތެއްގެ ތަކެތި ހިމެނޭނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ފިޝަރީ ސާވޭ 2015"

މިއީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް އޮތް ހާލަތާއި ކަނޑުފަޅުތަކުގައި ދިރުމަށް މަސްވެރިކަމުގެ ސަބަބުން ކުރާ އަސަރުތައް ދެނެގަތުމަށް 2015 ވަނަ އަހަރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް އިން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox