މަލީހުގެ އޮފީހާއެކު 795،000ރ. މަރާމާތަށް ހަރަދުކުރީ ގަވައިދާ ހިލާފަށް

މިނިސްޓަރު ކަމުގައި މަލީހު ހުންނެވިއު މީޑިއާއަކަށް އިންޓަވިއުއެއް ދެއްވަނީ--

މިނިސްޓަރު ކަމުގައި މަލީހު ހުންނެވިއު މީޑިއާއަކަށް އިންޓަވިއުއެއް ދެއްވަނީ--

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްގައި މިނިސްޓަރަކަށް ކުރިން ހުންނެވި މުހައްމަދު މަލީހް ޖަމާލް، އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އެ ތަނާ ގުޅުވައިގެން ހަމަ އެ ޑިޒައިނާ އެއްގޮތަށް ބްލޮކް-ބީ މަރާމާތު ކުރުމަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރި ކަމަށް މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މަލީހުގެ މިނިސްޓަރުކަމުގައި އޭނާ އިންނެވި ކޮޓަރި ތަފާތު، ރީތި ގޮތަކަށް މަރާމާތުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން 2020ވަނަ އަހަރު އޭނާއަށް އަމާޒުވި އެވެ.

އޭރު މަލީހު ބޭނުންވީ އެ ކޮޓަރީގެ އިންޓީރިއާ ޑިޒައިން ވައިޓް ހައުސްގެ އޯވަލް އޮފީހާ ވައްތަރު ކުރެއްވުމަށްވެސް ބައެއް ސިޔާސީ ވެރިން ވިދާޅުވެފައިވެ އެވެ. އެގޮތުން އޯވަލް އޮފީހުގެ ފާރުގައި ހުންނަގޮތަށް ބިމުން ފެށިގެން ދެ ފޫޓަށް ހުދުކުލައިގެ ވަކަރު ޕެނަލް ހަރުކޮށްފައި ހުރި ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ކޮޓަރީގެ ފާރުގައިވެސް ވޯލްޕޭޕާ ހަރުކޮށް އަގު ބޮޑު ދޮރު ފޮތި ތަކާއި ކާޕެޓުން ޒީނަތްތެރިކޮށްފައިވެ އެވެ.

ކޮމިއުނިކޭޝަންސް މިނިސްޓްރީގެ 2019ގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކުރި އެ މަސައްކަތުގައި، ބައެއް ކަންކަން ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ.

އޭގެ ތެރޭގައި އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވެ އެވެ. މައިގަނޑު ތިން ކަމެއް ހިމެނޭއިރު އެއީ މިނިސްޓްރީ ހިންގާ ބީ-ބްލޮކް އިމާރާތް ކުރުމުގައި ފާހަގަ ކުރެވުނު ކަންތައް ތަކަކާއި ހަރުމުދަލުގެ ހިސާބުތައް ގަވައިދާ އެއްގޮތަށް ދައްކާފައި ނުވުމުގެ އިތުރުން ސިވިލް ސާވީސް މަގާމުތަކުގައި ތިބޭ އިދާރީ މަގާމުތަކުގެ މަސައްކަތް ކުރުމަށް ކޮންސަލްޓެންޓުން ހޯދާފައިވާ ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެ ތެރެއިން އިމާރާތުގެ ރިނޮވޭޝަރަށް ކޮށްފައިވާ ކަންކަމުގެ ތެރޭގައި:

މަސައްކަތް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު އަގުން އުނިކޮށްފައި ނުވުން

މިނިސްޓަރުގެ ކޮޓަރޯގެ އިންޓީރިއާ ޑިޒައިނެއް ތައްޔާރުކޮށް އެ ޑިޒައިނާ އެއްގޮތަށް ބްލޮކް-ބީ ރިލޮކޭޓް ކުރުމަށް އެކުލަވާލި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 25 ދުވަސްތެރޭގައި މަސައްކަތް ނިންމަންޖެހޭނެ ކަމަށް އޮތް ނަމަވެސް އެއްބަސްވުމުގައިވާ ތާރީހަށް މަސައްކަތް ނިމިފައި ނުވާއިރު، މުއްދަތު އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތުން އެދިފައިވާ ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ.

މާލިއްޔަތު ގާނޫނުގެ ދަށުން، އެގްރީމެންޓްކުރި މަސައްކަތް ލަސްވާ ނަމަ، ގެއްލުމުގެ އަގު (ލިކުއިޑޭޓެޑް ޑެމޭޖަސް) ދައްކަން ޖެހޭ ކަމަށް އޮތް ނަމަވެސް މިނިސްޓަރުގެ ކޮޓަރި ހެދުމުގެ މަސައްކަތް ލަސްވުމުގެ ލިކުއިޑޭޓެޑް ޑެމޭޖަސްއަށް 119،000ރ.އަށް ވުރެ ބޮޑު އަދަދެއް އަރާފައިވެ އެވެ. ނަމަވެސް އެ މިންވަރު މަސައްކަތުގެ އަގުން އުނިކޮށްފައެއް ނުވާ ކަމަށް އޮޑިޓުން ފާހަގަ ކޮށްފައިވެ އެވެ

ލިކުއިޑޭޓެޑް ޑެމޭޖަސް ދައްކަން ޖެހޭ ކަމަށް 2020ވަނަ އަހަރު ފާހަގަ ކުރެވުމުން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، 9،834ރ. އުނިކޮށްފައިވާ ނަމަވެސް އެއީ ދައްކަން ޖެހޭ ހަމަ އަގު ނޫން ކަމަށް އޮޑިޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވުން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާގޮތުން ކުރުވާ މަސައްކަތާއި ހޯދާ ހިދުމަތުގެ ޖުމުލަ އަގު 250,000ރ. އަށްވުރެ ބޮޑުނަމަ، ހުށަހަޅާ ކޮންމެ ބިލަކުން، ބިމުގެ ޖުމުލަ އަގުގެ ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހެ އެވެ. ނަމަވެސް، މި މަސައްކަތާއި ގުޅިގެން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދައްކާފައިވާއިރު، ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާ ކަމަށް އޮޑިޓްގައިވެ އެވެ.

އެގްރީމަންޓް ކުރި މަސައްކަތާ ގުޅުމެއް ނެތް ކަމެއް، އިތުރު މަސައްކަތުގެ ގޮތުގައި ހަވާލުކޮށްފައިވުން

މިނިސްޓަރުގެ ކޮޓަރި ރެނޮވޭޓު ކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް، އެ މަސައްކަތުގެ ސްކޯޕުގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް، އިއުލާނުކޮށް ހަމަ އެފަރާތާ ހަވާލުކޮށްފައިވާކަމާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވިފަހުންކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން، އިތުރު މަސައްކަތުގެ ގޮތުގައި މިނިސްޓަރުގެ ކޮޓަރި ކޮޅުގައި ހުރިގޮތަށް، ވޯކްވޭ ދެފަރާތުގައި ގުރޫ ކަނޑާ ފިލާޖެހުމުގެ މަސައްކަތް 103,880ރ. 2019 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައިވާގޮތަށް އިއުލާނުކޮށްގެން ނޫން ކަމަށްވެސް އޮޑިޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި އިތުރުބާރު ނެތް ކަމަށް ފާސްކޮށް އޭނާ މަގާމުން ދުރުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

އެއަށްފަހު ކޮމިއުނިކޭޝަންސް މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އެއްކޮށްލާ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީގެ ނަމުގައި އާ މިނިސްޓްރީއެއް މިހާރު ވަނީ އުފައްދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox