އާސަންދައަށް ކުރާ ހަރަދު އަންނަ އަހަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފި

އާސަންދަ ލިބޭ ބޭސްފިހާރައެއް: އާސަންދައަށް ކުރާ ހޭދަ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ -- ފޮޓޯ: އަދަދު ފައިލް

އާސަންދަ ލިބޭ ބޭސްފިހާރައެއް: އާސަންދައަށް ކުރާ ހޭދަ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ -- ފޮޓޯ: އަދަދު ފައިލް

އާސަންދައިގެ ހަރަދު އަންނަ އަހަރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިޓް އޮފީހުން ނެރުނު އާސަންދައިގެ ޕާފޯމަންސް އޮޑިޓްގައި ލަފާކޮށްފި އެވެ.

އެ ރިޕޯޓުގައި ބުނީ އަންނަ އަހަރު ދައުލަތުން ބޭސްފަރުވާއަށް ކުރާ ހަރަދު 10 ބިލިއަން ރުފިޔާއަށް ލަފާކުރެވޭއިރު، ދައުލަތުން އާސަންދައަށްކުރާ ހަރަދު އަންނަ އަހަރަށް ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"2027 ވަނަ އަހަރު ދައުލަތުން ބޭސްފަރުވާއަށް ކުރާ ހަރަދު 10 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ 2019 އާ އަޅައިބަލައިއިރު 116 ޕަސަންޓަށް އިތުރު އަދަދެއްކަން ފާހަގަކުރަން. ދައުލަތުން އާސަންދައަށް ކުރާ ހަރަދު 2027 ވަނަ އަހަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ 2019 އާ އަޅައިބަލައިއިރު 62 ޕަސަންޓު އިތުރު އަދަދެއްކަން ފާހަގަކުރެވޭ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ފާއިތުވި ހަ އަހަރަށް ބަލާއިރު އާސަންދަ ސްކީމަށް ބަޖެޓުކުރި އަދަދަށްވުރެ ސްކީމަށް ކުރެވުނު ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާ ކަމަށާއި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހަރަދުތައް އިތުރުވެ، ސްކީމުގެ ދެމެހެއްޓިނިވި ކަމަށް އަސަރު ކުރާނެ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ސަރުކާރު ހޮސްޕިޓަލްތަކަށް ދައުލަތުން ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަނީ އާސަންދައަށެވެ. އެގޮތުން 2019 އިން 2024 ވަނަ އަހަރުގެ ނިޔަލަށް އާސަންދައަށް ޖުމްލަ 16 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، އެއީ އެވްރެޖުކޮށް އަހަރަކު 2.6 ބިލިއަން ރުފިޔާ އެވެ.

ސްކީމަށްކުރާ ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާ ބައެއް ސަބަބުތައް:

  • އައު ހިދުމަތްތަކާއި ބޭސްތައް ސްކީމަށް އިތުރުވުން.
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ގަވާއިދަށް އަމަލުކޮށްފައި ނުވުން.
  • ސްކީމް ހިންގުމުގައި ހަރުދަނާ ކޮންޓްރޯލްތަކެއް ގާއިމުވެފައި ނެތުން.
  • އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނާ އެއްގޮތަށް ސްކީމް ފަރުމާކޮށް، ހިންގާފައި ނުވުން.
  • ދެމެހެއްޓިނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ހަރަދުތައް ހިފެހެއްޓުމުގެ ޒިންމާ ކަމާބެހޭ މުއައްސަސާތަކުން ނަގާފައި ނުވުމާއި، މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްފައި ނުވުން.

ރިޕޯޓުގައި ބުނީ 2023 އަދި 2024 ވަނަ އަހަރު، ކުރީ އަހަރުތަކުގައި ފައިސާ ނުދައްކާ ހުރި ގިނަ ބިލްތަކަށް ފައިސާ ދައްކާފައިވީ ނަމަވެސް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދައްކަންޖެހޭ 640،608،347ރ. 2024 ވަނަ އަހަރު ނިމުނުއިރު ހުރިކަމަށް އަދާޒާ ކުރެވެ އެވެ. އޭގެއިތުރުން ދައްކަންޖެހޭ ފައިސާގެ އަދަދު އެވްރެޖުކޮށް އަހަރަކު ހަތް ޕަސަންޓު އިތުރުވަމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ސްކީމަށް ކުރެވުނު ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ދިއުމާއި، ސްކީމުގެ ހިންގުމާއި މާލީ ކަންކަން ބަހައްޓަން ކޮށްފައިވަ ގޮތަށް ބެލައިއިރު ދެމެހެއްޓިނިވި ގޮތެއްގައި ސްކީމް ހިންގުމަށް ދަތިވެފައިވާކަން ފާހަގަކުރަން،" ރިޕޯޓުގައި ބުންޏެވެ.

އަމިއްލަ ހޮސްޕިޓަލުތަކުން ދޭ ހިދުމަތްތަކަށް ކްރެޑިޓް މުއްދަތުގެ ތެރޭގައި ފައިސާ ލިބުން ލަސްވުމުގެ ސަބަބުން، ދެމެހެއްޓިނިވި ގޮތެއްގައި ހޮސްޕިޓަލްތައް ހިންގުމަށް ކުރަންޖެހޭ ހޭދަ އިތުރުވަމުންދާ ކަމަށް އަމިއްލަ ހޮސްޕިޓަލްތަކުން އޮޑިޓަށް މައުލޫމާތު ދިން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ފަރުވާ ހޯދާ ފަރާތްތަކުން ތަކުރާރުކޮށް އެއް ތަހުލީލުތަކެއް އެކި މަރުކަޒުތަކުން ހެދުމުގެ ސަބަބުން އާސަންދަ ސްކީމުން ކުރަން ޖެހޭ ހޭދަ އިތުރުވަމުންދާތީ، އެކަމަށް ކުރަންޖެހޭ ހޭދަ ކުޑަ ކުރުމަށާއި ސިއްހީ ހިދުމަތްތަކަށް އެކި ހޮސްޕިޓަލުތަކުން އެކި ނަންނަމުގައި އެކި އަގުތައް ޗާޖު ކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހައްލުކުރަން ވެސް އަވަސް ފިޔަވަޅުތައް އެޅުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox