ފެނަކަ ކޮރަޕްޝަން: އުސޫލާ ހިލާފަށް 10 އެއްބަސްވުމެއް ހެދި ކުންފުންޏަކުން ސޯލިހުގެ ކެމްޕޭނަށް 2 މިލިއަން ރުފިޔާ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފެނަކައިން އުސޫލާއި ހިލާފަށް 10 އެއްބަސްވުމެއް ހެދި ކުންފުންޏަކުން އެމަނިކުފާނުގެ ކެމްޕޭނަށް 2 މިލިއަން ރުފިޔާ ހަރަދުކުރި ---- ފޮޓޯ: އަދަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފެނަކައިން އުސޫލާއި ހިލާފަށް 10 އެއްބަސްވުމެއް ހެދި ކުންފުންޏަކުން އެމަނިކުފާނުގެ ކެމްޕޭނަށް 2 މިލިއަން ރުފިޔާ ހަރަދުކުރި ---- ފޮޓޯ: އަދަދު

ފެނަކަ ކޯޕަރޭޝަނުން އުސޫލާއި ހިލާފަށް 10 އެއްބަސްވުމެއް ހަދާފައިވާ ކުންފުންޏަކުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން އެކައުންޓަށް ދެ މިލިއަން ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި ފެނަކައިގެ ހާއްސަ އޮޑިޓުގައި 2021 އިން 2023 އަށް ފެނަކައިން އާންމު ބީލަމުގެ އުސޫލުން ބޭރުން 439 އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބުނެފައިވެ އެވެ. މި އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އޮޑިޓު ރިޕޯޓުގެ އެނެކްސް ގައި އުސޫލާއި ހިލާފަށް އެއްބަސްވުން ހެދި ކުންފުނިތަކާއި، އެ ކުންފުނިތަކާއެކު ހެދި އެއްބަސްވުންތަކުގެ އަދަދު އަދި އެ އެއްބަސްވުންތަކުގެ ޖުމްލަ އަގު ހިމަނާފައިވެ އެވެ. ސޯލިހުގެ ކެމްޕޭން އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ލިސްޓުގެ ތިންވަނައިގައި އޮތް އަޒްރޯވާ ކުންފުނިންނެވެ.

ފެނަކައިން އަޒްރޯވާ އާއެކު ޖުމްލަ 10 އެއްބަސްވުމެއް ހަދާފައިވެ އެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގު 107,576,138ރ. އަށް އަރަ އެވެ. މީގެ ތެރެއިން ބައެއް އެއްބަސްވުންތައް ހަދާފައިވަނީ މާކެޓު އަގަށްވުރެ ބޮޑުކޮށް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ސޯލިހުގެ ކެމްޕޭން މާލީ ބަޔާނުގައި، އެމަނިކުފާނުގެ ކެމްޕޭން އެކައުންޓުގެ ބޭންކް ސްޓޭޓްމަންޓު ވެސް ހިމަނާފައިވެ އެވެ.

މި ސްޓޭޓްމަންޓުން އެނގޭ ގޮތުގައި އަޒްރޯވާ ކުންފުނީގެ އެކައުންޓުން ސެޕްޓެމްބަރު 3، 2023 ގައި ޖުމްލަ 10 ޓްރާންސްފާއެއް ކޮށްފައިވެ އެވެ. މިއިން ކޮންމެ ފަހަރަކު ވެސް ފޮނުވާފައިވަނީ 200،000ރ. އެވެ. އަޒްރޯވާއިން ސޯލިހުގެ ކެމްޕޭން އެކައުންޓަށް ފޮނުވި ޖުމްލަ ފައިސާގެ އަދަދަކީ ދެ މިލިއަން އެވެ.

އަޒްރޯވާ ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ 2013 ގަ އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ އަހުމަދު ޖިނާހު، އަބްދުﷲ ސޫދު، މުހައްމަދު ހައިޝަމް، އަދި ހަމްދޫން އަނީސް ނަމަކަށް ކިޔާ ބައެކެވެ.

ސޯލިހުގެ ކެމްޕޭނުގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެންބަރު ސަލާހު ޝަރީފުގެ ކުންފުންޏަކަށް ބިޑު ކުރުމުގެ އުސޫލުތަކާ ހިލާފަށް ފެނަކަ ކޯޕަރޭޝަނުން 19 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ދީފައިވެ އެވެ.

ސަލާހު އަކީ މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ހަރަދު ކުރި އާންމުންގެ ތެރެއިން އެކަކެވެ. އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މުއިއްޒުގެ ކެމްޕޭނުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ސަލާހު ވަނީ ޕީއެންސީގެ ރިޔާސީ ކެމްޕޭނަށް 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox