މި ސަރުކާރުގެ އެއްވެސް ފްލެޓު މަޝްރޫއެއް ދައުރު ނިމުމުގެ ކުރިން ނުނިމޭނެ

އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފްލެޓު މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. އެ މަޝްރޫއު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފްލެޓު މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. އެ މަޝްރޫއު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން އިއުލާނުކޮށް ފަށާފައިވާ އެއްވެސް ފްލެޓު މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނުނިމޭނެކަން ހައުސިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މިދިޔަ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ދެއްވައިފަ އެވެ.

އޭގެ ތެރޭގައި މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ކުރިއަށްގެންދާ ފްލެޓު މަޝްރޫއުތައް ހިމެނެ އެވެ.

އެ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިންގެ މައުލޫމާތާއި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ މައުލޫމާތުތައް ހިއްސާކުރައްވައިފަ އެވެ.

އަސްލަމް ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑްއާ އެވެ.

އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް 1،400 ހިމެނޭއިރު، މަސައްކަތް ފެށުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ސައިޓް ހަވާލު ކޮށްފައިވީ ނަމަވެސް، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރެވެ.

އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އެންބީސީސީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށާއި އޭގައި ވެސް ހިމެނެނީ 600 ކައުންސިލް ހައުސިން ޔުނިޓާއި 1،400 އެފޯޑަބަލް ރޭންޖުގެ ޔުނިޓުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބިންތައް މިދިޔަ އަހަރު ޑިސެމްބަރުގައި ހަވާލު ކޮށްފައިވާއިރު، އެ މަޝްރޫއު ނިމޭނީ 2024 ވަނަ އަހަރު ކަމަށް ގައި ކަމަށް އަސްލަމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓް ހިމެނޭ ގޮތަށް ޖުމްލަ 1،042 ފްލްޓުގެ މަޝްރޫއު އެޕޯލޯ ހޯލްޑިންގްސް އާ ވަނީ ހަވާލުކުރެވިފަ އެވެ.

އެ މަޝްރޫއު ނިމޭނެ ސީދާ ތާރީހެއް އަސްލަމް ފޮނުއްވި ޖަވާބުގައި ހިމަނާފައިނުވި ނަމަވެސް، އެ މަސައްކަތް ވެސް ނިމޭނީ 2024 ގައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ހާއްސަކޮށް މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްވަމުންދާތީ މީގެ ކުރިން ވެސް ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މި ސަރުކާރުގެ ބާކީ އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، އޭގެ ތެރެއިން އެއްވެސް ފްލެޓް މަޝްރޫއުއެއް ނުނިމޭނެކަން ހާމަވެފައިވީ ނަމަވެސް، މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ތެރެއިން ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1،000 ގޯތި ދޫކުރާނެ ސަރަހައްދު ކަނޑައެޅި، ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާނޭ ކަމަށް އަސްލަމް މިއަދު މަޖިލީހަށް ފޮނުއްވި ލިޔުމުގައި ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox