Advertisement

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު 10 މިލިއަނަށް

3 ޑިސެންބަރު 2021 - 18:41 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް: ރާއްޖޭގެ ބެޑް ނައިޓްސް، 2019 ގެ އަދަދާ ވަނީ ކައިރިކޮށްފައި-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު 10 މިލިއަނަށް

3 ޑިސެންބަރު 2021 - 18:41 0

މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު 10 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި އެއީ 2019 ވަނަ އަހަރަށް ވުރެ ވެސް ރަނގަޅު އަދަދެކެވެ. އެ އަހަރު ރާއްޖެ އައި 1.7 މިލިއަން ފަތުރުވެރިން ހޭދަކުރި ރޭ ނުވަތަ ބެޑް ނައިޓްސް ހުރީ 10.7 މިލިއަންގަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅު އެއް އަހަރެވެ.

މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރެކޯޑްކުރެވޭ ބެޑް ނައިޓްސްއާއެކު، 2019 ގެ އަދަދަށް ވުރެ އިތުރު ވާނެ ކަމަށް ލަފާ ކުރައްވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރިއިރު، މި އަހަރަކީ ވެސް ފަތުރުވެރިކަމުގައި ކާމިޔާބު އަހަރެއް ކަމަށް ވަނީ ބެލެވިފަ އެވެ. މި އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން އެންމެ ފަހުން ލަފާކޮށްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޓޫރިޒަމް ދާއިރާ އެންމެ ރަނގަޅަށް މެނޭޖުކޮށްގެން ހިންގި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ޑިސެމްބަރު 1 ގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކުރީ އިންޑިއާއިން ނެވެ. އެ ގައުމުން 261,164 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، ރަޝިއާއިން 205,246 ފަތުރުވެރިން، އަދި ޖަރުމަނު ވިލާތުން 83,817 ފަތުރުވެރިން އައެވެ.