ސަގާފީ ޓޫރިޒަމް ކުރިއަރުވަން ޔޮޓުގައި ސަވާދީއްތަ ދަތުރަށް ނިކުންނަނީ

ވޮޔޭޖަސް މޯލްޑިވްސްގެ "ކޮއިމަލާ" ޔޮޓް. -- ފޮޓޯ: ވޮޔޭޖަސް މޯލްޑިވްސް

ވޮޔޭޖަސް މޯލްޑިވްސްގެ "ކޮއިމަލާ" ޔޮޓް. -- ފޮޓޯ: ވޮޔޭޖަސް މޯލްޑިވްސް

ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ޔޮޓް ރެލީއެއް ބާއްވާނެކަން މޯލްޑިވްސް އިންޓެގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް (އެމްއައިޓީޑީސީ)އިން މިއަދު ބުނެފި އެވެ.

ޓޫރިޒަމްގެ ރަން އަހަރާ ގުޅުވާ "ސަވާދީއްތަ ދަތުރު"ގެ ނަމުގައި ބާއްވާ މި ޔޮޓް ރެލީ އިވެންޓުގައި ހެރިޓޭޖް މިނިސްޓްރީ އާއި ސިވެކް އަދި އެމްއެމްޕީއާރްސީ ވެސް ބައިވެރިވާނެ އެވެ.

ގައުމީ ދާރުލް އާސާރުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި އިވެންޓު އިފުތިތާހުކޮށްދެއްވީ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސޮލާހް ޝިހާބާއި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު އެވެ. މި ހަފުލާގައި އިވެންޓުގެ ތީމް ސޯންގާއި ރަސްމީ ވެބްސައިޓު ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

މި ޔޮޓް ރެލީއާ ގުޅޭގޮތުން އެމްއައިޓީޑީސީގެ ރާއިދު ވިދާޅުވީ، މިއީ ރާއްޖޭގެ ސަފާގަތާއި އާސާރުތަކާއި ތަރިކަތައް ޓޫރިޒަމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް އެއްބާރުލުން ދިނުމަށް ބާއްވާ އިވެންޓެއް ކަމަށެވެ. އަދި މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ބައިނަލްއަގްވާމީ އޯޑިއެންސަކަށް އިޝްތިހާރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިވެންޓަކީ ކޮންމެ އަހަރަކު ވަކި ތީމްއެއް ކަނޑައަޅައިގެން ބާއްވާ އިވެންޓެކެވެ. އެގޮތުން ފުރަތަމަ ޔޮޓް ރެލީގެ ތީމާއި ނަން ރައްދުވަނީ ބޮޑުތަކުރުފާނަށެވެ. އަދި ފުރަތަމަ ދަތުރުގައި ދަތުރުކުރަން ހަމަޖެހިފައިވާ 15 ރަށަކީ ބޮޑުތަކުރުފާނުގެ ހަޔާތުގެ ކަންކަމާއި އާސާރުތައް ހިމެނޭ ރަށްރަށް ކަމަށް އެމްއައިޓީޑީސިން ވަނީ ބުނެފަ އެވެ. މި ރަށްރަށުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ދިރިނޫޅޭ ރަށްރަށް ވެސް ހިމެނެ އެވެ.

މި ދަތުރުގައި ޔޮޓު ދަތުރުކުރަން ހަމަޖެހިފައިވާ ރަށްތަކަކީ ބޮޑުތަކުރުފާނު ނިސްބަތްވާ ހއ. އުތީމުގެ އިތުރުން ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ތަކަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ހދ. ކޭލަކުނު، ށ. ފުނަދޫ، ށ. ނަލަންދޫ، ށ. ލަންދޫ އަދި ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީއަށެވެ.

އެމްއައިޓީޑީސީން ބުނި ގޮތުގައި މިހާރު ވެސް މި އިވެންޓުގައި ބައިވެރިވާނެ ދެ ޔޮޓެއް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ޔޮޓުތައް ގުޅޭނެ ކަމަށް އެމްއައިޓީޑީސީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox