ކަސްރަތު ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ މީހުންނަށް ހުއްދަ ދޫކުރާނެ

Jun 1, 2021, 5:41 PM
މާލޭގައި ބަޔަކު ދުވަން ނުކުމެ: ޑޮކްޓަރުން ލަފާދީފައިވާ މީހުންނަށް ހުއްދަ ލިބޭނެ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލޭގައި ބަޔަކު ދުވަން ނުކުމެ: ޑޮކްޓަރުން ލަފާދީފައިވާ މީހުންނަށް ހުއްދަ ލިބޭނެ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޑޮކްޓަރުން ލަފާ ދީފައިވާ މީހެއްނަމަ، ކަސްރަތު ކުރުމަށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ، ދެ ހަފުތާއަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު، ހުއްދަ ހޯދައިގެން ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅެވެ އެވެ.

އެގޮތުން، ކޮންމެ ގެއަކަށް ދެ ފާސް ދޫކުރަމުން ދަނީ ހެނދުނު 8:00 ން ފެށިގެން ހަވީރު 4:00 އާ ހަމައަށް ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމަށެވެ. އޭގެ ތެރޭގައި ކަސްރަތު ކުރުން ނުހިމެނެ އެވެ.

Advertisement

އޭގެއިތުރުން އެންމެ ގިނަ ބަޔަކު ކަސްރަތު ކުރުމަށް ދުވަން ނުވަތަ ފެތުމަށް ނުކުންނަ ފަތިސް ވަގުތާއި ރޭގަނޑުގެ ވަގުތަކީ ކާފިއު ހިންގާ ގަޑިތައް ކަމުން އެ ގަޑިތަކުގައި ބޭރަށް ނުކުމެ އުޅުމުގެ ހުއްދައެއް ނޯވެ އެވެ.

ކާފިއު ގަޑިތަކުގައި ބޭރަށް ނުކުމެ އުޅެވޭނީ ހަމައެކަނި ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި ފިޔަވަޅުތަކާ ގުޅިގެން އާންމުކޮށް ކަސްރަތަށް ދިޔުން ހުއްޓިފައިވީ ނަމަވެސް، ޑޮކްޓަރުން އެމީހަކަށް ކަސްރަތަށް ދުވުން ނޫނީ ފެތުމަށް އަންގާފައިވާ މީހެއްނަމަ، އެކަން ފުލުހަށް އެންގުމުން ހުއްދަ ދަނީ ދޫކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވި ގޮތުގައި، އެގޮތަށް ޑޮކްޓަރުން ލަފާ ދީފައިވާ މީހުންނަށް ވަކި ހާއްސަ ގަޑިތަކެއްގައި ކަސްރަތަށް ނުކުމެ އުޅުމަށް ހާއްސަ ހުއްދަތަކެއް މިހާރު ވަނީ ދޫކޮށްފަ އެވެ.

"މި ހާއްސަ ހުއްދަ ދޫކުރަނީ ކަސްރަތަށް ދިޔުމަކީ ކޮންމެހެން ޒަރޫރީ ކަމަކަށްވާ ހާލަތްތަކުގައި އެކަނި،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ކަސްރަތަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޫކުރަނީ އެމީހެއްގެ މެޑިކަލް ސެޓްފިކެޓްތައް ފުލުހަށް ހުށަހެޅުމުން، އެކަމުގައި އެޗްޕީއޭގެ ލަފާ ހޯދުމަށްފަހު އެވެ. އެހެންކަމުން މިއީ ވަރަށް ހާއްސަ ހާލަތްތަކެއްގައި ނޫނީ ދޫކުރާނެ ހުއްދައެއް ނޫނެވެ.

މިގޮތަށް ދޫކުރާ ހުއްދައިގައި އެމީހަކަށް ކަސްރަތު ކުރުން ކޮންމެހެން މުހިންމު ކަމާއި އެ ހުއްދަ ދޭ ގަޑި އާއި ކަސްރަތު ކުރުމަށް ދިޔުމަށް ހުއްދަ ދޭ ސަރަހައްދު ފާހަގަކޮށްފައި ހުރެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަހުމަދު އަފްއާލު ވިދާޅުވި ގޮތުގައި، ކަސްރަތު ކުރުމަށް ގިނަ ބަޔަކަށް ޑޮކްޓަރުން ލަފާދީފައިވާނެއިރު، މިފަދަ ހާއްސަ ހުއްދައެއް ދޫކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

މާލޭގައި ދެ ހަފުތާއަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަމުންދާއިރު، ކުރިއާ އަޅާބަލާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އެގޮތުން، މިދިޔަ 24 ގަޑިއިރު ތެރޭގައި މާލޭން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 373 މީހުންނެވެ. އިއްޔެ މާލޭން ޕޮޒިޓިވްވެފައިވަނީ 488 މީހުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ ޖުމްލަ 5،685 މީހުންނެވެ. އިއްޔެ ޓެސްޓްކޮށްފައިވަނީ 5،310 މީހުންނެވެ.

މިއަދު ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 768 އެވެ. އޭގެ ތެރޭގައި 357 މީހުން ރަށްރަށުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ޖުމްލަ އަދަދަށް ބަލާއިރު، އިއްޔެއަށްވުރެ މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު ގިނަ އެވެ. އެގޮތުން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 710 މީހުންނެވެ. އޭގެ ތެރެއިން ރަށްރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 202 އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

49% ކުދިން ބިޒްނަސް ކިޔަވުން ގޯސް، ރަނގަޅީ %20: ހަސަން ހަމީދު

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކާ އަޅާބަލާއިރު މި އަދަދު ރާއްޖޭގައި މަތިވުމަކީ ހާސްވާންޖެހޭ ކަމެއް ކަމަށާއި، މީގެ ސަބަބުން ފަންނީ ދާއިރާތަކަށް ބޭނުންވާ ދިވެހިން އުފެއްދުމަށް ހުރަސްއެޅޭނެއެވެ.

މާރުކުރުމާއި ޓެކްސް ބަދަލު މަޑުޖައްސާލަދީ: ޑެސްޓިނޭޝަން ފިއުޗާ

ސަރުކާރުން ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި ޓެކްސްއަށް ގެންނަން ނިންމާފައިވާ ބަދަލުތައް މަޑުޖައްސާލުމަށް ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލީ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވަމުންދާ ދަނޑިވަޅެއްގައި މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުމާއެކީ.

ތެލާއި ކާޑު ގަންނާނެ ފައިސާ މާދަމާ ސަރުކާރަކު ނުހުންނާނެ: ނަޝީދު

މިއީ ބަޖެޓު ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލަށް ދައްކަންޖެހޭ އެންމެ ފަހު ފައިސާކޮޅު ކަމަށްވާއިރު، މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރަށް ތިރިވެފަ.

ނަމްޒާ ޕީއެންސީގެ ސެނެޓަަށް، ޕީއެސްއެމްގެ ބޯޑުގައި ނުހުރެވޭނެ

ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ޕީއެންސީގެ ސެނެޓަށް އިންތިޚާބުވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުހުރުމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނާ ޝަރުތު އޭނާގެ ކިބައިން ވަނީ އުނިވެފަ. މިކަމާ ގުޅިގެން ޕީސީބީ އާއި ނަމްޒާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވޭ.

ލޮލުގެ ފެނުން ގެއްލިދާނެ ކެރަޓޯކޯނަސްގެ ނުރައްކާ

ކެރަޓޯކޯނަސް ބައްޔަކީ ލޮލުގެ ކޯނިއާގެ ބައްޓަން ބަދަލުވެ، ފަރުވާ ނުހޯދައިފިނަމަ ލޮލުގެ ފެނުން މުޅިން ގެއްލިދާނެ ނުރައްކާތެރި ބައްޔެއް. މި ބަލި އިތުރަށް ގޯސްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ގަދައަށް ލޯ އުނގުޅުން ކަމަށްވާއިރު، ބަލީގެ ކުރީކޮޅު ދެނެގަނެ ފަރުވާ ފެށުމަކީ ފެނުން ސަލާމަތްކުރުމަށް އެންމެ މުހިންމު ކަންތައް.

މާލެ އަދި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ 90 ޕަސެންޓު ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށްވެ އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއްގައި ވެސް ކަރަންޓު ނެތް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ.

ޓުއާ އޮޕަރޭޓަރުން ގުޅައި ކަންބޮޑުވުންތައް އެބަ ހިއްސާކުރޭ: ނަޝީދު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވުމުން، ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރިކަން ކުރީގެ ރައީސް ނަޝީދު ހާމަކުރެއްވި. މި ނިންމުމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ފައިދާ ކުޑަވެ، ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox