ކިޔުންތެރިންގެ ހިޔާލުތަކަށް އަދަދުން މިހުޅުވާލަނީ "ސިޓީބިޓީ"

May 23, 2021, 5:36 PM
އަދަދު ޓައިޕޯގްރަފީ އަދި އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަދަދު ޓައިޕޯގްރަފީ އަދި އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ކިޔުންތެރިން ބޭނުން ހިޔާލެއް ސޯޝަލް މީޑިއާގައި ފާޅުކުރެވެން އެބައޮތެވެ. އަދި ނޫސްތަކުގެ ކޮމެންޓް ސެކްޝަން ވެސް އެ އޮންނަނީ ކިޔުންތެރިންގެ ހިޔާލުތަކަށް މަރުހަބާ ކިޔައިގެންނެވެ. އެކަމަކު "އަދަދު" އިން ބޭނުންވަނީ ތަންކޮޅެއް އާރުލާ ގޮތެއްގައި ކިޔުންތެރިންނަށް، އެ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލެވޭނެ މަގެއް ތަނަވަސްކޮށްދޭށެވެ.

އެކަމަށްޓަކައި އަދަދު އިން މި ފަށަނީ "އަދަދު ސިޓީބިިޓީ" އެވެ.

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ "އަދަދު" ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ. އޭގެ ތެރެއިން އެޑިޓޯރިއަލް ސިޔާސަތާ ފުށުން ނާރާ ސިޓީތައް ވީ އެންމެ އަވަހަށް އަދަދުގައި ޝާއިއުކުރެވޭނެ އެވެ. ޖަހައިދޭނީ އަކުރުން އަކުރަށް ފިލިން ފިއްޔަށެވެ. އެކަމަކު އަދަދުގެ ސްޓައިލް ގައިޑަށް ފެއްތުމަށްޓަކައި ބަހަވީ ގޮތުން ކޮންމެވެސް ވަރަކަށް ކޮށައި މަށައިލެވޭނެ އެވެ.

"ލެޓާސް ޓު ދަ އެޑިޓާ" މިއީ ދުނިޔެ އާއި ރާއްޖޭގައި ވެސް ނޫސްވެރިކަމުގައި އިހުގައި ހިނގި ސެކްޝަނެކެވެ. އޭރު އާއްމުންގެ މީހެއްގެ ހިޔާލުތަކާއި ފިކުރުތައް މުޖުތަމައުގެ ތެރެއަށް ދޫކޮށްލެވެން އޮންނަ ހަމައެކަނި މަގަކީ އެއީ އެވެ. އެކަމަކު ސޯޝަލް މީޑިއާ އައުމާއި އޮންލައިން ނޫސްވެރިކަން ފެށުމާ އެކު، އާއްމުންނަށް ވެސް އިންތިހާ އަށް ބޮޑު އޯޑިއެންސެއް އެ ޒަރިއްޔާ އިން ލިބުމުން، އެ ސެކްޝަން އޮޔާ ދިޔައީ އެވެ.

"އަދަދު" އިން ބޭނުންވަނީ އެ ސެކްޝަން ގާދޫކޮލުން އެތެރެކޮށް، ޒަމާނުގެ ތެރެއަށް ގެއްލިފައިވާ ނޫސްވެރިކަމުގެ މުހިއްމު ސަގާފަތެއް ދިރުވުމަށެވެ. އަނެއް ބޭނުމަކީ ކިޔުންތެރިންގެ އިލްމީ އޮއްޓަރު ހުރި ލިޔުންތަކަކަށް ޖާގައެއް ދިނުމެވެ.

ނޫސްވެރިކަމުގައި ހަބަރު ރިޕޯޓްކުރުމުގެ އިތުރުން ދެން އެންމެ މުހިއްމު އެއް ބަޔަކީ ބިނާކުރުވަނިވި ފާޑުކިޔުމެވެ. އެފަދަ ލިޔުންތަކުން "އަދަދު" ގެ ކޮލަމް ސެކްޝަން މިހާރު ވެސް މުއްސަންޖެވެ. ނޫހުގެ އެޑިޓޯރިއަލް ބޯޑުގެ މެމްބަރުންނާއި ދާއިރާތަކުގެ ބައެއް ތަޖުރިބާކާރުންގެ ކޮލަމްތައް ގެނެސްދެ އެވެ. އަދި މުނާސަބަތު ވަގުތުތަކުގައި، އޮޕް-އެޑްސްތައް ވެސް އަންނަނީ ޝާއިއުކުރަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ، އިލްމީ، ދީނީ، އަދަބީ، ތާރީހީ އަދި ފައިސަލޫފި ލިޔުންތައް ހިމެނެ އެވެ.

ކިޔުންތެރިންގެ ސިޓީބިޓީތަކުން މި ނޫހަށް އިތުރު މުއްސަނދި ކަމެއް ލިބޭނެ ކަމާ މެދު ޝައްކެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox