ދައުލަތުގެ އިއްޒަތް އަރުވާފައިވާ ހުރިހާ ބޭފުޅުން ރަސްމާލެ ވިއްކާލުމާ ދެކޮޅު ހެދުމަށް ޔާމީން ގޮވައިލައްވައިފި

ނޮވެމްބަރު 13، 2026: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބާއްވާ "ދިވެހިންގެ ބިން ދިވެހިންނަށް" ރެލީގައި ޔާމީން ވާހަކަ ދައްކަވަނީ

ނޮވެމްބަރު 13، 2026: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބާއްވާ "ދިވެހިންގެ ބިން ދިވެހިންނަށް" ރެލީގައި ޔާމީން ވާހަކަ ދައްކަވަނީ

ދިވެހީންނަށް ބޯހިޔާވަހިކަން ހޯދައިދޭންކަމަށް ބުނެ ހިއްކި ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ތާއަބަދަށް ދޫކޮށްލުމާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް ދައުލަތުގެ އިއްޒަތުގެ ޝަރަފު އަރުވައިފައިވާ ހުރިހާ ބޭފުޅުންނަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވައިލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ސިފަކުރައްވައިފައި ވަނީ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލުމަކީ ހިޔާނާތެއްގެ ގޮތުގައިކަމާއި އެކަމާ ދެކޮޅަށް ތެދުވުން އެއީ ގައުމުގެ ހައްގުގައި ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގަ އެވެ.

"ދައުލަތުގެ އިއްޒަތުގެ ޝަރަފު އަރުވައިފައިވާ ހުރިހާ ބޭފުޅުން ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅު ހައްދަވައި އިހުތިޖާޖުކޮށްދެއްވަން އަޅުގަނޑު އިލްތިމާސްކުރަން. މި ވަރުގެ ބޮޑު ހިޔާނާތަކާ ދެކޮޅުކަން ގައުމުގެ ހައްގުގައި ހާމަކޮށްދެއްވާ،" ޔާމީން ކުރެއްވި ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

ދައުލަތުގެ އިއްޒަތް އަރުވައިފައިވާ ބޭފުޅުން ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އަޑުއުފުއްލަވަން ނުކުމެވަޑައިގަތުމަށް ޔާމީން ގޮވައިލައްވައިފައިވާއިރު، ކުރީގެ މިނިސްޓަރުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ އިތުރުން، މިހާރުގެ މަޖިލިސް މެންބަރުންނާއި ސިޔާސީ އެކި ބޭބޭފުޅުން ދަނީ އެ މަޝްރޫއުއާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ.

ބޭރުގެ އެއްވެސް ފަރާތަކަށް ރަސްމާލެ ކުއްޔަށް ވިޔަސް ދޫނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު ރަސްމާލެ ދޫކޮށްލުމުގެ ސިއްރު އެގްރިމެންޓުގައި ޔޫއޭއީގައި ސޮއި ކުރީ ސެޕްޓެމްބަރު 21، 2026، ގަ އެވެ. 

ބޭރުގެ މަހުޖަނުން ދާއިމަށް އެތަނުގައި ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޯސްޓެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ މުޅިން ހިލެ އެވެ. ދައުލަތަށް އެތަނުން ލިބޭނީ އެތަނުގައި އަޅާ އިމާރާތްތައް ވިއްކައިގެން ލިބޭ 10 ޕަސެންޓާއި ހަތަރު ޕަސެންޓުގެ ކުޑަ ފީ އެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox