ރޯހިތު އަށް މުމްބާއި އިންޑިއަންސް ކެޕްޓަންކަން އަލުން ދީފި

Nov 28, 2026, 7:15 AM
މުމްބައި އިންޑިއަންސްގެ ތަރި ރޯހިތު: އައިޕީއެލްގެ 20 ވަނަ ސީޒަނުގައި މުމްބައިގެ ކެޕްޓަންކަން ކުރާނީ ރޯހިތު.

މުމްބައި އިންޑިއަންސްގެ ތަރި ރޯހިތު: އައިޕީއެލްގެ 20 ވަނަ ސީޒަނުގައި މުމްބައިގެ ކެޕްޓަންކަން ކުރާނީ ރޯހިތު.

މުމްބައި، އިންޑިއާ (ނޮވެމްބަރު 28) - އިންޑިއަން ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ޓީމު، މުމްބައި އިންޑިއަންސްގެ ކެޕްޓަންކަން އަލުން ރޯހިތު ޝަރްމާ އަށް ދީފި އެވެ. 

ރޯހިތު އަތުން މުމްބައި ކެޕްޓަންކަން ނެގީ 2024 ވަނަ އަހަރު ގުޖުރާތު ޓައިޓަންސް އިން ހާޑިކް ޕާންޑްޔާ، މުމްބައި އަށް ގެނައުމަށް ފަހު އެވެ. ޕާންޑްޔާގެ ކެޕްޓަންކަމުގައި މުމްބައި އިން 2024 ވަނަ އަހަރުގެ ސީޒަން ނިންމީ 10 ވަނައިގަ އެވެ. ޖެހިގެން އައި އަހަރު، ކޮލިފަޔާ 2 ގައި ވާދަކުރި ނަމަވެސް، މި އަހަރުގެ ސީޒަނުގައި މުމްބައި ނިންމީ ނުވަ ވަނައިގަ އެވެ. 

މުމްބައި އިން ވަނީ ހާޑިކްގެ ބަދަލުގައި ޕަންޖާބް ކިންގްސްގެ އަރްޝްދީޕް ސިންގް ގެނެސްފަ އެވެ. 

ރޯހިތަކީ ޗެންނާއި ސުޕަ ކިންގްސްގެ ލެޖެންޑް، މަހިންދުރަ ސިންގް ދޯނީއާ އެކު، ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އައިޕީއެލްގެ އެންމެ ކާމިޔާބު ކެޕްޓަން އެވެ. ދޯނީ އާއި ރޯހިތު، ކޮންމެ ކުޅުންތެރިއަކު ވަނީ ފަސް ފަހަރު އައިޕީއެލް ކާމިޔާބުކޮށްފަ އެވެ. 

ރޯހިތު، މުމްބައިއާ އެކު އައިޕީއެލް ކާމިޔާބު ކުރުމަށް ފަހު ތަށި ހިފައިގެން.
ރޯހިތު، މުމްބައިއާ އެކު އައިޕީއެލް ކާމިޔާބު ކުރުމަށް ފަހު ތަށި ހިފައިގެން.

ހިޓްމަންގެ ނަމުން މަޝްހޫރު ރޯހިތު، އެންމެ ފުރަތަަމަ މުމްބައި އަށް ކުޅެން ފެށީ 2011 ވަަނަ އަހަރު އެވެ. އަދި، މުމްބައިގެ ކެޕްޓަންކަން، ރޯހިތަށް ދިނީ 2013 ވަނަ އަހަރުގެ އައިޕީއެލް ސީޒަނުގެ ތެރެއިން ރިކީ ޕޮންޓިން އަތުން ނެގުމަށް ފަހު އެެވެ. އެ ސީޒަނުގައި މުމްބައި އިން ފުރަތަަމަ ފަހަރަށް އައިޕީއެލް ކާމިޔާބުކުރި އެވެ. އޭގެ ފަހުން، 2015، 2017، 2019 އަދި 2020 ވަނަ އަހަރު މުމްބައި އިން އައިޕީއެލް ކާމިޔާބުކުރީ ރޯހިތުގެ ލީޑަޝިޕްގަ އެވެ. 

މުމްބައި ކެޕްޓަންކަން 11 ސީޒަނުގައި ކުރި ރޯހިތު ވަނީ އެ ޓީމު ޕްލޭއޮފަށް ހަތް ފަހަރު ގެންގޮސްދީފަ އެވެ. އަދި، ފަސް ފަަހަރު ފައިނަލަށް ދިޔައިރު އޭގެއިން ކޮންމެ ފަހަރަކު ވެސް ތަށި ހޯދި އެވެ. މީގެ އިތުރުން، 2013 ވަނަ އަހަރުގެ ޓީ20 ޗެމްޕިއަންސް ލީގު ޓްރޮފީ، މުމްބައި އަށް ހޯދައިދިނެވެ. 

އަންނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު، އުމުރުން 40 އަހަރު ފުރޭ ރޯހިތު ވެގެންދާނީ، އައިޕީއެލް ތާރީހުގައި، މުމްބައި އިންޑިއަންސްގެ ކެޕްޓަންކަން ކުރާ އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. އަދި، އައިޕީއެލް ތާރީހުގެ ހަ ވަނަ އަށް އެންމެ ދުވަސްވީ ކެޕްޓަންގެ އިތުރުން، ތިން ވަނަ އަށް ދުވަސްވީ އިންޑިއާ އަށް އުފަން ކެޕްޓަނަށެވެ. ރޯހިތަށް ވުރެން ދުވަސްވެފައި ހުއްޓައި، އައިޕީއެލްގެ ޓީމެއްގެ ކެޕްޓަންކަން ކޮށްްފައިވަނީ، ދޯނީގެ އިތުރުން، ރާހުލް ޑްރަވިޑް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނިއުއާ ދެކޮޅަށް ރަނގަޅު ކުޅުމެއް، ބިސް ބުރުގެ އަމާޒު ގަދަ 6 އަށް

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމޭއިރު ގަދަ ހައެއްގެ ތެރޭގައި އޮތުމަށްޓަކައި، ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ބިސް ބުރު ސްޕޯޓްސް ކްލަބުން އަމާޒު ހިފައިފި. ބިސް ބުރުގެ ކޯޗު ނާދު ބުނީ ފުރަތަަމަ ބުރުގެ ބާކީ ދެ މެޗުގައި ނިއު އާއި އޮޑިއާ ކުޅެގެން މަދުވެގެން ޕޮއިންޓެއް ބޭނުންވާ ކަމަށް.

މަރެސްކާ ބުނީ އޭނާ އަކީ "ޖާދޫ ހަދާ މީހެއް ނޫން ކަމަށް"

މެންޗެސްޓާ ސިޓީގެ ފޯމު ދަށްވެފައިވާ ދަނޑިވަޅެއްގައި، އެ ޓީމުގެ ހާލަތު ކުއްލިއަކަށް ބަދަލުކޮށްލަން އޭނާއަކީ ޖާދޫ ހަދާ މީހެއް ނޫން ކަމަށާއި ކަންކަން ރަނގަޅުކުރަން ވަގުތު ބޭނުންވާ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ. އޭނާ މިހެން ބުނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވުމަށްފަހު، އެންމެ ފަހުން ކުޅުނު ފަސް މެޗުން ސިޓީއަށް މޮޅެއް ނުލިބި އާސެނަލާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުންދާ ވަގުތެއްގައެވެ.

ފުރުސަތުގެ ބޭނުންހިފައި ޔުނައިޓެޑުން ފެނާންޑޭސް މަޑުކުރުވައިފި

މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އިތުރު އެއް އަހަރަށް އޭނާ އެ ކްލަބުގައި މަޑުކުރުވަން ޔުނައިޓެޑުން ނިންމައިފިއެވެ. ފެނާންޑޭސް ބުނެފައިވަނީ އޭނާގެ މުސްތަގުބަލަށްވުރެ މިވަގުތު މުހިންމީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުން ކަމަށާއި، ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މިވަގުތު އޮތީ މަޑުޖެހިފައެވެ.

ދިއްދޫ ބަލިކޮށް އޮޑި ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 2-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ތިންވަނައަށް ޖެހިލައިފި. އޮޑީގެ ލަނޑުތައް ހަޑްސަން ޑިއާޒް އާއި އަހުމަދު އައިހަމް ކާމިޔާބުކޮށްދިންއިރު، މި ނަތީޖާއާއެކު އެ ޓީމަށް ވަނީ 8 މެޗުން 14 ޕޮއިންޓް ލިބިފައި. މި ބައްޔާއެކު ދިއްދޫ ޓީމު އޮތީ 5 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައި

ސިނާ، އޮސްޓްރޭލިއަން އޯޕަން އިން ނަން ނަގައިފި

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު، ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް އިޓަލީގެ ޖަނިކް ސިނާ އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރަން ނިންމައިފި. މިދިޔަ ޖުލައި މަހުން ފެށިގެން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ސިނާ މުބާރާތުން ވަކިވިކަން ޓެނިސް އޮސްޓްރޭލިއާއިން މިހާރު ވަނީ ކަށަވަރުކޮށްދީފައި.

ރެފްރީ އަކު މަސްތުގެ ހާލަތުގައި ހުރި ވާހަކަ ދޮގުކޮށްފި

އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގެ މެޗެއްގެ ތެރެއިން ސީރިއާގެ ރެފްރީ ހަންނާ ހައްތާބު ބަދަލުކުރީ މަސްތުގެ ހާލުގައި ހުރުމުން ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާގެ ހާލަތު ގޯސްވީ ހަށިގަނޑުން ބްލަޑް ޝުގާ ދަށްވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލައަކުން ކަމަށާއި، އަނބުރު ގެއްލޭ ގޮތަށް ވާހަކަދެއްކި ފަރާތްތަކަށް ދައުވާކުރާނެ ކަމަށް ރެފްރީ ވަނީ ބުނެފައެވެ.

ޕީއެސްޖީން އެސްޓެވާއޯ އަށް ބިޑުކުރަނީ

ޕީއެސްޖީގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކްވަރަޝްކޭލިއާ އާއި ޑޫއޭ އަށް އަނިޔާވެ ސީޒަން ނިމުމާ ގުޅިގެން، އެ ޓީމުގެ އެޓޭކް ވަރުގަދަ ކުރުމަށް ޗެލްސީގެ އެސްޓެވާއޯ ހޯދުމަށް ޕީއެސްޖީން އަންނަނީ ތައްޔާރުވަމުންނެވެ. ޗެލްސީގައި ކުޅުމުގެ ފުރުސަތު މަދުން ލިބޭ އެސްޓެވާއޯ ލޯނެއްގެ ދަށުން ނުވަތަ ދާއިމީކޮށް ގެންދިއުމަށް ޕީއެސްޖީން ބިޑްކުރަން އުޅޭއިރު، އޭނާ ހޯދުމަށް ޗެލްސީން ކުރިން 65 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox