15 އަހަރުގެ ސޫރްޔަވަންޝީގެ ރެކޯޑާ އެކު ރާޖަސްތާން އައިޕީއެލްގެ ކޮލިފަޔާ 2 އަށް

May 28, 2026, 1:10 AM
ރޭގެ މެޗުގެ ތެރެއިން ވައިބަވް ސޫރްޔަވަންޝީ ލަނޑެއް ހެދުމަށް ފަހު އުފާފާޅުކުރަނީ.

ރޭގެ މެޗުގެ ތެރެއިން ވައިބަވް ސޫރްޔަވަންޝީ ލަނޑެއް ހެދުމަށް ފަހު އުފާފާޅުކުރަނީ.

ޕަންޖާބް، އިންޑިއާ (މެއި 28) - ފަނަރަ އަހަރުގެ ވައިބަވް ސޫރްޔަވަންޝީ، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެއް ސީޒަނެއްގައި އެންމެ ގިނައިން ހަޔަކަށް ޖަހައިގެން ހެދި ރެކޯޑާ އެކު، 47 ލަނޑުން ސަންރައިޒާސް ހައިދަރުއާބާދު  ބަލިކޮށް ރާޖަސްތާން ރޯޔަލްސް އިން ފައިނަލުގެ ޖާގައެއް ހޯދުމަށް ކޮލިފަޔާ 2 ގެ ޖާގަ ހޯދައިފި އެވެ. 

ހުކުރު ދުވަހުގެރޭ ކޮލިފަޔާ 2 ގައި، ރާޖަސްތާނުން ކުޅޭނީ ކޮލިފަޔާ 1 އިން ބަލިވި ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށެވެ. ގުޖުރާތު އަތުން ކޮލިފަޔާ 1 ގައި މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) ވަނީ އާދިއްތަ ދުވަހުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ފައިނަލުގައި، ބެންގަލޫރާ ކުޅޭނީ ގުޖުރާތާއި ރާޖަސްތާން ކުޅެގެން މޮޅުވާ ޓީމެކެވެ. 

މި ފަހަރުގެ އައިޕީއެލް ސީޒަނުގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އޮތީ ރޭ 29 ބޯޅައިން 97 ލަނޑު ހެދި ސޫރްޔަވަންޝީ އަތުގަ އެވެ. މި މެޗުގައި، އޭނާ ވަނީ ބެންގަލޫރުގެ ކުރީގެ ތަރި، ކްރިސް ގޭލް، 2012 ވަނަ އަހަރު ހެދި ރެކޯޑެއް މުގުރާލައިފަ އެވެ. އެ ގޮތުން، ގޭލް ރެކޯޑް ހެދީ އެއް ސީޒަނެއްގައި 59 ބޯޅަ ހަޔަކަށް ޖަހައިގެންނެވެ. އެ ރެކޯޑް މުގުރާލީ ސޫރްޔަވަންޝީ އެވެ. އެއީ، ރޭގެ މެޗުގައި 12 ބޯޅަ ހަޔަކަށް ޖަހައި، މި ސީޒަނުގައި ޖުމްލަ އެކު، 65 ބޯޅަ ހަޔަކަށް ޖަހައިގެންނެވެ. 

Advertisement

މަހަރާޖާ ޔަދަވިންދުރަ ސިންގް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ހައިދަރުއާބާދުން ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ރާޖަސްތާނުން ކުޅެން އަރައި، ސޫރްޔަވަންޝީ ތަފާތު ދެއްކިއިރު، 21 ބޯޅައިން 50 ލަނޑު ހެދި ދްރޫވް ޖުރެލްގެ ތަފާތާ އެކު، އެ ޓީމުން ވަނީ މި އިނިންސްގައި، 20 އޯވަރުން އަށް ކުޅުންތެރިން ނުބައިވެގެން 243 ލަނޑު ހަދައިފަ އެވެ.  

ޖަވާބުގައި ކުޅެން އަރައި، ހައިދަރުއާބާދަށް 19.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 196 ލަނޑެވެ. މި އިނިންސްގައި، ރާޖަސްތާންގެ އިނގިރޭސި ބޯލަރު، ޖޯފްރާ އާޗާ ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެެވެ. 

ރާޖަސްތާނަކީ، 2008 ވަނަ އަހަރު އައިޕީއެލް ބޭއްވި ފުރަތަމަ ސީޒަނުގެ ޗެމްޕިއަނެވެ. އޭގެ ފަހުން އެ ޓީމަށް އައިޕީއެލް ކާމިޔާބުކުރެވިފައިނުވާއިރު، މި ސީޒަނުގައި އެ ޓީމަކީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގުނާ ފޭވަރިޓެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox