އަައިޕީއެލް ޕްލޭއޮފުން ޖާގަ ހޯދި ފުރަތަމަ ޓީމަކީ ބެންގަލޫރު

May 18, 2026, 6:12 AM
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި އިއްޔެ ކުޅުނު މެޗުގައި ބެންގަލޫރުގެ ވެންކަޓޭޝް.

އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި އިއްޔެ ކުޅުނު މެޗުގައި ބެންގަލޫރުގެ ވެންކަޓޭޝް.

ދަރަމްޝާލާ، އިންޑިއާ (މެއި 18) - މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފްެރެންޗައިސް ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ގަދަ ހަތަރެއް ވާދަކުރާ ޕްލޭއޮފް ބުރުގެ ފުަރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ހޯދައިފި އެވެ.

ބެންގަލޫރުން މި ޖާގަ ހޯދީ އިއްޔެ ޕަންޖާބް ކިންގްސް އަތުން 23 ލަނޑުން މޮޅުވެގެންނެވެ. 

މި ނަތީޖާއާ އެކު، އައިޕީއެލްގެ އެއް ވަަނައިގައި ބެންގަލޫރު އޮތީ 13 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އިން ވަނީ 13 މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަަނައިގައި އޮތީ 12 މެޗުން 14 ޕޮއިންޓާ އެކު، ސަންރައިޒާސް ހައިދަރުއާބާދު އެވެ. އަދި، ހަތަރެއްގައި އޮތް ޕަންޖާބަށް ވަނީ 13 މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. 

އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޕޮއިންޓް ތާވަލު.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޕޮއިންޓް ތާވަލު.

ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޕަންޖާބުން ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވިއިރު، 222 ލަނޑު ހެދި އެވެ.  އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 40 ބޯޅައިން 73 ލަނޑު ހެދި ވެންްކަޓޭޝް އަަޔަރު އެވެ. ވިރާތު ކޯލީ ނުބައިވީ 37 ބޯޅައިން 58 ލަނޑު ހެދިފަހުންނެވެ. މި އިނިންސްގައި ޕަންޖާބުގެ ހަރްޕްރީތު ބްރާރް ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. 

ޖަވާބުގައި ކުޅެން އަރައި، ޕަންޖާބަށް 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވިއިރު ހެދުނީ 199 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކި އަރްޝްދީޕް ސިންގް ވަނީ 27 ބޯޅައިން 56 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި، ބެންގަލޫރުގެ ރަސިކް ދަރު ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް އަދި ބުވްނޭޝްވަރު ކުމާރު (ބޫވީ) ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. 

އައިޕީއެލްގައި މިއަދު އޮތީ ސަންރައިޒާސް ހައިދަރުއާބާދާއި ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) ކުޅޭ މެެޗެވެ. ޕްލޭއޮފްގެ ޖާގަ ހޯދަން، ޗެންނާއި އާއި ހައިދަރުއާބާދަށް ވެސް މި މެޗުގެ މުހިންމުކަން ބޮޑެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox