ރާޖަސްތާން ބަލިކޮށް ގުޖުރާތުން އައިޕީއެލް ފައިނަލުގެ ފަހު ޖާގަހޯދައިފި

May 29, 2026, 11:27 PM
ރާޖަސްތާނާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދެއްކި ޝުމްބަން މިރޭގެ މެޗުގެ ތެރެއިން

ރާޖަސްތާނާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދެއްކި ޝުމްބަން މިރޭގެ މެޗުގެ ތެރެއިން

ނިއު ޗަންދީގަރު، އިންޑިއާ (މެއި 29) - ހަތް ވިކެޓުން ރާޖަސްތާން ރޯޔަލްސް ބަލިކޮށް ގުޖުރާތު ޓައިޓަންސް އިން ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ. 

ފައިނަލުގައި ގުޖުރާތުން ކުޅޭނީ ކޮލިފަޔާ 1 ގައި އެ ޓީމު އަތުން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ދެކޮޅަށެވެ. އައިޕީއެލްގެ އެންމެ ފުރަތަމަ މުބާރާތް، 2008 ވަނަ އަހަރުގެ ޗެމްޕިއަން، ރާޖަސްތާނުން، ކޮލިފަޔާ 2 އިން ފުރުސަތު ހޯދީ އެލިމިނޭޓާގައި، ސަންރައިޒާސް ހައިދަރުއާބާދާ ދެކޮޅަށް ކުޅުނު މެޗުން، 47 ލަނޑުން މޮޅުވެގެންނެވެ. އެކަމަކު، 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން، ހޯދި ގުޖުރާތު ކައިިރިން ރާޖަސްތާނަށް ކުރިހޯދޭ ގޮތެއްނުވި އެވެ. 

މަހަރާޖާ ޔަދަވިންދުރަ ސިންގް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން، ރާޖަސްތާނުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން އެ ޓީމުން ވަނީ 214 ލަނޑު ހަދައިފަ އެވެ. މި މެޗުގައި ވެސް އެ ޓީމުގެ 15 އަހަރުގެ ތަރި، ވައިބަވް ސޫރްޔަވަންޝީ ވަނީ ތަފާތު ދައްކައިފަ އެެވެ. މި މެޗުގައި، އޭނާ ނުބައިވީ، 47 ބޯޅައިން 96 ލަނޑަށެވެ.

ސޫރްޔަވަންޝީ ވަނީ މި މެޗުގައި އެއްކުރި ލަނޑުތަކާ އެކު، އައިޕީއެލް ތާރީހުގައި އެންމެ މަދު މެޗު ކުޅެގެން އެންމެ އަވަހަށް، 1000 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އޭނާ، މި އަދަދަށް ލަނޑު ހަމަކުރީ 23 މެޗުންނެވެ. 

ދެން، ރާޖަސްތާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ، 35 ބޯޅައިން 45 ލަނޑު ހެދި، ރަވިންދުރަ ޖަދޭޖާ އާއި 11 ބޯޅައިން 38 ލަނޑު ހެދި ޑޮނަވަން ފެރެއިރާ އެވެ. 

މި އިނިންސްގައި، ގުޖުރާތުގެ ކަގީސޯ ރަބާޑާ ވަނީ ހަަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. 

ޖަވާބުގައި ކުޅެން އަރައި، ގުޖުރާތުން ވަނީ، 18.4 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން، 219 ލަނޑު ހަދައި، ނަތީޖާ އަނބުރާލައިފަ އެވެ. ގުޖުރާތަށް އެންމެ ބޮޑު ތަފާތެއް ދެއްކީ 53 ބޯޅައިން 104 ލަނޑު ހެދި، ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް އެވެ. ދެން، އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ޝުބްމަންއާ އެކު، އޯޕަނިން ބެޓްސްމަނަކަށް އެރި، ސައި ސުދަރްސަން އެވެ. އެ ގޮތުން، ސުދަރްސަން ނުބައިވީ، 32 ބޯޅައިން 58 ލަނޑަށެވެ. 

ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅޭ މި ފަަހަރުގެ އައިޕީއެލް ފައިނަލުގައި، ބެންގަލޫރާއި ގުޖުރާތު ކުޅޭ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox