އައިޕީއެލް: ވިރާތުގެ ސައްތައާ އެކު ބެންގަލޫރުން ކަލްކަތާ ބަލިކޮށްފި

May 14, 2026, 6:35 AM
ރޭގެ މެޗުގެ ތެރެއިން ވިރާތު އުފާފާޅުކުރަނީ.

ރޭގެ މެޗުގެ ތެރެއިން ވިރާތު އުފާފާޅުކުރަނީ.

ޗައްތީސްގަރު، އިންޑިއާ (މެއި 14) - ވިރާތު ކޯލީގެ ސައްތައާ އެކު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ހަ ވިކެޓުން ކަލްކަތާ ނައިޓްރައިޑާސް (ކޭކޭއާރް) ބަލިކޮށްފި އެވެ. 

ރޭގެ މޮޅާ އެކު، ބެންގަލޫރު ވަނީ އައިޕީއެލްގެ ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަަނައިގައި އޮތް ބެންގަލޫރު އާއި ދެ ވަނައިގައި އޮތް ޕަންޖާބް ކިންސް އަށް ވަނީ 12 މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ބެންގަލޫރަށް ކުރި ލިބެނީ، ނެޓްރަންރޭޓުންނެވެ.

ވިރާތު، ރޭގެ މެޗަށް ނުކުތުމުގެ ކުރިން، އެންމެ ފަހުން، ބެންގަލޫރުން ކުޅުނު ދެ މެޗު ވެސް ނިންމާލަން ޖެހުނީ ލަނޑެއް ވެސް ނުހެދި އެެވެ. އެއީ، ލަކްނައު ސުޕަ ޖަޔަންޓްސް އާއި މުމްބައި އިންޑިއަންސް (އެމްއައި)އާ ދެކޮޅަށް ކުޅުނު ދެ މެޗުގަ އެވެ. އެކަމަކު، ރޭގެ މެޗުގައި، ބެންގަލޫރުން ފަހުން ކުޅެން އަރައި، ނަތީޖާ އަނބުރާލުމުގައި އެންމެ އިސް ރޯލެއް ކުޅުނީ ނުބައިނުވެ، 60 ބޯޅައިން 105 ލަނޑު ހެދި ވިރާތު އެވެ.

މިއީ، އައިޕީއެލްގައި ވިރާތުގެ ނުވަ ވަނަ ސެންޗަރީ އެވެ. އަދި، ރޭގެ މެޗުގައި އޭނާ ވަނީ އައިޕީއެލްގައި އެންމެ މަދުން މެޗު ކުޅެގެން އެންމެ އަވަހަށް 14000 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ވިރާތު އެކަން ހާސިލްކުރީ އައިޕީއެލްގެ 19 ސީޒަނުގައި 409 މެޗު ކުޅެގެންނެވެ. އެ ރެކޯޑް ކުރިން އޮތް ކްރިސް ގޭލް އަށް އެކަން ކުރެވުނީ 423 މެޗުންނެެވެ. 

ޓޮސް ދިމާވުމުން، ބެންގަލޫރުން ހޮވަން ނިންމިއިރު، ކަލްކަތާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 192 ލަނޑު ހެދި އެވެ. ކަލްކަތާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، އަންގްކްރިޝް ރަގުވަންޝީ އެވެ. އޭނާ ވަނީ 46 ބޯޅައިން 71 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި، ކަލްކަތާގެ ރިންކޫ ސިންގް ވަނީ ނުބައިނުވެ، 29 ބޯޅައިން 49 ލަނޑު ހަދައިފަ އެވެ. 

ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރުން ފެށީ ވަރުގަދަ ކޮށެވެ. އެ ގޮތުން، ފުރަތަމަ ކުޅެން އެރި ބެޓިސް ޕާޓްނަޝިޕްގައި، ޖޭކަބް ބެތަލް ވެސް ވަނީ ވިރާތުއާ އެކު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ބެތަލް ނުބައިވީ، 12 ބޯޅައިން 15 ލަނޑަށެވެ. މި އިނިންގްސްގައި، ކަލްކަތާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަތަރު އޯވަރަށް ތިން ވިކެޓް ނެގި ކާތިކް ތިޔާގީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox