ސިޔާސީ މަގުސަދު ހާސިލުކުރުމަށް ވަޒީފާގެ ބިރުދެއްކުން ކުށަކަށް ހަދަން ޕީއެންސީން ބޭނުމެއް ނޫން

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މެންބަރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މެންބަރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހެދުމާ ދެކޮޅަށް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހަޅުއްވައިފައިވާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ދިޔައީ މި ސަރުކާރުން އެއްވެސް މީހަކަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށެވެ. އަދި، އެކަން ކުރަމުންދިޔަ ބަޔަކީ އިދިކޮޅު އެމްޑީޕީ ކަމަށެވެ.

"މި ސަރުކާރުން އެއްވެސް މީހަކަށް، އެއްވެސް މީހަކަށް ނޯންނާނެ މަޖުބޫރުކޮށްފައި ޕާޓީއަށް ޕީއެންސީއަށް ވަންނާކަށް ނޯންނާނެ އެއްވެސް މީހަކަށް، ހަމަ ހެޔޮހިތުން މި ޕާޓީއަށް ވަންނަން ބޭނުންވެގެން ވަންނަ މީހުން ފިޔަވައި އިތުރު އެއްވެސް މީހަކަށް، ހާއްސަކޮށް ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އޮންނާނެ އަންގަވައިފައި ވެސް މި ޕާޓީއަށް ވައްދަން އެއްވެސް އެކަހަލަ ޕްރޮމިސްއެއް ނުވާށޭ،" ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްއޯއީތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުމާއި ސިޔާސީ ޕާޓީތަކަށް ސޮއިކުރުވުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައަޅަން މީކާއިލް ބިލެއް ހުށަހެޅުއްވީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ.

"އަޅުގަނޑުމެން މީހުންނަށް ރަނގަޅު ގޮތް، ހެޔޮ ގޮތް ދައްކައިދީގެން ހެޔޮ މަގު ދައްކައިދީގެން މި ޕާޓީއަށް ވައްދަން މަސައްކަތް ކުރަނީ، އެހެންވީމާ ވަރަށް ބޮޑެތި ދޮގުތަކެއް އެ ހައްދަވަނީ، އެހެންވީމާ މި ހުށަހެޅިފައި މިވާ އިސްލާހަށް އަޅުގަނޑު ތާއީދެއް ނުކުރަން، ހަގީގަތަކީ މިއީ ހެޔޮ ހިތުން، ހެޔޮ ނިޔަތުގައި ހުށަހަޅައިފައިވާ އިސްލާހެއް ނޫން،" ދާންދޫ ފަޒީލް ވިދާޅުވި އެވެ.

އައްޑޫ ފެނަކައިން 90 އެއްހާ މުވައްޒަފުން ކަނޑާލައިފި، ތުހުމަތު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް

އައްޑޫ ފެނަކައިގެ 90 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ، އައްޑޫ ސިޓީގެ ތިން ދާއިރާ ތަމްސީލުކުރައްވާ، އަހުމަދު އަޒާން މަރުޒޫގު އާއި އިބްރާހިމް ދީދީ(އައިބީ) އަދި އިސްމާއިލް ނިޒާރުގެ އިރުޝާދުގެ ދަށުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވި އެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު، ހުސައިން ހަމީދު ވިދާޅުވީ އެ ބިލަކީ ޕީއެންސީއަށް މާގިނައިން މެންބަރުން އިތުރުވަމުން ދާތީ ހުށަހެޅި ބިލެއް ކަމަށެވެ. އަދި، ޕީއެންސީއަކީ ސިޔާސީ މަގުސަދު ހާސިލު ކުރުމަށްޓަކައި ވަޒީފާގެ ބިރުދައްކާ ޕާޓީއެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން، ވަކި ޕާޓީއަކަށް މީހުން އިތުރުވާތީ އެކަމާ ކަންބޮޑުވެގެން ހުށަހަޅައިފައި އޮތް ބިލެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ހުސައިން ހަމީދު ވިދާޅުވި އެވެ.

އޭނާގެ ވާހަކައަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު ވިދާޅުވީ ވަޒީފާގެ ބިރުދައްކައިގެން މުވައްޒަފުން ލައްވައި ސިޔާސީ މަސައްކަތް ކުރުވުމަކީ މި ޕީއެންސީގެ ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއް ނޫން ސިޔާސީ ހަރަކާތްތަކުގައި މަޖުބޫރުކޮށްގެން މީހުން ގެންދިޔުމަކީ އަޅުގަނޑުމެން ވެސް، ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ދިވެހީންނަކީ ދިވެހި ރައްޔިތުންނަކީ އަމިއްލަ މިނިވަންކަމާއި އަމިއްލަ އިހުތިޔާރުގައި ހުރިހާ ކަމެއް ކޮށްގެން ދިރިއުޅެންޖެހޭ ރައްޔިތުންތަކެއްކަމުގައި ހެދުން." ފަލާހު ވިދާޅުވި އެވެ.

ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި މި ސަރުކާރުން އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރުނުދައްކާ ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވިއިރު، މީކާއިލް ހުށަހެޅުއްވި ބިލަށް ތާއީދުނުކުރައްވާ އެކަށީގެންވާ ސަބަބެއް އެ ބޭފުޅުން ވިދާޅެއްނުވެ އެވެ.

ޕީއެންސީން ހުށަހެޅީ ވަގު ފޯމެއްކަން ތަހުގީގަށް ސާބިތުވުމުން ވެސް ފުލުހުން ބުނީ ދައުވާ ނުކުރެވޭނެ ކަމަށް

"[އިލެކްޝަންސް ކޮމިޝަނުން] ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީ 5000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަންގާފައި ވާތީ އާއި މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ މި ހިދުމަތުގައި މައްސަލަ ފައިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ،" ފުލުހުންގެ ބުންޏެވެ،

މީކާއިލް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރަނީ ސަރުކާރުން ކަމަށްވުމުން، މުވައްޒަފުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެފަދަ އަމަލުތަކަކީ މިހާރު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާކަން އެ ބިލުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މުވައްޒަފުންނަށް ސިޔާސީ ގޮތުން މަޖުބޫރުކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް އަދަބު ދޭން މި ބިލުން ވަނީ ހުށަހަޅައިފަ އެވެ.

އިސްލާހުގައިވާ ގޮތުން، ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކަށް ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް އެއްވެސް މީހަކު ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް މަޖުބޫރުކުރުމަކީ އެ އިސްލާހުގައި ވާގޮތުން މަނާ ކަމެކެވެ. މިފަދަ އަމަލެއް ހިންގުމަކީ ނުވަތަ އެކަމަށް އަމުރުކުރުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.

މި އަމަލު ހިންގި ފަރާތަކީ ކުންފުނީގެ ބޯޑު މެންބަރަކަށް ނުވަތަ އިސް މަގާމެއްގައި ހުރި މީހަކަށް ވެއްޖެ ނަމަ އަދަބު ވަރަށް ބޮޑަށް ހަރުކަށިވާނެ އެވެ. އަދި ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކައިގެން ނުވަތަ ވަޒީފާއިން ވަކިކޮށްގެން އެކަން ކޮށްފި ނަމަ އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން މުސާރަ އާއި ޕްރޮމޯޝަން ހިފެހެއްޓުމާއި މަގާމު ބަދަލުކުރުން ފަދަ ކަންކަމަށް ޝަރުތުކޮށް ނުފޫޒު ފޯރުވުމަކީ ވެސް މަޖުބޫރުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދާކަން ލައިވް ޓީވީގައި ފަޅާއަރުވާލައިފި

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާކަން ރާއްޖެ ޓީވީގެ ލައިވް ޕްރޮގްރާމެއްގައި އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓަށް ގުޅައިގެން ވަނީ ފަޅާއަރުވާލާފައެވެ.

ސިޔާސީ މަގުސަދު ހާސިލުކުރުމަށް އެއްވެސް މުވައްޒަފަކަށް މި ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވި ނަމަވެސް، ސަރުކާރުން ބާއްވާ ޖަލްސާތަކާއި ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއީ ސިވިލް ސާވަންޓުންނަށް މަޖުބޫރުކުރާ ކަމަށް އެ މުވައްޒަފުން ބުނެ އެވެ.

އޭގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާގައި ތިބި މީހުންނަށް ޕީއެންސީއަށް ވަންނަން މަޖުބޫރުކުރާކަން ވެސް ވަނީ މީގެ ކުރިން ފަޅާ އަރައިފަ އެވެ.

އަދި، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކަމަށް ބުނެ ހިންގި ހަރަކާތްތަކުގައި ވަގު ފޯމު ފުރައިގެން އެތައް ބަޔަކު އެ ޕާޓީއަށް ވެއްދިކަން ހާމަވެ، އެ މައްސަލަތައް ފުލުހަށް ވެސް ހުށަހަޅައިފައިވެ އެވެ. ނަމަވެސް، އެއިން އެއްވެސް މައްސަލައެއްގައި ދައުވާކުރަން ފުލުހުން ފޮނުވައިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox