އައްޑޫ ފެނަކައިން 90 އެއްހާ މުވައްޒަފުން ކަނޑާލައިފި، ތުހުމަތު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް.

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ބްރާންޗުގައި މަސައްކަތް ކުރާ 90 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

އައްޑޫ ބްރާންޗުން 90 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ، އައްޑޫ ސިޓީގެ ތިން ދާއިރާ ތަމްސީލުކުރައްވާ، އަހުމަދު އަޒާން މަރުޒޫގު އާއި އިބްރާހިމް ދީދީ(އައިބީ) އަދި އިސްމާއިލް ނިޒާރުގެ އިރުޝާދުގެ ދަށުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ތުހުމަތު ކުރައްވަ އެވެ.

"މި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެމްޕީ، އިބްރާހިމް ދީދީ އާއި އެމްޕީ، އަހުމަދު އަޒާން މަރުޒޫގު އަދި، އެމްޕީ އިސްމާއިލް ނިޒާރުގެ މަޝްވަރާ ލިބިގެން ކަމަށް ފެނަކައިގެ ވެރިންގެ ފަރާތުން މައުލޫމާތު ލިބޭއިރު، މިފަދަ އަނިޔާ ރައްޔިތުންނަށް ދިނުމަށް ރައްޔިތުން ހޮވާފައިވާ މަންދޫބުން ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެކްސްގައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އެކަމާ ބެހޭގޮތުން، އިތުރު މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ވަޒީފާއިން ކަނޑާލާފައި ވަނީ އައްޑޫ ފެނަކައިގައި މަސައްކަތްކުރާ ސުޕަވައިޒަރު ލެވެލްއަށް ވުރެ ދަން ފަންތީގެ މުވައްޒަފުން ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް މަސައްކަތް އޮވޭ، އެމީހުންގެ، އައްޑޫގެ ޔުޓިލިޓީ ހިދުމަތް މި ދެނީ ހަމަ އެ މީހުންތާ، މަސައްކަތެއް ނެތިގެންނެއް ނޫން ކަނޑާލީ،" ނިޒާރު ވިދާޅުވި އެވެ.

ފެނަކައިގައި މުވައްޒަފުން ގިނަ ކަމަށްވާނަމަ، ވަޒީފާއިން ކަނޑާލަން އެންމެ އައުލާކަން ބޮޑީ، ފެނަކައިގެ މާލެ އޮފީހުގައި މަސައްކަތެއް ނެތިފައި ތިބި މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ. އައްޑޫއިން ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނައީ މި ސަރުކާރަށް ތާއީދުނުކުރާ މީހުން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

"ގިނައީ ހަމަ [ސަރުކާރަށް ތާއީދުނުކުރާ މީހުން] އެމީހުން، މި މީހުންގެ [ޕީއެންސީގެ] މީހުން އެކި ތަންތަނުގައި ބައިތިއްބާފައި މި ކަނޑާލީ، ފެނަކަ ތެރެއިން އަޅުގަނޑަށް ރޭގައި ވެސް ހަބަރު ލިބުނީ ހަމަ އައްޑޫ ސިޓީގެ ޕީއެންސީ އެމްޕީންގެ ރުހުން ލިބިގެންނޭ އެ މީހުން ވަޒީފާއިން ކަނޑާލީ، އެމީހުންނަށް ނޭނގި މިވަރުގެ ކަމެއް ނުހިނގާނެތާ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ފެނަކައިގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރުމަކީ، އެމީހުންނަށް ދިން އަނިޔާއެއް ކަމަށް ނިޒާރު ސިފަކުރެއްވި އެވެ. އަދި، އެއީ އައްޑޫ ޕީއެންސީ ލީޑަޝިޕުގެ ނުކުޅެދުންތެރިކަމެއް ކަމަށާއި އެއީ ތަފާތު ކުރުމުގެ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި މަސައްކަތްކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ގެންދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާ އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޕީސީބީން އެންގީ މިދިޔަ އޭޕްރިލް މަހު އެވެ. ޕީސީބީގެ އެ އެންގުމަކީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، އެންެގި އެންގުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ސާކިއުލާއާ އެއްގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވަކިކޮށް ނިންމުމަށް އަންގައި މިދިޔަ މަހުގެ 18، ގައި ޕީސީބީން ވަނީ އިތުރު ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާގައި އަންގާފައި ވަނީ ޖުލައި 13. އިން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމުމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox