ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދާކަން ލައިވް ޓީވީގައި ފަޅާއަރުވާލައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަލީ އަޒްވަރު: ސްޓެލްކޯގެ އިތުރުން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ޕީއެންސީއަށް ވަނުމަށް މަޖުބޫރުކުރަމުން -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަލީ އަޒްވަރު: ސްޓެލްކޯގެ އިތުރުން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ޕީއެންސީއަށް ވަނުމަށް މަޖުބޫރުކުރަމުން -- ފޮޓޯ: ސްޓެލްކޯ

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ވެރިކަންކުރާ ޕީއެންސީއަށް ވައްދަމުންދާކަން، ރާއްޖެ ޓީވީ ލައިވްގައި ފަޅާއަރުވާލައިފި އެވެ.

ރާއްޖެ ޓީވީން ގެނެސްދިން ފަށާއިރު ޕްރޮގްރާމުގައި އެކަން ފަޅާ އަރުވައިލީ އެ ޗެނެލްގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން، އާމިރު ސަލީމް އެވެ. 

މިއަދު ހެނދުނު ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުގެ ލޭންޑް ލައިނަށް ގުޅައި، ޕީއެންސީއަށް ސޮއި ކުރުމަށްފަހު، އެ ސްކްރީންޝޮޓު ފޮނުވަންވީ ކޮން ނަންބަރަކަށްތޯ އާމިރު ސުވާލުކުރި އެވެ.

Advertisement

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާކަން ފަޅާއެރީ އާމިރުގެ ސުވާލަށް ސްޓެލްކޯގެ އެޗްއާރުން ދިން ޖަވާބުންނެވެ.

"ހަމަ ސްޓެލްކޯ އެޗްއާރު ނަންބަރަށް، ކުރިން އިންނާނެ ދޯ ތިކޮޅަށް މެސެޖުކޮށްލާފައި،" ސްޓެލްކޯގެ އެޗްއާރުން ވާހަކަދެއްކި މީހާ ބުންޏެވެ.

ސްޓެލްކޯގެ އެޗްއާރުން އެހެން ބުނުމުން، އެކަން އިތުރަށް ސާފުކުރުމުގެ ގޮތުން އާމިރު ވަނީ ސްޓެލްކޯގެ އެޗްއާރު ނަންބަރަށް ފޮނުވަންޖެހެނީ ޕީއެންސީއަށް ސޮއިކުރުމަށްފަހު، އެ ޕާޓީއަށް ވަދެވިއްޖެކަން ކަށަވަރުކޮށްދީ އިލެކްޝަނުން ފޮނުވާ މެސެޖުގެ ސްކްރީންޝޮޓެއްތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ވެސް ސްޓެލްކޯގެ އެޗްއާރުން ބުނީ އާނ އެކޭ ކަމަށެވެ.

ސްޓެލްކޯގެ އިތުރުން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ޕީއެންސީއަށް ވަނުމަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންނެވެ.

އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން އެސްއޯއީއެއްގެ މުވައްޒަފަކު ބުނީ އޭނާއަށް ގުޅި ކުންފުނީގެ މެނޭޖަރު ބުނީ ޕީއެންސީއަށް ވީހާވެސް އަވަހަށް ވަނުމަށް ކަމަށެވެ. އެގޮތުން ޕީއެންސީއަށް ނުވަދެއްޖެނަމަ އެ މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމަށްވެސް މެނޭޖަރު ބުނި ކަމަށް އޭނާ ބުންޏެވެ. 

"މެނޭޖަރު ގުޅީ. ގުޅާފައި ބުނީ ޕީއެންސީއަށް ވަންނަން. ހުރިހާ މުވައްޒަފުންނަށް ދަނީ ގުޅަމުން. ޕާޓީއަށް ނުވަދެއްޖެއްޔާ ވަޒީފާ ގެއްލޭނެ ކަމަށްވެސް ދަނީ ބުނަމުން،" އޭނާ ބުންޏެވެ. 

ޕީއެންސީއަށް ސޮއިނުކުރާނަމަ އެސްއޯއީތަކުގެ ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ބިރު ދައްކަނީ

ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެ ޕާޓީއަށް ސޮއިނުކޮށްފިނަމަ ވަޒީފާ ގެއްލޭނެ ކަމުގެ ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައި. އެސްއޯއީތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާއިރު، އޭގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްނުވާ މީހުންކަން ފާހަގަކުރެވޭ.

އެ މުވައްޒަފު މި ނޫހަށް ބުނީ އޭނާ އެއްވެސް ސިޔާސީ ޕާޓީއެއްގައި އުޅެން ބޭނުން ނުވާ ކަމަށާއި ޕާޓީއަށް ވަންނަން މަޖުބޫރުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

ޕީއެންސީއަށް ގިނަ އަދަދެއްގެ މެންބަރުން ވެއްދުމަށް އެ ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ މީހުން ވަގަށް އެ ޕާޓީއަށް ވެއްދި މައްސަލައެއްވެސް ފެންމަތިވެފައިވެ އެވެ. 

ޕީއެންސީގެ އަމާޒަކީ އެއްލައްކަ މެންބަރުން އެ ޕާޓީއަށް ވެއްދުން ކަމަށްވާއިރު، އެ އަމާޒަށް މިހާތަނަށް ވާސިލުވެވިފައެއް ނުވެ އެވެ. ޖޫން 30، ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ތިބީ 67،579 މެންބަރުންނެވެ. އެ މުއްދަތާ ހަމައަށް އިދިކޮޅު އެމްޑީޕީގައި ތިބީ 55،399 މެންބަރުންނެވެ. 

އެސްއޯއީތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ ޕީއެންސީއަށް ނިސްބަަތްނުވާ މުވައްޒަފުންކަން ފާހަގަކުރެވެ އެވެ. އެކަމާ ގުޅިގެން ރަށްރަށުގައި އިހުތިޖާޖުތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox