ވީލްޗެއާގައި އިން މީހަކު ބާލަން ގޭގައި މީހަކު ހުރިތޯ އެހުމަކީ މައްސަލައެއް ނޫން: ގީލާ

ހެލްތު މިނިސްޓަރު، ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓަރު، ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުސް އިމާރާތެއްގައި ދިރިއުޅޭ ވީލް ޗެއާ ބޭނުންކުރާ މީހަކު އެމްބިއުލާންސްގެ ހިދުމަތް ހޯދަން ގުޅުމުން އެ މީހާ ތިރިއަށް ބޭލޭނެ ވަރަށް ގޭގައި މީހުން ތިބިތޯ ހޮސްޕިޓަލުން ސުވާލުކުރުމަކީ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު، ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ގީލާ އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޝަމްހީދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން، ވީލް ޗެއާ ބޭނުންކުރާ މީހުން އެމްބިއުލާންސްގެ ހިދުމަތް ހޯދަން ހޮސްޕިޓަލަށް ގުޅުމުން ފުރަތަމަ ވެސް ކުރާ ސުވާލަކީ އެ މީހާ ތިރިއަށް ބޭލޭނެ ވަރަށް ގޭގައި މީހުން ތިބިތޯ ކަމަށެވެ. އަދި، އެކަމަށް ހައްލެއް ގެނެވޭނީ ކޮންއިރަކުންތޯ އޭނާ ސުވާލުކުރެއްވި އެވެ.

Advertisement

އެ ސުވާލުގެ ޖަވާބުގައި ގީލާ ވިދާޅުވީ ކޮންމެ އެމްބިއުލާންސަކާއެކު އެ އެމްބިއުލާންސްއަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން ބައިތިއްބައިގެން ހިދުމަތް ދިނުމަކީ ސަރުކާރުން މަސައްކަތް ކުރަމުންދާ ގޮތް ކަމަށެވެ.

"އެހެންކަމުން، އެ ވަގުތަކު އެ ބަލި މީހަކު ބޭލުމަށް އާއިލާގެ ފަރާތުން ފޯރުކޮށްދެވޭ އެހީތެރިކަމެއް އޮތްތޯ ސާފުކުރުމަކީ އެއީކީ އެއްވެސް މައްސަލައެއްކަމުގައި އަޅުގަނޑު ނުދެކެން،" ގީލާ ވިދާޅުވި އެވެ.

ގީލާ ވިދާޅުވީ އެމްބިއުލާންސްގެ ހިދުމަތް ދެމުން ދަނީ އޭގައި ހުންނަންޖެހޭ ވަސީލަތްތަކާއި މީހުން އެކަށީގެންވާ މިންވަރަށް ބައިތިއްބައިގެން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގީލާ ވަނީ ހުޅުމާލޭގެ ސިއްހީ ހިދުމަތްތައް ކުރިއެރުވުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް މި ސަރުކާރުން ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox