ރަސްމާލެ ދޫކޮށްލުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހެޅި މައްސަލަ ކޮމިޓީއަށް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވީ ގޮތެއް ނުނިންމާ ބޭއްވުމަށްފަހު -- ފޮޓޯ: މަޖިލީސް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވީ ގޮތެއް ނުނިންމާ ބޭއްވުމަށްފަހު -- ފޮޓޯ: މަޖިލީސް

ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އިދިކޮޅު އެމްޑީޕީ އިން ހުށަހެޅި މައްސަލަ މަޖިލީހުގެ ރައީސްގެ މޭޒުން މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ. 

އެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި މައްސަލައެއް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ރައީސް އިބްރާހިމް ނާޒިލް އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ މި ހިނގާ ނޮވެމްބަރު 2، ގަ އެވެ. 

އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން އިއުލާނު ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދުގެ ޖަލްސާ ފެށްޓެވި ވަގުތެވެ. 

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމި ދާނެ ކަމަށެވެ.

އެ ގާނޫނާ ގުޅިގެން އަމަލުކުރަންވީ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253-2 މާއްދާގައި ބަޔާންކޮށްފައި އޮވެ އެވެ.

އެ މާއްދާގެ ހ. ގައި ބަޔާން ކޮށްފައި އޮންނަނީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަ ހާލަތްތަކުގައި މަޖިލިސް މެންބަރަކަށް ވެސް ނުވަތަ މަޖިލީހުގެ ރައީސްއަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.

އެފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެކަން މަޖިލީހުގައި އިއުލާނު ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި އެ ގަރާރު ދިރާސާކުރަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ހަމަ އެ މާއްދާގެ ނ. ގައި ބަޔާންކޮށްފައި އޮވެ އެވެ.

އެފަދަ ގަރާރެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ގޮތް ބަޔާން ކޮށްފައި އޮންނަނީ މަޖިލިސް ގަވާއިދުގެ 253-4 ވަނަ މާއްދާގަ އެވެ. ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ހުށަހަޅާ ގަރާރެއް ދިރާސާކޮށް ފުރިހަމަކުރުމަށްފަހު، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެ ކަމަށް އެ މާއްދާގެ ހ. އަދި ށ. ގައި ބަޔާންކޮށްފައި އޮވެ އެވެ.

މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައި އޮތް ގޮތަށް އަމަލު ނުކުރާ ސަބަބެއް މަޖިލީހުގެ ރިޔާސަތުން ހާމައެއް ނުކުރެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox