ފޭސް ދޭއްގެ ހޮސްޕިޓަލު އެޅުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ނުނިމޭ: ގީލާ

ހެލްތު މިނިސްޓަރު، ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓަރު، ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި އަހަރުގެ މެދުތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމުގެ އަމަލީ މަސައްކަތްތައް ފަށްޓަވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ޓާޝަރީ ހޮސްޕިޓަލް އަޅާނެ ބިން ހަމަޖެހިފައިވާ ކަމަށާއި އަދިވެސް ކުރަމުން ދަނީ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކަމަށް ހެލްތު މިނިސްޓަރު، ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ގީލާ އެހެން ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ހިދުމަތްތައް ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ދެއްވި ޖަވާބުގަ އެވެ.

"ހުޅުމާލެ ފޭސް ދޭއްގައި މަލްޓި ސްޕެޝާލިޓީ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި، މިއީ 500 އެނދުގެ ހިދުމަތްދޭ މަރުކަޒެއް އަދި، މި މަޝްރޫއުއަށް މިހާރު ވަނީ އިކޮނޮމިކް ކައުންސިލުން ހުއްދަ ވެސް ދެއްވައިފައި، މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް،" ގީލާ ވިދާޅުވި  އެވެ.

ޒަމާނީ ވަސީލަތްތަކާއެކު އަޅާ އެ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކުގެ ފަރުވާ އާއި ކެންސަރު ބަލީގެ ފަރުވާގެ އިތުރުން، ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތްތައް ލިބޭނެ ހޮސްޕިޓަލެއް ކަމަށް ގީލާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، މުއިއްޒު ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށެވެ.

"މި އަހަރު، މާލެ ސަރަހައްދުގައި ސިއްހީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ގާއިމުކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ހިމެނޭ. އަދި ހުޅުމާލެ ފޭސް ދޭއްގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ މެދުތެރޭގައި ފަށާނަން،" ފެބްރުއަރީ 5، ގައި މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، 250 އެނދުގެ އިމާރާތެއް ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ މެދުތެރޭގައި ފަށްޓަވާނެކަމަށް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ. ނަމަވެސް، މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ އެ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި، މިހާރު ކުރިއަށް ދަނީ އެ އިމާރާތުގެ ޓެކްނިކަލް ޕްލޭން ކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox