ޒަޔަނިސްޓު އިސްތިއުމާރާ ދިމާލަށް މިރާއްޖެ ގެންދާ ކަމަށް ތުހުމަތުކޮށް ސިފައިންނާއި ފުލުހުން ސަމާލުވުމަށް އިމްރާން ގޮވާލައްވައިފި

Nov 24, 2026, 8:26 AM
"ގައުމީ ހަރަކާތުން" ނޮވެމްބަރު 13، 2026 ގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވާހަކަ ދައްކަވަނީ -- ފޮޓޯ: އަދަދު

"ގައުމީ ހަރަކާތުން" ނޮވެމްބަރު 13، 2026 ގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވާހަކަ ދައްކަވަނީ -- ފޮޓޯ: އަދަދު

ރައީސް  މުހައްމަދު މުއިއްޒު މި ގައުމު ގެންދަވަނީ ސީދާ ޒަޔަނިސްޓު އިސްތިއުމާރާ ދިމާލަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުހުމަތު ކުރައްވައި، އެކަމާ މެދު ވިސްނައި ސަމާލުވުމަށް ދިވެހި ސިފައިންނާއި ފުލުހުންނަށް ގޮވާލައްވައިފި އެވެ.

"ގައުމީ ހަރަކާތުން" ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ އެއްވުމުގައި އިމްރާން ވިދާޅުވީ، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުމުގެ ރޭވުންތަކެއް ސަރުކާރުން ހިންގަމުންދާ ކަމަށާއި، ގައުމިއްޔަތުގެ ނަމުގައި މުއިއްޒު ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ބަހަނާއެއް ކަމަށެވެ.

"ވަރަށް ނުރައްކާ ދިމާއަކަށް ރައީސް މުއިއްޒު މި ގެންދަނީ. މި ގައުމު މި ގެންދަނީ ހަމަ ސީދާ އިސްތިއުމާރާ ދިމާއަށް. މި ރާއްޖެ ވިއްކާލުމަށް، ރާއްޖެ އިސްތިއުމާރު ކުރުމުގެ އެންމެ ބޮޑު ހަރަކާތެއް ހިންގާ ފަރާތަކީ ރައީސް މުއިއްޒު،" އިމްރާން ވިދާޅުވި އެވެ.

Advertisement

ގައުމަށް ކުރިމަތިވެފައިވާ ކަމަށް އޭނާ ސިފަކުރެއްވި މި ނުރައްކަލާ މެދު ގައުމީ ސަލާމަތީ ބާރުތަކުން ވިސްނުމަށް އެދިވަޑައިގަންނަވަމުން އިމްރާން ވަނީ ސިފައިންނާއި ފުލުހުންނަށް ހާއްސަ އިލްތިމާސެއް ކުރައްވާފަ އެވެ.

"ދިވެހި ސިފައިން ވިސްނަވާ، އަޑުއައްސަވާ. ދިވެހި ފުލުހުން އަޑުއައްސަވާ. ރައީސް މުއިއްޒު މި ގެންދަނީ ޒަޔަނިސްޓު އިސްތިއުމާރާ ދިމާލަށް މި ގައުމު. މިއުޅެނީ ޒަޔަނިސްޓު އިސްތިއުމާރު ކުރެވިފައިވާ ތަނަކަށް ހަދަންވެގެން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ތުހުމަތު ކުރެއްވި ގޮތުގައި ނ. އަތޮޅުގެ އައިލާ ޕްރޮޖެކްޓަކާއި، ތ. އަތޮޅުގެ އެތައް ސަތޭކަ ހެކްޓަރަކާއި، ރަސްމާލޭގެ 500 ހެކްޓަރު އަދި ހއ. އަތޮޅުން 3,000 ހެކްޓަރު ހިމެނޭހެން، ރާއްޖޭގެ ގާތްގަނޑަކަށް 5,000 ހެކްޓަރުގެ ބިން ޒަޔަނިސްޓު ހަރަކާތްތަކާ ގުޅުންހުރި ފަރާތްތަކުގެ އަތްދަށަށް ދޫކޮށްލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ހިންގާ ކުންފުނިތަކުގެ ފަހަތުގައި ތިބި ފަރާތްތައް ދިރާސާކުރުމުން އެކަން ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްމާލެ ދޫކޮށްލުމަށް މަގުފަހިކުރާ ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލް ފާސްކޮށް، އެ މަސައްކަތައިގެން ކުރިއަށް ވަޑައިގެންފި ނަމަ ރައީސް މުއިއްޒަށް "ޒަޔަނިސްޓް އޭޖެންޓް" ގެ ނަމުން މުހާތަބު ކުރައްވާނެ ކަމުގެ އިންޒާރު ވެސް އިމްރާން ދެއްވި އެވެ.

"މި މަސައްކަތާ އެކީގައި މި ގާނޫނު ފާސްކޮށް އެންމެ އިންޗިއެއް ކުރިއަށް ދިޔަސް، އަޅުގަނޑުމެންގެ އެންމެ ފަހު ނޭވަޔާ ހަމައަށް ވެސް ކިޔާނީ ޒަޔަނިސްޓް އޭޖެންޓް މުއިއްޒު. ޒަޔަނިސްޓް އޭޖެންޓަކަށް ނުވާ ނަމަ މި ސައްތައިން ސައްތަ އިސްލާމީ ގައުމުގެ ފަސްހާސް ހެކްޓަރުގެ ބިން ޒަޔަނިސްޓުންނަކަށް ނުދޭނެ،" އޭނާ ވިދާޅުވި އެވެ.

ދިވެހި ދައުލަތާއި ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ދެކެ ލޯބިވާ ވެރިއަކު ނަމަ ރާއްޖޭގައި އެހެން ދީންތަކާއި ބޭރުގެ ބާރުތައް ވަޒަންވެރިކުރުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox