އެމްޑީޕީގެ ބޮޑު މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން ޕާޓީއަށް އެކަން އަންގަން އެދެފި

Nov 24, 2026, 8:25 AM
ނަޝީދު އެމްޑީޕީގެ ހަރަކާތެއްގައި -- ފޮޓޯ: އަދަދު

ނަޝީދު އެމްޑީޕީގެ ހަރަކާތެއްގައި -- ފޮޓޯ: އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަންނަ ބުރާސްފަތި ދުވަހު ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން ޕާޓީއަށް އެކަން އެންގުމަށް ޗެއާޕާސަން މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ. 

އެމްޑީޕީ އިން ބުރާސްފަތި ދުވަހު މުޒާހަރާ ކުރަނީ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ތާއަބަދަށް ރަސްމާލެ ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލުމަށެވެ. ނަޝީދު ރޭގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓު ނަގަން ތާއީދު ކުރާ މެންބަރުންނަކީ ކޮބައިކަން އެނގެން އާންމު މެންބަރުން އެދެމުންދާ ކަމަށެވެ. 

"ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލުމާމެދު ދެކޭ ގޮތް އެމްޑީޕީ މެންބަރުންނަށް ސާފުވުން ކޮންމެހެން ބޭނުންތެރި ކަމަށް ވާތީ ނޮވެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން އެކަން ޕާޓީ ސެކްރެޓްރިއޭޓަށް މެސެޖު ކުރައްވާން ޕާޓީގެ ފަރާތުން ވާނީ އެދިފަ،" ނަޝީދު ވިދާޅުވެފައިވެ އެވެ. 

Advertisement

ބޭރުގެ އެއްވެސް ފަރާތަކަށް ރަސްމާލެ ކުއްޔަށް ނަމަވެސް ދޫނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު ރަސްމާލެ ދޫކޮށްލުމުގެ ސިއްރު އެގްރިމެންޓުގައި ޔޫއޭއީގައި ސޮއި ކުރީ ސެޕްޓެމްބަރު 21، 2026، ގަ އެވެ. 

ބޭރުގެ މަހުޖަނުން ދާއިމަށް އެތަނުގައި ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޯސްޓެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ މުޅިން ހިލެ އެވެ. ދައުލަތަށް އެތަނުން ލިބޭނީ އެތަނުގައި އަޅާ އިމާރާތްތައް ވިއްކައިގެން ލިބޭ 10 ޕަސެންޓާއި ހަތަރު ޕަސެންޓުގެ ކުޑަ ފީ އެކެވެ. 

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ވަރަށް ގިނަ ސިޔާސީ ލީޑަރުން ދަނީ އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox