މުއިއްޒަކީ އަބަދުވެސް ބިމާއި ފައިސާއަށް ދޯޅު މީހެއް، ރަސްމާލެ ވިއްކާލަން އުޅެނީ ވެސް އެހެންވެ: ޔާމީން

ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އާދަޔާ ހިލާފަށް ބިމާއި ފައިސާއަށް ދޯޅު ބޭފުޅެއް ކަމަށާއި މަކަރާއި ހީލަތުން ރަސްމާލެ ދޫކޮށްލަން މަސައްކަތް ކުރައްވަނީ ވެސް އެހެންވެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. 

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްއި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރަސްމާލެއަކީ ދިވެހިން ވަޒަންވެރިކުރުވައި ބޯހިޔާވަހިކަން ދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް މަޝްރޫއެއް ކަމަށެވެ. 

"ރަސްމާލެ އަކީ މުއިއްޒުގެ ޕްރޮޖެކްޓެއް ނޫން. އެއީ އަޅުގަނޑުގެ މެނިފެސްޓޯގައި އިންނަ އެއްޗެއް. ނަމަވެސް އަޅުގަނޑުގެ ވިސްނުމުގައި އޮތީ ދިވެހި ދަރިން އެތަނުގައި ވަޒަންވެރިކުރުވައި ބޯހިޔާވަހިކަން ދޭން. އެކަމަކު، މުއިއްޒުގެ ވިސްނުމުގައި މިއޮތީ އެތަން ހިއްކާފައި ލާރިޔާ ދޯޅު މީހެއް ވީމައި ބޮޑު އަގުގައި ރަސްމާލެ ވިއްކާލުން. އެހެންވީމައި މިހާ ނުލަފައި، މިހާ ހީލަތްތެރިކޮށް ހުރިހާ ކަމެއް މި ކުރީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވިއިރު ވެސް ރައީސް މުއިއްޒު ބިންތައް "ކަފަކަފާފައި ބޭނުންވާ ގޮތަކަށް" މީހުންނަށް ދޫކޮށްފައިވާ ކަމަށެވެ.

މިއަދުގެ ރޭޓުން އެ ބިންތަކުގެ އަގު ބަލައިފިނަމަ، ގެއްލިގެން ދިޔައީ އެތައް މިލިއަން ރުފިޔާއެއްގެ ބިންތަކެއް ކަމަށާއި، ދިވެހިރާއްޖޭގައި އެންމެ ފަސޭހައިން ލާރިއަށް ހަދާލެވޭނެ އެއްޗަކީ ބިން ކަމުގެ ވިސްނުން މާ ކުރިންސުރެ ރައީސް މުއިއްޒުގެ ކިބައިގައި ހުރިކަމަށް ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން، ރަސްމާލޭގެ ބިން އެންމެ ފުރަތަމަ ހިއްކި ގޮތް ކަމުނުގޮސްގެން، އެކަން ކުރެވުނީ ރަނގަޅަކަށް ނޫން ކަމަށް ރައީސް މުއިއްޒު އަމިއްލަފުޅަށް ވެސް ވިދާޅުވެފައިވާ ކަމަށް ރޭގެ ޖަލްސާގައި ޔާމީން ފާހަގަ ކުރެއްވި އެވެ.

"ރަސްމާލޭގެ މައްސަލައިގައި އެންމެ ފުރަތަމަ ހިއްކި ގޮތް ކަމުނުގޮސްގެން މުއިއްޒު އަމިއްލަ އަށް އެ ބުނަނީ ތިމަންނަ މެނަށް އެކަން އެ ކުރެވުނީ ރަނގަޅަކަށް ނޫނޭ. ވެލި ފުކެއްވެސް ބޭރު މީހަކަށް ވިއްކާކަށް ކުއްޔަށް ދޭކަށް އެހެން ކަމެއްވެސް ނުކުރާނަމޭ. އެކަމަކު މިހާރު އެ އޮތީ މުޅި އެތި އެކޮޅު ކޮޅުން ޖަހާފަ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox