ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ) އަށް މި ފަހަރުގެ ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ޖާގަ ލިބުމަކީ އޭނާގެ ކެރިއަރު ބަދަލުވާނެ ކަމެއް ކަމަށާއި އޭނާ އަކީ ޒުވާން ކުޅުންތެރިން މިސާލުނަގަން ރަނގަޅު ކުޅުންތެރިއެއް ކަމަށް ބުރުގެ ކޯޗު، ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި އައްޔަ ހިމެނުނުއިރު، މިއީ، އޭނާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން މުބާރާތަކަށް ދިޔަ ފުރަތަމަ ފަހަރެވެ. އައްޔަ ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން އިންޑިއާ އަތުން 1-0 އިން ބަލިވި މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.
ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް
ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ
މަހެއްހާ ދުވަހަށް ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަށް ފަހު، މާދަމާ އަލުން ފަށާނެ އެވެ. މެޗުތައް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުރުގެ ކޯޗު، ރޮޑްރީގޭޒް ވަނީ އައްޔައާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"ފުރަތަމަ ކަމަކަށް އަހަންނަށް އަލީ (އައްޔަ) އަކީ މުޅި ޓީމަށް މިސާލެއް. އޭނަ އަކީ ޓީމުގެ ކެޕްޓަން، އޭނާ އަކީ ހަމައެކަނި ފޮޓޯއަށް ހުރި ކެޕްޓަނެއް ނޫން. ބޭންޑެއް އަޅައިގެން ހުންނަނީކީއެއް ވެސް ނޫން. އޭނަ ކެޕްޓަނަކަށް އެ ހުރީ ކޮންމެ ދުވަހަކު ވެސް މިސާލު ދައްކާތީވެ. އޭނަގެ އެޓިޓިއުޑް، ކޮމިޓްމަންޓް، އުޅޭގޮތް، އެ ހުރިހާ ކަމެއް ވެސް ހުރީ ރަނގަޅަށް. އެންމެ ބޮޑު ކަމަކަށް އޭނަގެ ކުޅުން ދަނޑުމަތީގައި ކޮންމެ ދުވަހަކު ވަރަށް ރަނގަޅު. އެންމެ ފަހުން ތިން މެޗަށް ބަލަންޏާ އޭނަ ވަރަށް ވަރަށް ވަރަށް ރަނގަޅަށް ކުޅުނު،" ރޮޑްރިގޭޒް ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ އައްޔަ މީގެ ކުރިން ވަނީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކ. ހުރާ އަށް އުފަން އައްޔަ އަކީ ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު ކުޅުންތެރިއެކެވެ.
ބުރުގެ ކެޕްޓަނެއްގެ ގޮތުގައި އައްޔަ ދައްކަމުން އަންނަ ރަނގަޅު ކުޅުމުގެ ސަބަބުން އެ ޓީމުން އޭނާ އަށް ބަރޯސާވެފައި އޮންނަ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.
"އޭނަ (އައްޔަ) ވަރަށް މުހިންމު އަހަރެމެންނަށް. އޭނަ އަކީ ލީޑަރެއް. ހުރިހާ ގޮތަކުން ބެލިޔަސް. ދެން، އޭނަ އެ ދަނީ ދެން ތިބި އެހެން ކުޅުންތެރިންނަށް އެހީވަމުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް. ދެން، ޒުވާން ކުޅުންތެރިންނަށް ވެސް މިސާލެއް ދައްކަމުން އެ ދަނީ. އަހަންނަށް ފެންނަ ގޮތުގައި، ގައުމީ ޓީމަށް ކުޅުމަކީ އޭނަގެ ކެރިއަރު ބަދަލުވާނެ ކަމެއް. އެއީ މިހާރު އޭނަ އަކީ ގައުމީ ޓީމުގެ ކުޅުންތެރިއެއް. އޭނަގެ މެންޓަލިޓީ ވެސް ރަނގަޅުވާނެ،" ރޮޑްރިގޭޒް ބުންޏެވެ.
އައްޔަގެ އެ ހުރި ފުޓްބޯޅައިގެ ކަންކަމަށް ބަލައިގެން ރަނގަޅަށް މަސައްކަތްކޮށްފިނަމަ، ޒުވާން ކުޅުންތެރިންނަށް ވެސް ގައުމީ ޓީމަށް އެރިދާނެ ކަމަށް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ.








