ޔޫކްރެއިނާ އެއްވަރުވެ ބެލްޖިއަމަށް ގްރޫޕްގެ ދެ ވަނަ

Jun 26, 2024, 6:01 PM
ޔޫކްރެއިނާ އެއްވަރުވެ ބެލްޖިއަމަށް ގްރޫޕްގެ ދެ ވަނަ

ސްޓަޓްގާޓް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ބެލްޖިއަމް އާއި ޔޫކްރެއިން ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާ އަކުން އެއްވަރުވެ، ބެލްޖިއަމް ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މި ގްރޫޕްގެ ޓީމުތަކުން ގްރޫޕް ސްޓޭޖު ނިންމާލިއިރު, ކޮންމެ ޓީމަކަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕް އީގެ އެއް ވަނަ އަށް ރުމޭނިއާ ދިޔައިރު، ދެ ވަނަ ހޯދީ މިރޭ، 0-0 އިން ޔޫކްރެއިނާ އެއްވަރުވި ބެލްޖިއަމް އެވެ. ތިން ވަނަ އަށް ދިޔަ ސްލޮވާކިއާ އަށް ވެސް ވަނީ އަށް އަހަރަށް ފަހު ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. އެންމެ ފަހުން، ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނު ޔޫކްރެއިން ވަނީ ގްރޫޕްގެ ފުލަށް ދިއުމުން ކަޓައިފަ އެވެ.

ގްރޫޕްގެ އެއް ވަނަ ހޯދާނެ ކަމަށް ބެލެވުނު ބެލްޖިއަމް ދެ ވަަނަ އަށް ދިއުމުން، އެ ޓީމުން ގަދަ 16 ބުރުގައި ކުޅޭނީ ފްރާންސާ ދެކޮޅަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމް އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެ ގޮތުން މި ހާފުގައި ބެލްޖިއަމް އަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ, އިތުބާރު ފޯވާޑް ރޮމޭލޫ ލުކާކޫ އަށެވެ. ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ އޭރިއާ ތެރެއަށް ހުސްކޮށްލި ފުރުސަތުގައި އޭރިއާ ތެރެއިން މުޅިން ހުހަށްހުރެފައި ލުކާކޫ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔޫކްރެއިންގެ ކީޕަރު އެނެޓޮލީ ޓާބިން އެވެ.

އޭގެ ފަހުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑި ބްރޭނާ އޭރިއާ ބޭރުން ބާރު ހަމަލާ އެއް ފޮނުވާލިއިރު, މި ހަމަލާގެ ހުރަހަކަށްވީ ވެސް ޔޫކްރެއިންގެ ކީޕަރު ޓާބިން އެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޖެރެމީ ޑޮކޫ އޭރިއާ ތެރެއަށް ނުރައްކާތެރި ހުރަހެއް ފޮނުވާލި ނަމަވެސް ބެލްޖިއަމްގެ ކުޅުންތެރިއަކަށް ބޯޅަ ލިބޭ ގޮތް ނުވެ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެފަ އެވެ.

ލުކާކޫ އަށް މެޗުގެ 65 ވަަނަ މިނިޓްގައި ގޯލު ޖަހަން ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. ޔޫކްރެއިންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ލުކާކޫ ފޮނުވާލި ހަމަލާގައި ބާރެއް ނެތި ލިބުނީ ކީޕަރު ޓާބިން އަށެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޔޫކްރެއިންގެ ރުސްލާން މަލިނޯސްކީ ކޯނަރަކުން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވީ ބެލްޖިއަމްގެ ކީޕަރު ކޮއިން ކާސްޓީލްސް ދިފާއު ކުރުމުންނެވެ. މި ހަމަލާ އޭނާ ދިފާއުކުރީ ގޯލު ރޮނގު މަތިން ކަހަލަ ގޮތަކަށެވެ.

މެޗުގެ ލީޑު ނަގަން ބެލްޖިއަމް އަށް މެޗުގެ 87 ވަނަ މިނެޓުގައި ވަނީ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކައުންޓަ އެޓޭކެއްގައި ބެލްޖިއަމްގެ ތިން ކުޅުންތެރިން އޭރިއަަ ތެރެއަށް ހުސްވިއިރު, ޑި ބްރޭނާ ވަނީ އޭރިއާ ތެރެއިން ހުސްކޮށްލާފައި ޖޯހާން ބަކަޔޯކޯ އަށް ދިން އިރު, އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިރޭގެ މެޗުން މޮޅުނުވެވުމުން، ޔޫކްރެއިން މުބާރާތުން ކެޓިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox