ފަހަތުން އަރައި ސްލޮވާކިއާ ބަލިކޮށް ޔޫކްރެއިން އަށް ހިތްހަމަޖެހުމެއް

Jun 21, 2024, 4:40 PM
ފަހަތުން އަރައި ސްލޮވާކިއާ ބަލިކޮށް ޔޫކްރެއިން އަށް ހިތްހަމަޖެހުމެއް

ޑަސެލްޑޯފް (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށް ޔޫކްރެއިން އިން ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރަން ހިތްވަރު ހޯދައިފި އެވެ.

މި މުބާރާތުގައި ޔޫކްރެއިން އިން ކުޅުނު ފުރަތަމަ މެޗުން ރޫމޭނިއާ އަތުން 3-0 ގެ ނަތީޖާ އަކުން ވަނީ ބަލިވެފަ އެވެ.

އެހެންވެ, މި މެޗަށް ޔޫކްރެއިނުން ނުކުތީ މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ދެކިގެންނެވެ.

މި މެޗުގެ 17 ވަނަ މިނެޓުގައި ސްލޮވާކިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިވާން ޝްރަންޒް އެވެ. މިއީ، ލޫކަސް ހަރާސްލިންގެ އެހީތެރިކަމާ އެކު ޝްރަންޒް ކާމިޔާބުކުރި ގޯލެކެވެ.

މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު, ދެ ވަނަ ހާފުގައި ޔޫކްރެއިން އިން ވަނީ އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކޮށް ސްލޮވާކިއާގެ ހާފަށް ބާރުބޮޑު ކޮށްފަ އެވެ.

އެ ގޮތުން، މެޗުގެ 54 ވަނަ މިނެޓުގައި ޔޫކްރެއިން އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޒިންޗެންކޯ ދިން ޕާހަކުން މި ގޯލު ޔޫކްރެއިން އަށް ކާމިޔާބު ކޮށްދިނީ މައިކޯލާ ޝަޕަރިންކޯ އެވެ.

ޔޫކްރެއިން އިން ލީޑު ނެގީ މެޗުގެ 80 ވަނަ މިނެޓުގައި ރޯމަން ޔުރަމްޗަކް ޖަހާދިން ގޯލުންނެވެ. މިއީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝަޕަރިންކޯ ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުރަމްޗަކް ޖަހާދިން ގޯލެކެވެ.

މި މޮޅާ އެކު ޔޫކްރެއިން ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ ވަރުގަދަ ބެލްޖިއަމް އާ ދެކޮޅަށެވެ. މި މުބާރާތުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން ވަނީ 1-0 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox