ޔޫކްރެއިން ބަލިކޮށް ރުމޭނިއާ އަށް 24 އަހަރު ތެރޭ ޔޫރޯގައި ފުރަތަމަ މޮޅު

Jun 17, 2024, 2:52 PM
ޔޫކްރެއިން ބަލިކޮށް ރުމޭނިއާ އަށް 24 އަހަރު ތެރޭ ޔޫރޯގައި ފުރަތަމަ މޮޅު

މިއުނިކް (ޖޫން 17) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރުމޭނިއާ ކުޅުނު ފުރަތަމަ މެޗުން 3-0 އިން ޔޫކްރެއިން ބަލިކޮށް، 24 އަހަރު ތެރޭ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއީ 2000 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ރުމޭނިއާ މި މުބާރާތުގެ މެޗަކުން މޮޅުވި ފުރަަތަމަ ފަަހަރެވެ. ރުމޭނިއާ އިން 2008 އާއި 2016 ގެ ޔޫރޯ ނިންމާލީ މޮޅެއް ނުލިބި، ގްރޫޕް ސްޓޭޖުން ކަަޓައިގެންނެވެ.

މީގެ ކުރިން ރުމޭނިއާ އިން، ޔޫރޯގައި ކުޅުނު 16 މެޗުގެ ތެރެއިން 10 މެޗުން ބަލިވިއިރު، ފަސް މެޗުން އެއްވަރުވި އެވެ. މޮޅުވި ހަމައެކަނި މެޗަކީ، 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި، އިންގްލެންޑް އަތުން 3-2 އިންނެވެ. އެ ފަހަރު ރުމޭނިއާ، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައީ އިންގްލެންޑާއި ޖަރުމަނު ކަޓުވާލައިފަ އެވެ. އެކަމަކު ކުއާޓާގައި އިޓަލީ އަތުން ރުމޭނިއާ ކެޓީ އެވެ.

މިއުނިކްގެ އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ޔޫކްރެއިނުން އަވަސް ކުޅުންތަކާ އެކު، އެޓޭކްތަކެއް ކުރެވޭތޯ ބެލި އެވެ. އެކަމަކު، އެންމެ ފުރުސަތެއް ވެސް ގޯލަކަށް ހަދައިނުލެވުނެވެ.

ރުމޭނިއާ އިން ލީޑުނެގީ މެޗުގެ، 29 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ނިކޮލައެ ސްޓަންޗޫ ޖެހި މޮޅު ގޯލުންނެވެ. ޔޫކްރެއިން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ރޫމޭނިއާ އަށް ލިބުނު ފުރުސަތުގައި އޭރިއާބޭރުން ސްޓަންޗޫ ޖެހި ބޯޅަ ގޯލަށް ވަނީ ޔޫކްރެއިންގެ ކީޕަރު އަންޑްރީ ލުނިން އަތްމަތިން ގޮސް މަތީ ކަަަނަށެވެ. އޭގެ ފަހުން، ސްޓަންޗޫ ކޯނަރަކުން ނެގި ބޯޅައެއް ވެސް ވަނީ ލުނިން އަތްމަތިން ގޮސް ދަނޑިއަށް އަމާޒުވެފަ އެވެ.

ރުމޭނިއާގެ ކެޕްޓަން ސްޓަންޗޫ، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފު ފަށައިގެން ވެސް ފުރަތަމަ އެޓޭކް ކުރެވޭތޯ ބެލީ ޔޫކްރެއިނުންނެވެ. އެކަމަކު، ފުރަތަމަ ހާފެކޭ އެއްގޮތަށް އެ ޓީމުން ފުރުސަތުގެ ބޭނުންހިފިގެން އުޅެނިކޮށް ރުމޭނިއާ އިން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 53 ވަނަ މިނިޓްގައި ރަޒްވާން މަރިން އޭރިއާބޭރުން ޖެހި ޝޮޓް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކީޕަރު ލުނިން އަތްދަށުން ވަނީ ގޯލަށެވެ. އެ ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން، ކުރި އެޓޭކެއްގައި ރުމޭނިއާ އިން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ޑެނިސް މާން ދިން ބޯޅައަކުން، ޑެނިސް ޑްރަގޫސް ޖެހި ގޯލެކެވެ.

ރުމޭނިއާ ގޯލާ އަމާޒުކޮށް ޔޫކްރެއިނުން ފޮނުވާލި ފުރަތަމަ ޝޮޓް ފެނިގެންދިޔައީ 77 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ހިއޯހީ ސުޑާކޯވް ޖެހި ޝޮޓް ރުމޭނިއާ ކީޕަރު، ފްލޯރިން ނީސާ ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ވެސް ޔޫކްރެއިނުން ކުރިއަށް ޖެހިގެން ކުޅެ، އެޓޭކްތަކެއް ކުރެވޭތޯ ބެލި އެވެ. އެކަމަކު، އޭގެއިން ފުރުސަތެއްގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ.

މި ގްރޫޕްގެ ދެ ވަނަ މެޗުގައި، ސްލޮވާކިއާ އާއި ބެލްޖިއަމް މިރޭ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox