ސާފް ޗެމްޕިއަންޝިޕުގައި ފެނުނީ ރާއްޖޭގެ ފެންވަރެއް ނޫން: ސަމުއްޓެ

Nov 12, 2026, 10:07 AM
ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ)، ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ)، ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ކުޅުނު ދެ މެޗުން ލަނޑެއް ވެސް ނުޖެހި ބަލިވެ، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުން ކެޓިއިރު ފެނިގެންދިޔައީ ރާއްޖޭގެ ފެންވަރެއް ނޫން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެވެ. 

މިއީ، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާއަކާ އެކު މުބާރާތުން ކެޓި ފަހަރެވެ. އެ ގޮތުން، ރާއްޖޭން ކުޅުނު ދެ މެޗުން ބަލިވިއިރު، ލަނޑެއް ވެސް ނުޖެހެ އެވެ. ގްރޫޕްގެ ފުރަތަަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެ އަށް މިއަދު އިންޑިއާއާ ދެކޮޅަށް ރަނގަޅު މޮޅެއް ހޯދައިގެން ނޫނީ ސެމީ ފައިނަލަށް ދެވެން ނެތް މެޗުގައި، އިންޑިއާ އަތުން 1-0 އިން ބަލިވީ އެވެ. 

އެންމެ ފަހުން ބޭއްވި ތިން ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. (ފުރަތަމަ ބުރުންނެވެ). ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދިޔައިރު، ފައިނަލަށް ނުދެ އެވެ. އޭގެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކެޓި އެވެ. އެ ދެ ފަހަރު ވެސް ރާއްޖޭން ވަނީ މެޗުތަކަކުން މޮޅުވެފަ އެވެ.

މި ފަހަރު ރާއްޖެ ކެޓީ މޮޅެއް ނުލިބި ލަނޑެއް ވެސް ނުޖެހި އެވެ. މި ފަހަރުގެ މުބާރާތުގަައި ލަނޑެއް ނުޖެހި ނިންމާލީ ރާއްޖޭން އެކަންޏެވެ. 

"އަހަރެެމެންނަށް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެވޭތޯ ބެލިން ގިނަ ވަގުތު. އެކަމަކު، ދެރަކޮށް ދިމާވި ކަމަކީ އަހަރެމެންނަށް އެކަމެއް ނުކުރެވުނު، ލަނޑު ޖެހުމުގައި އަހަރެމެންގެ ނަސީބެއް ވެސް ނެތް. އެއީ ވީ ގޮތަކީ،" މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހޯސްޓް ބްރޯޑްކާސްޓަރު، ޓީ ސްޕޯޓްސް އަށް އިއްޔެ އިންޑިއާ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސަމުއްޓެ ބުންޏެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ދިޔަ ގޮތާ މެދު ދެކޭ ގޮތް އެހުމުން ސަމުއްޓެ ބުނީ، ފެނުނީ ރާއްޖޭގެ ފެންވަރެއް ނޫން ކަމަށެވެ. 

"އަހަރެމެން އެބަޖެހޭ މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން. ދެން، އޮތް ސާފް ޗެމްޕިއަންޝިޕްގައި އެނބުރި އަންނަން. އަހަރެމެން މި އަށް ވުރެން ދުރަށް ދާން ޖެހޭ. މިއީ އަހަރެމެންގެ ފެންވަރެއް ނޫން ކަން ޔަގީން. އަހަރެމެން ޔަގީނުން ވެސް އެނބުރި އަންނާނެ،" މިދިޔަ ދެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކެޕްޓަންކަން ކުރި ސަމުއްޓެ ބުންޏެވެ. 

މިއީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ ދަށް އަހަރެވެ. މި އަހަރުގެ ޖެނުއަރީ މަހު، ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވި ހަންގޭރީގެ އިސްތަވާން އުރްބާނީގެ ބެލުމުގެ ދަށުން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށްވަމުން އަންނައިރު، އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުން ވެސް ބޮޑެވެ. 

އުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި އުރްބާނީ ކުރިމަތިލި 12 މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުންެނެވެ. އަށް މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 

އުރްބާނީގެ ކޯޗުކަމުގައި ސީނިއާ ގައުމީ ޓީމުން ކުޅުނު ނުވަ މެޗުގެ ތެރެއިން ޖެހީ ތިން ލަނޑެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ. ލަނޑުތައް ޖަހާފައިވަނީ، މާޗް މަހު، ޓިމޯ ލެސްޓޭ ކޮޅަށް މުހައްމަދު އިރުފާން (އިރޭ) އާއި ސެންޓޭގެ ޕެނަލްޓީ އަކާއި ޖޫން މަހު ޑައިމަންޑް ޖުބިލީ މުބާރާތުގައި ބަންގްލަދޭޝް 23 އަހަރުން ދަށުގެ ޓީމު ކޮޅަށް ސެންޓޭ ޖެހި ޕެނަލްޓީ އެވެ. އެންމެ ފަހުން، ގައުމީ ޓީމުން ކުޅުނު ފަސް މެޗުގައި ބަލިވީ ލަނޑެއް ވެސް ނުޖެހި އެވެ. އެ ފަސް މެޗުގައި، ޗައިނާ، ކިރްގިސްތާން، ލެބަަަނަން، ޕާކިސްތާން އަދި އިންޑިއާ އިން ރާއްޖެ ކޮޅަށް 18 ލަނޑު ޖެހި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

Newsletter

Get the latest news delivered straight to your inbox