ގައުމީ ޓީމުގެ ކޯޗުގެ މަގާމުން ވަކިވާނެތޯ އެހުމުން އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

Nov 11, 2026, 7:22 PM
އިންޑިއާ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އިންޑިއާ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މި ފަހަރުގެ ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ، ލަނޑެއް ވެސް ނުޖެހި މުބާރާތުން ރާއްޖެ ކެޓުމާ އެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ވަކިކުރަން ދެން ހުންނާނީތޯ ނޫނީ އިސްތިއުފާ ދޭނީތޯ ސުވާލުކުރުމުން އެ އަށް ސީދާ ޖަވާބެއް ދޭން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ. 

މިއީ، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާއަކާ އެކު މުބާރާތުން ކެޓި ފަހަރެވެ. އެ ގޮތުން، ރާއްޖޭން ކުޅުނު ދެ މެޗުން ބަލިވިއިރު، ލަނޑެއް ވެސް ނުޖެހެ އެވެ. ގްރޫޕްގެ ފުރަތަަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެ އަށް މިއަދު އިންޑިއާއާ ދެކޮޅަށް ރަނގަޅު މޮޅެއް ހޯދައިގެން ނޫނީ ސެމީ ފައިނަލަށް ދެވެން ނެތް މެޗުގައި، އިންޑިއާ އަތުން 1-0 އިން ބަލިވީ އެވެ. 

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

އެންމެ ފަހުން ބޭއްވި ތިން ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. (ފުރަތަމަ ބުރުންނެވެ). ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދިޔައިރު، ފައިނަލަށް ނުދެ އެވެ. އޭގެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކެޓި އެވެ. އެ ދެ ފަހަރު ވެސް ރާއްޖޭން ވަނީ މެޗުތަކަކުން މޮޅުވެފަ އެވެ.

މި ފަހަރު އުރްބާނީއާ އެކު ރާއްޖެ ކެޓީ މޮޅެއް ނުލިބި ލަނޑެއް ވެސް ނުޖެހި އެވެ. މި ފަހަރުގެ މުބާރާތުގަައި ލަނޑެއް ނުޖެހި ނިންމާލީ ރާއްޖޭން އެކަންޏެވެ. 

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި އުރްބާނީ ކުރިމަތިލި 12 މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުންެނެވެ. އަށް މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 

އުރްބާނީގެ ކޯޗުކަމުގައި ސީނިއާ ގައުމީ ޓީމުން ކުޅުނު ނުވަ މެޗުގެ ތެރެއިން ޖެހީ ތިން ލަނޑެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ. ލަނޑުތައް ޖަހާފައިވަނީ، މާޗް މަހު، ޓިމޯ ލެސްޓޭ ކޮޅަށް މުހައްމަދު އިރުފާން (އިރޭ) އާއި ސެންޓޭގެ ޕެނަލްޓީ އަކާއި ޖޫން މަހު ޑައިމަންޑް ޖުބިލީ މުބާރާތުގައި ބަންގްލަދޭޝް 23 އަހަރުން ދަށުގެ ޓީމު ކޮޅަށް ސެންޓޭ ޖެހި ޕެނަލްޓީ އެވެ. އެންމެ ފަހުން، ގައުމީ ޓީމުން ކުޅުނު ފަސް މެޗުގައި ބަލިވީ ލަނޑެއް ވެސް ނުޖެހި އެވެ. އެ ފަސް މެޗުގައި، ޗައިނާ، ކިރްގިސްތާން، ލެބަަަނަން، ޕާކިސްތާން އަދި އިންޑިއާ އިން ރާއްޖެ ކޮޅަށް 18 ލަނޑު ޖެހި އެވެ. 

މި ހުރިހާ ދަށް ރެކޯޑަކާ ގުޅޭގޮތުން، އުރްބާނީއާ މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައި، މެޗާ ގުޅޭ އެހެން ވާހަކަތައް ދެއްކި އެވެ. އެކަމަކު، ތަކުރާރުކޮށް ސުވާލު ކުރުމާ އެކު އުރްބާނީ ބުނީ، "އެ ސުވާލުތަކަށް ޖަވާބު ދޭނީ ރާއްޖެ ގޮސްފައި" ކަމަށެވެ. 

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ މެޗާ ބެހޭގޮތުން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އެ ގޮތުން، މިއަދު އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅެން ރޭވި ގޮތާ ބެހޭގޮތުން ވާހަކަ ދައްކައިި، ބޭނުންވި ކަންކަން ހާސިލްނުވީ ފިޓްނަސް ކަހަލަ މައްސަލަތަކެއް ދިމާވުމުން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ މަސައްކަތް ކުރާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ދިން އިންޓަވިއުއެއްގައި އުރްބާނީ ވަނީ މިއީ ހެޑް ކޯޗެއްގެ ގޮތުގައި އޭނާގެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. 

މީގެ ކުރިން، އުރްބާނީ ވަނީ 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ. ބަންގްލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން އިންޑިއާ އަތަުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، 2011 ވަނަ އަހަރު އިންޑިއާގައި އޮތް މުބާރާތާއި 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުން ރާއްޖެ ކެޓީ ސެމީ ފައިނަލުގައި އިންޑިއާ އަތުންނެވެ. އަދި، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެމީ އަށް ވެސް ނުދެވުނީ އިންޑިއާ އަތްދަށުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަަށްދާން ސާފު މެސެޖެއް ދޭންޖެހޭ: އުރްބާނީ

ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްދާނެ ގޮތުގެ ސާފު މެސެޖެއް ދޭންޖެހޭ ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގެ ކުރިން، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން

Newsletter

Get the latest news delivered straight to your inbox