ސަރުކާރު މުވައްޒަފުންގެ އަނބިންނާއި ފިރިން ގޮވައިގެން މާދަމާރޭގެ ޖަލްސާއަށް ދާން އަންގައިފި

ރައީސް މުއިއްޒު 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ނުލިބި ހުރި ފައިސާ ހޯދަން މާލީ މައްސަލަ ހައްލުކުރައްވާނެ ކަމަށް އެ ދުވަހު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ނުލިބި ހުރި ފައިސާ ހޯދަން މާލީ މައްސަލަ ހައްލުކުރައްވާނެ ކަމަށް އެ ދުވަހު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރުފުރުން ފާހަގަކުރުމަށް މާދަމަރޭ ބާއްވާ ޖަލްސާއަށް ސަރުކާރު މުވައްޒަފުންގެ އަނބިންނާއި ފިރިން ގޮވައިގެން ދާން އަންގައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކަށް އިއްޔެ ސަރުކާރުގެ ތަރުޖަމާނު، ހުސެއިން މުހައްމަދު ޝަރީފް ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއެއްގައި އަންގައިފައި ވަނީ މާދަމާރޭގެ ޖަލްސާއަށް ދާ މުވައްޒަފުންގެ އަނބިންނާއި ފިރިން ހިމެނޭހެން މިއަދުގެ މެންދުރު 1:00 ގެ ކުރިން ރައީސް އޮފީހަށް އެންގުމަށެވެ.

"ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރެއްވި ބުރަ މަސައްކަތްޕުޅުން ހޯދައިފައިވާ ކާމިޔާބީގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ މި ޖަލްސާގައި ތިޔަ އިދާރާގެ ހުރިހާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއެކު ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަރުވަ އެވެ،" އެ ސިޓީގައި ލިޔެފައިވެ އެވެ.

ސަރުކާރަށް ތިން އަހަރުފުރުމުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މާދަމާރޭ 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މާދަމާރޭގެ ޖަލްސާގައި މުއިއްޒު ވާހަކަދައްކަވާނެކަމަށް ވެސް އެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

ރާއްޖޭގެ ވެރިކަމަށް އިންތިހާބުވާ ބޭފުޅުން ހުވާކުރައްވާ ދުވަހަކީ ޒަމާނުއްސުރެ ނޮވެމްބަރު 11، ގަ އެވެ. ނަމަވެސް، 2013 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޭރުގެ ސުޕްރީމް ކޯޓުން ބާތިލު ކުރުމާއެކު އެ ދުވަސް ވަނީ ނޮވެމްބަރު 17، އަށް ފަސްވެފަ އެވެ.

ވެރިކަމުގެ ހުވާކުރައްވާ ތާރީހު އަލުން ނޮވެމްބަރު 11، އަށް ބަދަލުކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްފަހު، ރައްޔިތުން އެކަން ބޭނުންވާ ނަމަ، ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

އޭސީސީން: ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދެން

އޭސީސީން ފިނޭންސް މިނިސްޓްރީގައި އެދުނު ބަޖެޓުން 6.4 މިލިއަން ރުފިޔާ އުނިކުރުމާ ގުޅިގެން، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާނެ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން ވަނީ ފާޅުކޮށްފައި. އޭސީސީން ބުނީ އެ ކޮމިޝަނުން ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox