ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރާ އަޑު އަރާފައި ވަނިކޮށް ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

Oct 26, 2026, 9:27 PM
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: މި އަހަރުގެ ޖަލްސާ ފަސްކުރި ސަބަބެއް ސަރުކާރުން ނުބުނޭ --- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: މި އަހަރުގެ ޖަލްސާ ފަސްކުރި ސަބަބެއް ސަރުކާރުން ނުބުނޭ --- ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހާ ދިމާކޮށް ނޮވެމްބަރު 11 ގައި ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ޔޫއޭއީގެ އީގަލް ހިލްސްއާއެކީ ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރެއަށް ސަރުކާރުން ފަސްކޮށްފި އެވެ.

މި ޖަލްސާ ފަސްކުރި ކަމަށް ބުނި ނަމަވެސް އެއްވެސް ސަބަބެއް ރައީސް އޮފީހުން ހާމަ ނުކުރެ އެވެ. އަދި، ރަސްމާލެ މަޝްރޫއުގެ ބޮޑު އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ވާހަކަތަކެއް ދެކެވުނު ނަމަވެސް، ސަރުކާރުން އެ މައުލޫމާތު ވެސް ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހަދަން ޖެހޭ ކަމަށް ބުނާ ރިއަލް އެސްޓޭޓު ގާނޫނުގެ ބިލު ވެސް ރައްޔިތުންގެ މަޖިލީހަށް އަދި ހުށަނާޅާ އެވެ. އަދި، އެހެން ބައެއް ގާނޫނުތަކަށް ގެންނަން ޖެހޭ ކަމަށް ބުނި ބަދަލުތަކާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ނާދެ އެވެ. 

Advertisement

ރައީސް އޮފީހުން ބުނީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އަންނަ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. 

މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުން ވެސް އޮންނާނެ އެވެ.

ހާއްސަ އިނާމަކީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާ އެކު ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ދޭ އިނާމެކެވެ. މި އިނާމު ލިބޭ މީހުންނަށް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ދޭ އިނާމެކެވެ. ގައުމީ އިނާމާ ބެހޭ ކޮމިޓީން ހޮވާ މި މީހުންނަށް ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

އިސްލާމް ދީނާ ދެކޮޅު އަމަލުތަކުގެ އަދަބާއި ޖުރިމަނާ ބޮޑުކުރަނީ

އިސްލާމްދީނާ އިދިކޮޅު އަމަލުތަކާއި ދީނީ ނަފްރަތު އުފެއްދުމުގެ ކުށްތަކަށް ދޭ އަދަބު ބޮޑުކުރުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި. މި ބަދަލާއެކު މިފަދަ ކުށްތަކަކީ ޖިނާޔަތުގެ ދަރަޖައިގެ ކުށްތަކަކަށް ބަދަލުވެ، ޖަލު އަދަބު ހަރުކަށިވުމުގެ އިތުރުން ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ ފުރުސަތު ހަނިވެގެންދާނެ.

Newsletter

Get the latest news delivered straight to your inbox