މި ހިނގާ ނޮވެމްބަރު 12، ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ނޮވެމްބަރު 12، ބަންދުކުރަން މުއިއްޒު ނިންމެވީ ނޮވެމްބަރު 11، އަކީ ޖުމްހޫރީ ދުވަހަށްވެފައި، އެ ދުވަހަކީ ބަންދު ދުވަހަކަށްވުމުން ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް މަގުފަހިކުރުމަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ (2026 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ) ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި،" ރައީސް އޮފީހުން ބުންޏެވެ.
މި ނިންމެވުމާއެކު ނޮވެމްބަރު 11، އާއި 12، އަދި ހަފްތާ ބަންދު ކަމަށްވާ ނޮވެމްބަރު 13، އަދި 14، ހިމެނޭ ގޮތަށް ޖުމްލަ ހަތަރު ދުވަހު ސަރުކާރު ބަންދުވާނެ އެވެ.
ގައުމީ ބަންދު ދުވަސްތަކާ ދިމާކޮށް ބައެއް ފަހަރު ޖެހިގެން އަންނަ ދުވަސް ބަންދުވާ ގޮތަށް ހެދުމަށްފަހު، މީގެކުރިންވެސް ހަފްތާ ބަންދާއެކު ޗުއްޓީ ލިބޭގޮތް ހަދާފައިވެ އެވެ.








