ޣަފޫރު ވިދާޅުވަނީ ޑޮލަރުގެ އަގު މިހާރު ހުރީ 23ރ. އަށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ޑޮލަރުގެ އަގު މިއަދު ހުރީ 23ރ. އަށް ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންކަން ކުރަންވީމާ ޑޮލަރު ހުންނަ ކަމަށެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް ބޭނުންވާ ތަކެތި ހޯދަންވީމާ ސަރުކާރުގައި ޑޮލަރު ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"23ރ. އަށް މިއަދު ޑޮލަރުގެ އަގު ހުރީ އިއްޒަތްތެރި ރައީސް، ކިހިނެއްތޯ މި ގައުމުގެ ރައްޔިތުން ކައިބޮއި އުޅޭނީ އިއްޒަތްތެރި ރައީސް، 23ރ. އަށް މި ގައުމުގައި މިއަދު ވެސް ޑޮލަރުގެ އަގު ހުރީ،" ޣަފޫރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ނަގާފައި ހުރި ދަރަނި މި ސަރުކާރުން ދެއްކި ކަމަށް ވެރިކަންކުރާ ޕީއެންސީގެ ބޭފުޅުން ވިދާޅުވާއިރު، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ދަރަނި ހުރި މިންވަރަށް ވުރެ 30 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެ އަދަދުތައް ބަޖެޓު ފޮތުން ފެންނަން އެބަހުރި ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި، ދަރަނި އިތުރުވީ، ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން ދަރަނި ނެގުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރުގެ އަގު އުފުލިފައިވާކަމަށް ޣަފޫރު ވިދާޅުވިއިރު، އެ ކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން ބައެއް އެހެން މީހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ކަޅު ބާޒާރުގައި މީގެ ކުރިން އިންތިހާއަށް ޑޮލަރުގެ އަގު އުފުލެމުން ދިޔައީ ނޫސްތަކުގައި ހަބަރު ޖަހަމުން ދާތީކަމަށް ބުނެ މަޖިލީހުން ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ މިންވަރު ރިޕޯޓުކުރުން ގާނޫނީ ގޮތުން މަނާކޮށްފަ އެވެ.

ގާނޫނަށް އެ ބަދަލުގެނައި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި ޑޮލަރުގެ އަގަށް ބަދަލު ނާންނަކަމަށް ސޯޝަލްމީޑިއާ އާއި އެ ނޫން ވެސް އެހެން މަންސަތަކުގައި މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox