ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ ޖިންސީ އެދުން ފުއްދިކަމަށް ބުނާ މައްސަލައެއްގައި އަނެއްކާ ވެސް ނައުޝާދު ހައްޔަރުކޮށްފި

މިސްކިތުގައި މުޑުދާރު އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނައުޝާދު: އޭނާއަކި މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ މީހެއް -- ފޮޓޯ: ފުލުހުން

މިސްކިތުގައި މުޑުދާރު އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނައުޝާދު: އޭނާއަކި މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ މީހެއް -- ފޮޓޯ: ފުލުހުން

ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެއްނެއްގެ ކުރިމަތީގައި ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދިކަމުގެ ތުހުމަތުގައި، މީގެ ކުރިން ވެސް މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ނައުޝާދު މޫސާ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ނައުޝާދު ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ފުރުގާން މިސްކިތަށް ވަދެ، އެ މިސްކިތުގައި ލުހާ ނަމާދަށް ހުރި އަންހެނެއްގެ ކުރިމައްޗަށް އަރައި ބަރަހަނާވެފަ އެވެ. އަދި، އެއަށް ފަހު އެ ތަނުގައި ހުރެ އޭނާ އަމިއްލައަށް ޖިންސީ އެދުން ފުއްދި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ބުނީ، އެފަދަ މައްސަލައެއްގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Advertisement

"ފުރުގާން މިސްކިތުގެ ތިޔަ ވިދާޅުވި ފަދަ ކަމެއް ހިނގިކަމަށް ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެ ހުށަހަޅާފައިވޭ، މި މައްސަލައިގައި އެ ފަރާތުން ދިން މައުލޫމާތާ ގުޅިގެން ނައުޝާދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނައުޝާދުގެ ފަރާތުން އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު 10، ގައި ފުރުގާން މިސްކިތަށް ވަދެ، ބޮޑުކަމު ގޮސް، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައެއްގައި މި މަހުގެ 4، ވަނަ ދުވަހާ ހަމައަށް ނައުޝާދު ހުރީ ބަންދުގަ އެވެ. އޭނާ ބަންދުން ދޫކޮށްލީ، އެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވި އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމް، ތަހުގީގު ބަންދުގައި އޭނާ ހޭދަކުރި އެއް މަހާއި 21 ދުވަހާ އަޅައިކެނޑުމުން ދެން ތަންފީޒުކުރަންޖެހޭ އަދަބެއް ނެތުމުންނެވެ.

އޭގެ ކުރިން ވެސް މިސްކިތަށް ގެއްލުންދިން މައްސަލަތަކުގައި އެކިފަހަރު މަތިން އޭނާ ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox