ކިންގްސް ފެލޯޝިޕް ކިޔަވައިދޭ ރާއްޖޭގެ ހަމައެކަނި މަރުކަޒަށް ވިލާ ކޮލެޖް

Sep 22, 2026, 1:32 PM
ވިލާ ކޮލެޖުގައި "ކިންގްސް ކޮމަންވެލްތު ފެލޯޝިޕް" ގެ ފުރުސަތުތައް ހުޅުވާލައިފި

ވިލާ ކޮލެޖުގައި "ކިންގްސް ކޮމަންވެލްތު ފެލޯޝިޕް" ގެ ފުރުސަތުތައް ހުޅުވާލައިފި

އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަރސިޓީސް (އޭސީޔޫ) އިން ހިންގާ ޝަރަފުވެރި "ކިންގްސް ކޮމަންވެލްތު ފެލޯޝިޕް ޕްރޮގްރާމް (ކޭސީއެފްޕީ)" ގެ ދަށުން، ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެހިފައިވާ (ފުލީ ފަންޑެޑް) އަންޑަރގްރެޖުއޭޓް ފެލޯޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ހާއްސަކޮށްގެން ހިންގާ މި ފެލޯޝިޕްގެ ދަށުން ކިޔަވައިދޭ ރަސްމީ 'ހޯސްޓް އިންސްޓިޓިއުޝަން' އެއްގެ ގޮތުގައި ރާއްޖެއިން ހޮވިފައިވަނީ ވިލާ ކޮލެޖެވެ.

 އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމަކަށް ފަށްޓަވާފައިވާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ތަރައްގީގެ އެންމެ ބޮޑެތި ގޮންޖެހުންތަކާއި، ހާއްސަކޮށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޤާބިލުކަން އިތުރުކުރުމެވެ.

މި ފުރުަސަތުގެ ސަބަބުން، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރު ޒުވާނުންނަށް ލިބިގެންދާނެ އެވެ. އަދި ފެލޯޝިޕް ލިބޭ ދަރިވަރުން "ކިންގްސް ފެލޯސް" ގެ ގޮތުގައި ބައިނަލްއަގްވާމީ އެކަޑެމިކް ނެޓްވޯކަކާ ގުޅި، މުޖުތަމަޢަށް ޚިދުމަތްކުރާނެ މާދަމާގެ ލީޑަރުންގެ ގޮތުގައި ބިނާވެގެންދާނެ އެވެ. 

މި ފެލޯޝިޕްގެ އަންޑަރގްރެޖުއޭޓް ޕާތުވޭ ކިޔަވައިދޭ ރަސްމީ 'ހޯސްޓް އިންސްޓިޓިއުޝަން' އެއްގެ ޝަރަފު، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން ހަމައެކަނި ލިބިފައިވަނީ ވިލާ ކޮލެޖަށެވެ.

ވިލާ ކޮލެޖަކީ 2013 ވަނަ އަހަރުން ފެށިގެން އޭސީޔޫގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ، ރާއްޖޭގެ ފުރަތަމަ މަތީ ތައުލީމުދޭ މަރުކަޒެވެ. ކޮމަންވެލްތު ޔުނިވާސިޓީތަކުގެ ވިއުގައާއެކު އޮތް ބަދަހި ގުޅުމާއި، ކޮލެޖުން ފޯރުކޮށްދޭ ތައުލީމީ ފެންވަރަކީ މިފަދަ ޝަރަފުވެރި ބައިނަލްއަގްވާމީ ޕްރޮގްރާމެއްގެ ހޯސްޓް އިންސްޓިޓިއުޝަނަކަށް ވިލާ ކޮލެޖު ހޮވިގެން ދިޔަ މައިގަނޑު ސަބަބެވެ.

މި ފެލޯޝިޕްގެ ދަށުން ވިލާ ކޮލެޖުގައި ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް މުހިންމު ފަސް ދާއިރާއަކުން ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެއީ:

  • ސިއްހީ ދާއިރާއިން: ބެޗެލާ އޮފް ސައިންސް އިން ނާސިން
  • ތައުލީމީ ދާއިރާއިން: ބެޗެލާ އޮފް ޓީޗިން އިން ޕްރައިމަރީ އެންޑް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް
  • އިންޖިނިއަރިންގެ ދާއިރާއިން:

ފެލޯޝިޕް ކާމިޔާބުކުރާ ދަރިވަރުންގެ ކިޔެވުމުގެ މުޅި މުއްދަތަށް ޓިއުޝަން ފީ އެއްކޮށް ހަމަޖައްސައިދިނުމުގެ އިތުރުން، ދިރިއުޅުމުގެ ހަރަދުތަކަށް ހާއްސަ ސްޓައިޕެންޑެއް ލިބިގެންދާނެ އެވެ. އަދި ކިޔެވުމަށްޓަކައި އެހެން ރަށަކަށް ނުވަތަ ގައުމަކަށް ބަދަލުވާންޖެހޭ ދަރިވަރުންނަށް ދަތުރުފަތުރުގެ ހަރަދު (އަހަރަކު އެއް ފަހަރު ވައިގެ ދަތުރުގެ ދެކޮޅު ޓިކެޓް ހިމެނޭހެން) ފޯރުކޮށްދެވޭނެ އެވެ.

މުޅި ޕްރޮގްރާމުގެ ދަށުން ޖުމްލަ 11 ފެލޯޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 7 ފެލޯޝިޕެއް ހާއްސަކޮށްފައި ވަނީ ކުދި އަދި އެކަހެރި ގައުމުތައް ކަމުގައިވާ ޑޮމިނިކާ، ގްރެނާޑާ، ކިރިބާސް، ނައުރޫ، ސަމޯއާ، ޓޮންގާ އަދި ޓުވާލޫއަށެވެ. އަދި ބާކީ ފުރުސަތުތަކަށް ރާއްޖެ ހިމެނޭހެން ކޮމަންވެލްތު ސިޑްސްގެ 24 ގައުމަކުން ވާދަކުރެވޭނެ އެވެ.

މި ތާރީޚީ ފުރުޞަތާ ގުޅޭގޮތުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. އަލީ ނަޖީބު ވިދާޅުވީ: "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް މި ފުރުސަތު ލިބުނު ފަހަރު؛ ހޯސްޓް ކުރުމުގެ ފުރުޞަތުވެސް އަދި ފެލޯޝިޕް ހޯދުމުގެ ފުރުސަތު ވެސް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މީ ދިވެހިރާއްޖޭގެ މަތީ ތައުލީމަށް ލިބުނު ކާމިޔާބީއެއް، އަދި މީ ދިވެހިރާއްޖޭގެ ޒުވާން ޖީލަށް ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކެއް މިފަދަ ޕްރެސްޓީޖަސް ސްކީމެއްގެ ދަށުން ނުވަތަ ފެލޯޝިޕެއްގެ ދަށުން ކިޔެވުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު ދޮރެއް."

މީގެ އިތުރުން ޑރ. ނަޖީބު ވަނީ، ދިވެހި ޒުވާނުންނަކީ ނުހަނު ތޫނުފިލި، ގާބިލު ބައެއްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކޮށްގެން ދިވެހި ދަރިވަރުން މި ފެލޯޝިޕްތައް ކާމިޔާބުކޮށް، ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުޞަތު ހޯދުމަށް ހިތްވަރު ދެއްވާފައެވެ.

ފެލޯޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭނުންވާ އިރުޝާދާއި މައުލޫމާތު ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުގެ ސްޓޫޑެންޓް ސަރވިސަސް އަދި ކޮންޓެކްޓް ސެންޓަރުން އެހީތެރިކަން ދެމުން ގެންދާނެ އެވެ. އަދި ކޮލެޖުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އިތުރު ތަފްސީލުތައް ހިއްސާކުރެވެމުންދާނެ އެވެ.

މި ފެލޯޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 14  އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 8:00 (15:00 ޔޫޓީސީ) އެވެ.

ފެލޯޝިޕްގެ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު، އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަރސިޓީސްގެ ރަސްމީ ވެބްސައިޓް www.acu.ac.uk/kcfp-undergraduate  މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. ޤައުމު ބިނާކުރުމުގެ މުހިންމު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބުނު މި އަގުހުރި ފުރުޞަތުގެ ބޭނުން ވީހާވެސް ގިނަ ދަރިވަރުން ހިފުމަށް ވިލާ ކޮލެޖުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox