ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅިގެން ހިލޭ މޮބިލިޓީ ސްކްރީނިން ހެދުމުގެ ފުރުސަތު

Nov 8, 2026, 7:10 PM
Total Physio

Total Physio

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ހިލޭ މޮބިލިޓީ ސްކްރީނިން ހެދުމުގެ ފުރުސަތު ހުޅުވާލުމަށް އެ ކްލިނިކުން ނިންމައިފި އެވެ.

މި ފުރުސަތު ހުޅުވާލަނީ އެ ކްލިނިކްގެ އަހަރީ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހާއްސަ އޮފާގެ ދަށުން ކޮންމެ މީހަކަށްވެސް ފަނަރަ މިނެޓުގެ މޮބިލިޓީ ސްކްރީނިންގްއެއް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ހަށިގަނޑުގެ ގުނަވަންތަކުގެ ހަރަކާތްތެރިކަން ހުރި މިންވަރު ދެނެގަތުމަށާއި، ހުޅުތަކާއި މަސްތަކުގެ ދުޅަހެޔޮކަން ވަޒަންކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ސްކްރީނިންގެ ސަބަބުން ހަށިގަނޑަށް ދިމާވެދާނެ އަނިޔާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ އެވެ.

މީގެ އިތުރުން ވެސް ކްލިނިކްގެ ޚިދުމަތްތައް ހިލޭ އަދި ޑިސްކަައުންޓްތަކާއެކު ލިބޭނެ ފުރުސަތުތައް ހުޅުވާލުމަށް ކްލިނިކުންވަނީ ނިންމާފަ އެވެ.

ޓޯޓަލް ފިޒިއޯއަކީ ފިޒިއޮތެރަޕީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފެންވަރުގެ ހިދުމަތްތަކެއް ދެމުން އަންނަ މަރުކަޒެކެވެ. އެ ކްލިނިކުގެ ލޯގޯއިން ރަމްޒުކޮށްދޭ ބުރަކަށީގެ ކަށިބަދައިގެ ކުރެހުމުން ދޭހަވަނީ ހަށިގަނޑުގެ މައިބަދައާއި ގުޅުންހުރި ފަރުވާތަކަށް އެތަނުން ދޭ ހާއްސަ ސަމާލުކަމެވެ. މިފަދަ ހިލޭ ސްކްރީނިންގްއެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

 އަހަރީ ދުވަހުގެ މި ހަރަކާތަކީ ކްލިނިކުގެ ކަސްޓަމަރުންނަށާއި އާންމުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ ކްލިނިކުން ބުންޏެވެ.

ފަހުގެ އެޑްވާންސްޑު ލޭޒާ ތެރަޕީ އާއި ކްރަޔޯތެރަޕީ ރާއްޖެއަށް ތައާރަފުކޮށް، ބަލި މީހުންނަށް ފަރުވާ ދިނުމަށް އިންގިލާބީ ބަދަލެއް ގެނެސް ޓޯޓަލް ފިޒިއޯ އިން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ޒަމާނީ ވަސީލަތްތަކާއެކު ފިޒިއޮތެރަޕީގެ އެންމެ އެޑްވާންސް ހިދުމަތްތައް އެ ކްލިނިކުން ފޯރުކޮށްދެނީ ހަމައެކަނި ކްލިނިކް ހެދިފައިވާ އިމާރާތުގެ ހަތަރުފާރުގެ ތެރޭގައެއް ނޫނެވެ. ބަލީގެ ބާވަތުން އެނދުގައި އޮންނަން ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ގޮސްއުޅުމަށް ދަތި ފަރާތްތަކުގެ އިތުރުން، އޮޕަރޭޝަނަށް ފަހު ފަރުވާ ބޭނުންވާ ފަރާތްތަކަށް ގޭގެއަށް ގޮސްގެން ވެސް އެ ކްލިނިކުން ފަރުވާ ދެ އެވެ.

ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ބުރީގައި ހުންނަ މި ކްލިނިކްގައި ތިބީ ދާއިރާގެ މާހިރުންނެވެ. އެ މީހުންގެ ތަޖުރިބާ އާއި ޒަމާނީ ވަސީލަތްތަކަކީ ޓޯޓަލް ފިޒިއޯގެ އެންމެ ބޮޑު ކާމިޔާބީ އެވެ.

ކްލިނިކްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށާއި ބުކިން ހެދުމަށް 3301700 ނުވަތަ 7661700 އަށް ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކޮށް އެޕޮއިންޓްމެންޓް ހެދޭނެ އެވެ.

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox