އިންވެސްޓްމެންޓް ފޯރަމްތައް ބާއްވަން ކުރި ހަރަދު ހާމަނުކުރައްވައި ސައީދު ވިދާޅުވީ ރިކޯޑު އަދަދަކަށް އިންވެސްޓްމެންޓު ގެނައި ކަމަށް

އިތުބާރު ނެތްކަމުގެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭރުގެ ގައުމުތަކުގައި އިންވެސްޓްމެންޓް ފޯރަމްތައް ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން މި ސަރުކާރުގައި މިހައިތަނަށް ރިކޯޑު އަދަދަކަށް އިންވެސްޓްމެންޓުތައް ރެޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން އަހަރު ރެޖިސްޓްރީކުރި އިންވެސްޓްމެންޓުތަކުގައި އަދަދަކީ ރިކޯޑެއް ކަމަށެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރުން 2013 ގެ ނިޔަލަށް ރެޖިސްޓްރީ ކުރެވިފައި ވަނީ 212 އިންވެސްޓްމެންޓު ކަމަށާއި ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 406 އިންވެސްޓްމެންޓު ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރެޖިސްޓްރީ ކުރެވިފައި ވަނީ 245 އިންވެސްޓްމެންޓު ކަމަށް ސައީދު ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދެ އަހަރާއި ބައިވަމުން ގޮސް ތިން އަހަރުވަމުންދާ ސަރުކާރުން، އަދި ތިން އަހަރު ނުވެ މިއުޅެނީ ނޮވެމްބަރު 17، 2023 އިން ފެށިގެން މި އައި ދުވަސްތަކުގެ ތެރޭގައި 313 އިންވެސްޓްމެންޓް އިއްޒަތްތެރި ރައީސް ރެޖިސްޓްރީކޮށް ރިކޯޑެއް ހައްދަވާފައި އެ ވަނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު އެހެން ވިދާޅުވީ، މި ސަރުކާރުން އެތައް ބައިވަރު އިންވެސްޓްމެންޓް ފޯރަމެއް ބާއްވައިފައިވާއިރު، އެ ފޯރަމްތައް ބޭއްވުމަށް ކުރި އެއްވެސް ހަރަދެއް ދައުލަތުން ހާމަނުކުރާކަމަށް ބުނެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމަނައިފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަމުން، އިންވެސްޓްމެންޓް ފޯރަމްތަކަށް ހަރަދުކުރެއްވިވަރުގެ ތަފުސީލެއް ސައީދު ނުދެއްވަ އެވެ. އޭގެ ބަދަލުގައި ސައީދު ވިދާޅުވީ އޭނާއަކީ މީޑިއާތަކާ ވަރަށް ގާތް ބޭފުޅެއް ކަމަށާއި، އެ މިނިސްޓްރީގައި ސިއްރުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އިންވެސްޓްމެންޓު ފޯރަމްތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ސައީދު ވިދާޅުވީ، ވަކި މިވެނި އެވެނި ފޯރަމްއަކާ ގުޅިގެން ރާއްޖެއަށް އައި އިންވެސްޓްމެންޓުތައް ދަންނަވަން ނޭނގޭ ކަމަށާއި، އެއީ އެގޮތަށް ހިނގާ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox