މިއަދު މަޖިލީހަށް ވަޑައިގެން އާންމު ރައްޔިތުންނަށް ސައީދު ކުރެއްވީ މަލާމާތް: މީކާއިލް

މީކައިލް އަހްމަދު ނަސީމް

މީކައިލް އަހްމަދު ނަސީމް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އޭނާ މަޖިލީހަށް ވަޑައިގެން އާންމު ރައްޔިތުންނަށް ކުރެއްވީ މަލާމަތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަހަމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހަށް ފަހު އިދިކޮޅު އެމްޑީޕީން ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ, މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރަކީ ހަމައެކަނި މިނިސްޓަރާ ގުޅޭ މައްސަލަ އެއް ނޫން ކަމަށާއި, މިކަހަލަ ހައްސާސް މައްސަލަތަކުގައި މަޖިލީހަށް ލެވޭ ގަރާރުތަކަކީ ސީދާ އާންމު ރައްޔިތުންނާ ގުޅުންހުރި ކަންކަން ކަމަށެވެ.

"އާންމު ރައްޔިތުންނަށް ދިމާވެފައިވާ ހާލަތައް ރިއާޔަތްކޮށް, އެމްޑީޕީން ހުށަހެޅި ނޯ ކޮންފިޑެންސް އަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މި ފެނުނީ ރައްޔިތުންނަށް މަލާމަތް ކުރެއްވި ތަން. ބޭންކް އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކު އެއްފަހަރު ދޫކުރާ ޑޮލަރު ގެ އަދަދު ވިދާޅުވުމުގެ ގޮތުން, އެހެންނަމަވެސް ވިދާޅެއް ނުވެވޭ އަޅުގަނޑުމެންގެ އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރުގެ ޓީޓީ އެއް ހެދީމައި ރިއަލައިޒް އެއް ނުވޭ ދެ ހަފްތާވާއިރު،" މީކާއީލް ވިދާޅުވި އެވެ. 

މި މައްސަލައިގެ ސަބަބުން ގައުމުގެ އިގުތިސާދުގެ ހާލަތު ދަށަށް ގޮސްފައިވާ މިންވަރު އެންގެން އެބަ އޮތް ކަމަށާއި, މިއަދު އިކޮނޮމިކް މިނިސްޓަރާއި, ޕީއެންސީގެ މެންބަރުން ރައްޔިތުންނަށް ކުރެއްވީ މަލާމަތް ކަމަށް މީކައިލް ވިދަޅުވެފައިވެ އެވެ.

މީކައިލް އިތުރަށް ވިދާޅުވީ, ސުޕްރީމް ކޯޓާ ގުޅުވައިގެން ހުށަހެޅުނު ގަރާރު ބޭރުކޮށްލީ ބޭރުގެ މަހުޖަނެއްގެ ނުފޫޒުން ކަމަށާއި ރަސްމާލެއާ ގުޅުންހުރި އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި އޮއްވައި، އެ ކޯޓާ ގުޅޭ ގަރާރުތައް ބޭރުކޮށް، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑެއް ނުކުރެވޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓަށް އެބަ އޮތް މިއަދު ރަސްމާލެ އާ ގުޅުން އޮތް އިންޖަކްޝަން އަކަށް އެދިފައި. އެ މައްސަލަ ހިންގަ ހިންގަ އޮއްވައި ހަގީގަތުގައި ސުޕްރީމް ކޯޓާއި ގުޅޭ ގަރާރު ބޭރެއް ނުކުރެވޭނެ. އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑެއް ނުކުރެވޭނެ. މިއީ ހަމަ ސީދާ ރިޝްވަތު. ސީދާ ނުފޫޒު،" މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މި ނުރައްކާތެރި ނިންމުންތަކާ ދެކޮޅަށް ދިވެހި ރައްޔިތުން ނޮވެމްބަރު 6، ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ނުކުމެ އިހުތިޖާޖު ކުރަންޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި އިހުތިޖާޖަކުން ނޫނީ ރައީސް މުއިއްޒު ބައްޔެއް ނުކުރެވޭނެ ކަމަށާއި، މިފަދަ ގޮތަކަށް މަޖިލީހުގައި އަމަލުކުރައްވާފައި  އަންނަ ފެބުރުއަރީ މަހު ރިޔާސީ ބަޔާން އިއްވޭނެ ކަމަށް ރައީސް ހީފުޅުކުރައްވައިގެން ނުވާނެ ކަމަށް މީކައިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox