މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ އަޅުވެތިވެފައި ތިބި "ބޮޓުންނާ" ހެދިކަމަށް ވިދާޅުވުމުން ރިޔާސަތުން ހުއްޓުވައިފި

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އިނާޔަތްތަކާއި ހިމާޔަތާއި ރައްކާތެރިކަމުގެ ވާހަކަ ރައްޔިތުން ދައްކަނީ ސަރުކާރަށް އަޅުވެތިވެފައި ތިބޭ "ބޮޓުންނާ" ހެދިކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވުމުން ރިޔާސަތު އެކަމަށް ހުރަސް އަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ މަޖިލިސް މެންބަރުންގެ ކަރާމާތް ނަގައިލަނީ އެ މެންބަރުން އަމިއްލައަށް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުން ހަނިކުރުމަށް މަޖިލިސް ގަވާއިދަށް މިހާރު ހުށަހަޅާފައިވާ އިސްލާހެވެ.

"މިފަދަ އިސްލާހުތައް މި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭހާ ހިނދަކު ދިވެހި ރައްޔިތުން، މި ތަނުގައި ލިބޭ އިނާޔަތްތަކާއި ހިމާޔަތާއި ރައްކާތެރިކަމާއި އިމްތިޔާޒުގެ ވާހަކަދެއްކުމެއް ހުއްޓާނެ، އިއްޒަތްތެރި ރައީސް ޒަމާނުއްސުރެ ރައްޔިތުންގެ މަޖިލީހުން ގަރާރުތަކަށް އަމަލުކުރަނީ ބިލުގެ އުސޫލުން،" މީކާއިލް ވިދާޅުވި އެވެ.

Advertisement

"އެހެންނަމަވެސް، 20 ވަނަ ރައްޔިތުންގެ މަޖިލިސް، މި ދަންނަވާ ކުލީ މެންބަރުންގެ މަޖިލިސް، ބޮޓުންގެ މަޖިލިސް، އިއްޒަތްތެރި ރައީސް ދިވެހި ރައްޔިތުން ހަވާލުކުރި."

މީކާއިލް އެހެން ވިދާޅުވުމާއެކު ރިޔާސަތުން ވަނީ އޭނާގެ ވާހަކަ ހުއްޓުވައި އެގޮތަށް މަޖިލީހުގައި ނުދެއްކޭނެ ކަމަށް އަންގަވައިފަ އެވެ.

"އިއްޒަތްތެރި މެންބަރު، މިހާރު ހަމަ އަޅުގަނޑު ރިޔާސަތުން ވެސް ހުއްޓުވަންޖެހޭ ހިސާބަށް ތިޔަ ވަޑައިގަންނަވަނީ، ތަންކޮޅެއް ދުރަށް. އެހައި ދުަރަށް ވަޑައިނުގެން މިއީ ބައުންޑަރީ ތެރޭގައި މަސައްކަތް ކުރެއްވިއްޔާ ވާހަކަފުޅު ބައްޓަންކުރެއްވިއްޔާ ރަނގަޅުވާނެ، އެއީ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މުހާތަބުކޮށް ބޮޓުންނެކޭ ވިދާޅުވުމުގެ ފުރުސަތެއް ނޯންނާނެ،" މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

"އަދި، [މަޖިލިސް މެންބަރުންނަކީ] ކުލީ މެންބަރުންނެކޭ ވެސް ވިދާޅެއް ނުވެވޭނެ، އެހިސާބަށް ދަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ހަމަ އިއްޒަތްތެރި މެންބަރުގެ ވާހަކަތައް ހުއްޓުވަން."

އެ އެންގުން އެންގެވުމަށްފަހު، އަލުން ފުރުސަތު އެރުވުމުން މީކާއިލް ވިދާޅުވީ މަޖިލީހުގެ މެންބަރުން އޭނާ ސިފަކުރައްވާ ގޮތް ހުއްޓުވުމަކީ މަޖިލީހުގެ ރިޔާސަތަށް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ.

"އަޅުގަނޑު މި ތަނުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިފަކުރަން ބޭނުންވާ ގޮތް ހުއްޓުވުމަކީ މަނިކުފާނަށް އޮތް އިހުތިޔާރެއް ނޫން، މަނިކުފާނަށް އޮތް އިހުތިޔާރެއް ނޫން އެއީކީއެއް، މިއީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ..." މީކާއިލްގެ މައިކު ކަނޑައިލުމުގެ ކުރިން ވިދާޅުވަމުން ގެންދެވި އެވެ.

އޭގެ ފަހުން އަނެއްކާ ވެސް ލިބުނު ފުރުސަތުގައި މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބޭނުންހައި އިސްލާހެއް ގެންނައިރު މަޑުން ނުތިއްބަވާނެ ކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހަކީ ވެރިކަން ކުރާ ޕީއެންސީގެ ސެނެޓު ނޫން ކަމަށާއި މަޖިލީހުގެ ގަވާއިދަކީ ޕީއެންސީގެ އަސާސީ ގަވާއިދު ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox