ހަރުދަނާ ރެގިއުލޭޓަރީ އޮނިގަނޑެއް ނެތި ހޯމްސްކޫލިން ފެށުމަކީ ހަރުކަށި ފިކުރަށް ހުޅުވޭ ދޮރެއް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަރުދަނާ ރެގިއުލޭޓަރީ އޮނިގަނޑެއް ނެތި ހޯމް-ސްކޫލިން ދޭން ފަށައިފި ނަމަ، ހަރުކަށި ފިކުރަށް ޖާގަ ތަނަވަސްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ތައުލީމީ ގާނޫނަށް ސަރުކާރުގެ ފަރާތުން ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން މީހާރު ވެސް އެ މީހުންގެ ދަރިން ސްކޫލްތަކަށް ނުފޮނުވައި އުޅޭކަން އެއީ ރަސްމީ އިދާރާތަކަށް އެނގޭ މައުލޫމާތެއް ކަމަށެވެ. އަދި، ރުދަނާ ރެގިއުލޭޓަރީ އޮނިގަނޑެއް ނެތި، ހާއްސަ ހާލަތްތަކަށް ރިއާޔަތްކޮށް ހޯމް-ސްކޫލިން ދޭން ފަށައިފި ނަމަ، އެފަދަ ފަރާތްތަކަށް އިތުރަށް ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބިލުން ކަނޑައަޅައިފައިވާ ރެގިއުލޭޓަރީ މެކޭނިޒަމް، މިކަން ބަލަހައްޓާނެ ގޮތުގެ އޮނިގަނޑު ވަރަށް ބަލިކަށި. ވަރަށް ބަލިކަށި. މި އޮންނަނީ ރަށެއްގައި ނަމަ، ރަށު ކައުންސިލަށް އަދި، ލޯކަލް ލެވެލްގައި ކައުންސިލްތަކަށް މި ޒިންމާ މަތިކޮށްފައި،" މީކާއިލް ވިދާޅުވި އެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެންނަށް ހަމަ އެއާއެކުއެކީ މި ފެންނަނީ މި ތަނަށް ހުށަހަޅާ ކޮންމެ ބިލަކުން، ފާސްކުރާ ކޮންމެ ގާނޫނަކުން ކައުންސިލްތަކަކީ ހަމައެކަނި ވިހާމަރުވާ ބަލަހައްޓާ ތަނެއްގެ ގޮތުގައި އެ ތަނުގެ ބާރު ކަނޑުވާލައި އެ ތަނަށް ލިބޭ ރިސޯސް މަދުކޮށް އަދި، ލިބޭ ބްލޮކް ގްރާންޓު ވެސް ކަނޑަމުން ކަނޑަމުން ދާތަން."

މީކާއިލް ވިދާޅުވީ އެކަން އެހެން އޮތުމުން، ބިލުގައި ކަނޑައަޅާފައިވާ ރެގިއުލޭޓަރީ އޮނިގަނޑު އެންމެ ފުރިހަމަ ގޮތުގައި ހިނގާނެކަމާމެދު ޝައްކު އުފެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ތައުލީމީ ވަޒީރާ މަޝްވަރާ ކުރުމެއްނެތި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، ތައުލީމާ ގުޅޭ އެފަދަ މުހިންމު ބިލެއް މަޖިލީހަށް ހުށަހަޅަންޖެހޭނީ ކަމާބެހޭ ވުޒާރާ އާއި ފަންނީ ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއިލް ވަނީ އެ ބިލު އަނބުރާ ގެންގޮސް، ތައުލީމީ ދާއިރާގެ ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު، އަލުން ޑްރާފްޓުކޮށްގެން މަޖިލީހަށް ހުށަހެޅުމަށް ގޮވާލައިފަ އެވެ.

ހުރާ ދާއިރާގެ މެންބަރު، އަނާރާ ނައީމް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ކުއްޖާގެ ޖިސްމާނީ ނުވަތަ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ އެނޫންވެސް ހާއްސަ ހާލަތަކަށް ރިޔާޔަތްކޮށް، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމުން ކުއްޖާއަށް އިސްތިސްނާއެއް ދީ، ހޯމް-ސްކޫލިން ޕްރޮގްރާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ.

އަދި، ކުއްޖެއްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުވަތަ ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިން ނޫން ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ފޯރުކޮށްދެވޭ އަސާސީ ޝަރުތުތައް:

  • ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ހާއްސަ ހާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.
  • ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް ސްކޫލިން ޕްރޮގްރާމުގެ ދަށުން ކުއްޖާއަށް ތައުލީމު ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.
  • މަދުރަސީ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓްރީވެފައިވުން.

ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި، ކުއްޖާއަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުއްޖެއް ނޫން ކަމުގައި ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތައް ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. 

އިސްލާހުގައި އިތުރަށް ބުނީ މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކު، އެ ކުއްޖާގެ އުމުރުން 16 އަހަރު ފުރުމުގެ ކުރިން ރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމު ގަބޫލުކުރާ ސާނަވީ ތައުލީމުގެ މަރުހަލާ ފުރިހަމަކޮށްފައިވާނަމަ، އެ ކުއްޖަކު ސްކޫލަށް ދިޔުން ލާޒިމެއް ނުވާނެ ކަމަށެވެ.

މީގެއިތުރުން ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް، އަދި އެކަށޭނެ މިންވަަރަކަށް އެ ކުއްޖާއަށް އުނގަންނައިދޭން ބެލެނިވެރިން އެކަށީގެންވާ މަސައްކަތް ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox