އޮސްޓްރޭލިއާގެ ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

Nov 4, 2026, 11:03 AM
އޮސްޓްރޭލިއާގެ ކްރިކެޓް ލެޖެންޑް، މެކްސްވެލް

އޮސްޓްރޭލިއާގެ ކްރިކެޓް ލެޖެންޑް، މެކްސްވެލް

މެލްބާން، އޮސްޓްރޭލިއާ (ނޮވެމްބަރު 4) - މަޝްހޫރު އޯލް ރައުންޑަރު، ގްލެން މެކްސްވެލް، 38، އޮސްޓްރޭލިއާ ގައުމީ ޓީމަށް އެއްކޮށް ކުޅުން ހުއްޓާލައިފި އެވެ. 

މިދިޔަ އަހަރުގެ ޖޫން މަހުގައި، މެކްސްވެލް ވަނީ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގައި ކުޅޭ އޮސްޓްރޭލިއާ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އޭގެ ފަހުން، އޭނާ ވަނީ އޮސްްޓްރޭލިއާގެ ޓީ20 ކްރިކެޓް ޓީމަށް މި އަހަރު ކުޅެފަ އެވެ. އެ މުބާރާތުގައި އޮމާނާ ދެކޮޅަށް އޮސްޓްރޭލިއާ އިން ކުޅުނު މެޗަކީ މެކްސްވެލް، އޮސްޓްރޭލިއާ ޖޯޒީގައި ފެނުނު ފަހު މެޗެެވެ. 

"ވަރަށް ބަައިވަރު މަޝްވަރާތަކެއް ހަގީގަތުގައި ދިޔަ (ރިޓަޔަމަންޓާ ގުޅޭގޮތުން) ވޯލްޑް ކަޕްގެ ކުރިން ވެސް އަދި ފަހުން ވެސް. ވަރަށް ހަމަޖެހިލައިގެން ނިންމާ ނިންމުމެއް މިއީ، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އެ ކަހަލަ އެއްވެސް ކަމެއް އޮވެގެނެއް ނޫން. މުސްތަގުބަލަށް ވިސްނަން ޖެހޭ،" މެކްސްވެލް ބުންޏެވެ. 

އޮސްޓްރޭލިއާ ޓީމާ އެކު، އޯޑީއައިގެ ދެ ވޯލްޑް ކަޕެއްގެ ޗެމްޕިއަންކަން (2015 އާއި 2023 ވަނަ އަހަރު) ހޯދި މެކްސްވެލް ވަނީ 2021 ވަނަ އަހަރު އޮސްޓްރޭލިއާ އިން ޓީ20 ވޯލްޑް ކަޕް ހޯދިއިރު ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެކްސްވެލް ބުނީ، ޓީ20 ގެ އިތުރު އެއް މުބާރާތް އޮސްޓްރޭލިއާ އަށް ކާމިޔާބުކޮށްދޭން ވަރަށް ބޭނުންވި ކަމަށާއި ކުރިއަށް އޮތް 2028 ގެ އޮލިމްޕިކްސްގައި ކުޅޭ އޮސްޓްރޭލިއާ ޓީމަށް އެކަން ކުރެވިދާނެ ކަމަށެވެ. 

އޮސްޓްރޭލިއާގެ ޓެސްޓް ކްރިކެޓް ޓީމަށް ހަތް މެޗު ކުޅެދީފައިވާ މެކްސްވެލް ބޮޑަށް ފެނުނީ ޓީ20 އާއި އޯޑީއައި ފޯމެޓުގަ އެވެ. އެ ގޮތުން، 149 އޯޑީއައި މެޗު އޮސްްޓްރޭލިއާ އަށް ކުޅެދިން މެކްސްވެލް ވަނީ 130 ޓީ20 މެޗު އެ ޓީމަށް ކުޅެދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox