ސަރުކާރުން އަންގައިގެން ކޮމިޓީ އަކުން ލަންކާގެ ކްރިކެޓް އެސޯސިއޭޝަނަށް ބަދަލުތަކެއް ގެންނަނީ

May 1, 2026, 10:05 AM
ސްރީ ލަންކާގެ ކުރީގެ ކްރިކެޓް ތަރި، ކުމާރު ސަންގަކާރާ: އޭނާ އަކީ ސަރުކާރުން އެކުލަވާލި ނުވަ މެމްބަރުންގެ ކޮމިޓީގެ ތެރޭގައި ހިމެނޭ މެމްބަރެއް.

ސްރީ ލަންކާގެ ކުރީގެ ކްރިކެޓް ތަރި، ކުމާރު ސަންގަކާރާ: އޭނާ އަކީ ސަރުކާރުން އެކުލަވާލި ނުވަ މެމްބަރުންގެ ކޮމިޓީގެ ތެރޭގައި ހިމެނޭ މެމްބަރެއް.

ކޮލަމްބޯ (މެއި 1) - ސްރީ ލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެއާ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ސްރީ ލަންކާގެ ކްރިކެޓް ޖަމިއްޔާ، ސްރީ ލަންކާ ކްރިކެޓްގެ ރައީސް ޝައްމި ސިލްވާ އާއި އޭނާގެ ލީޑަޝިޕުން މަގާމުން އިސްތިއުފާދީފައިވާއިރު، ބޭނުންވާ ބަދަލުތައް ގެންނަން، ލަންކާ ސަރުކާރުން ނުވަ މެމްބަރުންގެ ކޮމިޓީއަކާ މަސައްކަތް ހަވާލުކޮށްފި އެވެ. 

ލަންކާ ކްރިކެޓްގެ ރައީސްކަން، 2019 އިން ފެށިގެން ކުރަމުން އަންނަ ޝަންމިގެ ލީޑަޝިޕްގެ ދަށުން އެ ގައުމުގެ ކްރިކެޓް ކުރިއަށްނުދާތީ އާއި ލިބޭ ފަންޑް އެކަށީގެންވާ ގޮތަށް ހޭދަކޮށް ކުރިއެރުން ނުފެންނާތީވެ، ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި، މި އަހަރު ކުރީކޮޅުގައި، ލަންކާ އާއި އިންޑިއާގައި ހޯސްޓްކުރި، ޓީ20 ވޯލްޑް ކަޕަށް ފަހު، ހާލަތު އިތުރަށް ގޯސްވަމުން އަންނާތީވެ، ސަރުކާރުން މި ކަމަށް ބަދަލެއް ގެނައުމަށް އިސްނެގީ އެވެ.  

ނުވަ މެމްބަރުންގެ ކޮމިޓީގެ ޗެއާމަނަކީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އެރަން ވިކްރަމަރަތުނޭ އެވެ. އެ ކޮމިޓީގައި ދެން ހިމެނޭ ފަރާތްތަކަށް ބަލާއިރު ކުރިން ލަންކާ ގައުމީ ޓީމަށް ކުޅެފައިވާ ރޯޝަން މަހަނަމާ އާއި ކުމާރު ސަންގަކާެރާގެ އިތުރުން، ކްރިކެޓްގައި ހަރަކާތްތެރިވާ ސިދާތު ވެއްޓިމުނީ އަދި ޕްރަކާޝް ޝަފުތަރު ހިމެނެ އެވެ. އޭގެ އިތުރުން، ވިޔަފާރި ދާއިރާގެ އަވަންތީ ކޮލޮމްބަގޭ އާއި ތުޝިރާ ރަޑެއްލާގެ އިތުރުން، ގާނޫނީ ދާއިރާގެ ދެ މެމްބަރެއް ކަމަށްވާ އުޕުލް ކުމަރަޕެރުމާ އަދި ިދިނަލް ފިލިޕްސް ހިމެނެ އެވެ. 

މި ކޮމިޓީގެ ބޭނުމަކީ، ސްރީ ލަންކާ ކްރިކެޓްގެ އަސާސީ ގަވާއިދުގެ ކަންކަން ރަނގަޅުކުރުމާއި ގުޑް ގަވަރްނަންސް ތެރެއިން ހިންގޭނެ އޮނިގަނޑެއް އެކުލަވާލުމުގެ އިތުރުން، ސްރީ ލަންކާގެ ކްރިކެޓްގައި ދުނިޔޭގެ ފެންވަރު ވަސީލަތްތަކެއް ގާއިމްކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލުމެވެ. 

ލަންކާގެ ސަރުކާރުގެ ބައިވެރިވުމާ އެކު، އެ ގައުމުގެ ކްރިކެޓް ޖަމިއްޔާ އަށް މި ގެންނަ ބަދަލާ މެދު، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އަދި ވަކި ގޮތެއް ހާމަނުކުރެ އެވެ. މީގެ ކުރިން، 2023 ވަނަ އަހަރު އައިސީސީން ވަނީ ލަންކާ ސަސްޕެންޑްކޮށްފަ އެވެ. އެއީ، އޭރުގެ ސްރީ ލަންކާ ސަރުކާރުން ކްރިކެޓް ޖަމިއްޔާ އަށް ނުފޫޒު ފޯރިވި މައްސަލައިގަ އެވެ. އަދި، 2015 ވަނަ އަހަރު، ސްރީ ލަންކާ ސަރުކާރުން ވަނީ ކްރިކެޓް ޖަމިއްޔާ ހިންގުން އިންޓަރިމް ކޮމިޓީއެއްގެ ދަށަށް ގެނެސްފަ އެވެ. އެހެންވެ، އައިސީސީން އެ ފަހަރު ސްރީ ލަންކާ ކްރިކެޓްގެ ފަންޑިން ހުއްޓާލި އެވެ. 

އެކަމަކު، މި ފަހަރު ސްރީ ލަންކާ ކްރިކެޓްގެ އެންމެ ފަހުގެ ހިންގާ ކޮމިޓީ އިސްތިއުފާ ދިނުމަށް ފަހު، ބަދަލުތަކެއް ގެންނަން ސަރުކާރަށް އެއްބާރުލުން ދިނުމުން، މި ކަމުގައި އައިސީސީން ފިޔަވަޅެއް އެޅުުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox