ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި މީހަކު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށްލީ ހއ. ހޯރަފުށި، ހުދުހުދާގެ، މުހައްމަދު ނާއިޝް އާދަމް އެވެ. މި މައްސަލައިގައި ހިމެނޭ ތުއްތު ކުއްޖާއާއެކު އޭނާ އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގާފައިވާކަން ވަނީ ސާބިތުވެފަ އެވެ.
މުހައްމަދު ނާއިޝް މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ތަންފީޒުކުރަން ޖެހެނީ 18 އަހަރާއި ހަތް މަހާއި 28 ދުވަހެވެ.
މި އަހަރު މިހާތަނަށް ޖިންސީގޯނާގެ 232 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެތެރެއިން 27 މައްސަލައަކީ މިދިޔަ މަހު ހުށަހެޅި މައްސަލަތަކެވެ.








