ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

Oct 27, 2026, 7:30 AM
ފޮޓޯ: ޕީއޭ

ފޮޓޯ: ޕީއޭ

މަޝްހޫރު ފަންނާނު ރަސަލް ބްރޭންޑްގެ ކުރީގެ ޕާސަނަލް އެސިސްޓެންޓަކު ކޯޓުގައި ހެކިބަސް ދެމުން، އޭނާ އެ ވަޒީފާއާ އަލަށް ގުޅުނު ދުވަސްވަރު އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އޭނާއަށް އަންގާފައިވާ ކަމަށް ބުނެފި އެވެ.

ޖޫން 2006 އިން ފެބްރުއަރީ 2007 އަށް ބްރޭންޑްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ހެލެން ބާގާ ބުނި ގޮތުގައި، އެގޮތަށް ނަންބަރު ހޯދަން އެންގުމުން އޭނާއަށް "އުނދަގޫ އިހުސާސްތަކެއް" ކުރެވުނެވެ. އަދި އެކަމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ފަހު، އެފަދަ ކަންކަން ނުކުރާނެ ކަމަށް ބްރޭންޑް ގާތު ބުނި ކަމަށް ވެސް އޭނާ ކޯޓުގައި ކިޔައިދިނެވެ.

އުމުރުން 51 އަހަރުގެ ރަސަލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމުގެ ތިން ދައުވާއަކާއި، ޖިންސީ ގޯނާ ކުރުމުގެ ތިން ދައުވާއެއްގެ އިތުރުން ބަދުއަޚުލާގީ އަމަލެއް ހިންގުމުގެ ދައުވާއެއް ވަނީ އުފުލާފަ އެވެ.

ހަ އަންހެނަކު ކުރި މި ތުހުމަތުތަކަކީ 1999 އާއި 2009 އާ ދެމެދުގެ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކެއް ހިމެނޭ މައްސަލަތަކެކެވެ. ނަމަވެސް ބްރޭންޑް ވަނީ މި ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފަ އެވެ.

ހޯމަ ދުވަހު ސައުތުވޯކް ކްރައުން ކޯޓަށް ހުށަހެޅި ލިޔުމެއްގައި ބާގާ ބުނެފައިވަނީ، ބްރޭންޑަކީ ޖިންސީ ކަންކަމަށް "ދަހިވެތިވެފައިވާ" މީހެއް ކަމަށެވެ.

ބާގާ ބުނި ގޮތުގައި އޭނާ ވަޒީފާއިން ވަކިވީ ބްރޭންޑްގެ އަމަލުތައް ހުންނަ ގޮތުން "ފޫހިވެގެންނެވެ." އަދި އޭނާ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު ބްރޭންޑް ގިނަ އަދަދެއްގެ އަންހެނުންނާއެކު ގުޅުން ހިންގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބާގާ އިތުރަށް ބުނި ގޮތުގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ހިނގަނިކޮށް އޭނާއަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެންމެންވެސް ބްރޭންޑްގެ އެފަދަ އަމަލުތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައި، އެކަންކަމަށް އަޅާނުލާ ދޫކޮށްލާތީ، އެއީ ބަލައިގަނެވޭނެ ކަންތައްތަކެއް ކަމަށް އޭނާއަށް ގަބޫލުކުރެވުނީ ކަމަށް ބުންޏެވެ.

"ފޮނިކަނޑާ" މިޒާޖެއް ހުންނަ ބްރޭންޑް، އޭނާގެ "ޖިންސީ ދަހިވެތިކަން" ފުއްދުމަށްޓަކައި އިންޓަނެޓް މެދުވެރިކޮށް ދިމާވާ އަންހެނުން ހޯދާ ކަމަށާއި، ރެޔާއި ދުވާލު އެކި މީހުންނާއެކު އޭނާ ގުޅުން ހިންގާ ކަމަށް ބާގާ ކޯޓުގައި ބުންޏެވެ. ނަމަވެސް އެފަދަ ގުޅުންތަކަށް ފަހު ގިނަ ފަހަރަށް ބްރޭންޑް މާޔޫސްވާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ރަސަލް ބްރޭންޑްގެ ދިފާއީ ވަކީލުން ބުނާ ގޮތުގައި، އޭނާ ހިންގާފައިވާ ހުރިހާ ޖިންސީ ގުޅުންތަކަކީ ވެސް ދެފަރާތުގެ ރުހުމާއެކު ހިންގާފައިވާ ގުޅުންތަކެކެވެ. އަދި 2023 ވަނަ އަހަރު ބްރޭންޑާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުތައްކޮށް ދެއްކި ޑޮކިއުމެންޓްރީއަކާ ގުޅިގެން، ބައެއް ވާހަކަތައް އޮޅުވާލާފައިވާ ކަމަށް ވެސް ދިފާއީ ވަކީލުން ބުނެ އެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާ ހެކިބަސް ނެގުން އަންގާރަ ދުވަހުގެ ހެނދުނު ނިންމާލުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox