ހޯމް ސްކޫލިންގެ ނަމުގައި ޒުވާން ޖީލު ހަލާކުކުރަން ފުރުސަތު ދީގެން ނުވާނެ: ނަޝީދު

Oct 28, 2026, 5:30 PM
ކުރީގެ ރައީސް އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: މި ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ތަޅުމުގައި ވެސް ވާހަކަދެއްކި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: މި ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ތަޅުމުގައި ވެސް ވާހަކަދެއްކި -- ފޮޓޯ: އަދަދު

ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ތައުލީމީ ގާނޫނަށް ހޯމް ސްކޫލިން ހިމަނަން ސަރުކާރުން އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައި އެވެ. 

މި މައްސަލައިގައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިހާރު ވެސް ހަތަރު ހާހަށް ވުރެ ގިނަ ކުދިން ގަވާއިދުން ސްކޫލަށް ނުދާ ކަމަށެވެ. އެހެންކަމުން ހޯމް ސްކޫލިންގެ ނަމުގައި ކުދިންގެ މުސްތަގުބަލު ހަލާކުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނަނީ ޖިސްމާނީ ނުވަތަ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ އެނޫން ވެސް ހާއްސަ ހާލަތަކަށް ބަލައި ސްކޫލަށް ހާޒިރުވުމުން އިސްތިސްނާ ދެވިދާނެ ކަމަށެވެ. އަދި ހޯމް ސްކޫލިން ޕްރޮގްރާމުގެ އުސޫލުތަކާ އެއްގޮތަށް ގޭގައި ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު އެފަދަ ކުދިންނަށް ލިބޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ތައުލީމީ ގާނޫނު މިހާރު އޮންނަ ގޮތުން އަސާސީ ތައުލީމު ފުރިހަމަކުރުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެކެވެ. އަދި ކުދިން ސްކޫލަށް ފޮނުވުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމު ކަމެކެވެ.

ނަމަވެސް ބައެއް އާންމުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ މި ބަދަލުގެ ސަބަބުން ކުދިން ސްކޫލަށް ނުފޮނުވައި ގޭގައި ބޭތިއްބުމަށް ހިތްވަރު ލިބިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ހަރުކަށި ފިކުރުގެ މީހުން ކުދިން ސްކޫލަށް ނުފޮނުވައި ގޭގައި ބައިތިއްބަން މި ބިލުގެ ބޭނުން ހިފާފާނެ ކަމުގެ ބިރު އޮތް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އިދިކޮޅުގެ މި ކަންބޮޑުވުންތައް ހުރި ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ މި އިސްލާހު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ބަލިވެއިންނަ ކުދިން އަދި އެކްސިޑެންޓުތަކާ ގުޅިގެން ހާއްސަ ހާލަތްތައް ދިމާވާ ކުދިންނަށް ވެސް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ މުހިންމު ބަދަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox