ރަސްމާލެ މަޝްރޫއުއާ ގުޅިގެން ޕާޓީން އަމަލުކުރާނޭ ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް އާދީއްތަ ދުވަހު ބާއްވަނީ

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން: އެ ޕާޓީގެ ގައުމީ މަޖިލިސް ބަައްދަލުވުމެއް ހުކުރު ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައި -- ފޮޓޯ؛ ޝާބިން

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން: އެ ޕާޓީގެ ގައުމީ މަޖިލިސް ބަައްދަލުވުމެއް ހުކުރު ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައި -- ފޮޓޯ؛ ޝާބިން

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ މި ސަރުކާރުން ހިއްކަން ފެށި ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލަން އުޅޭތީ، އެކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބާއްވަން ތާވަލުކޮށްފި އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ 1 ނޮވެމްބަރު ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ބާއްވަނީ ރަސްމާލެ ޑީލާ ގުޅިގެން އެ ޕާޓީން އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމުމަށެވެ. 

މި ބައްދަލުވުން ބާއްވަން އެމްޑީޕީން ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ 60 އަށްވުރެ ގިނަ މެންބަރުން އެދިގެންނެވެ. އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުން ވަނީ މިދިޔަ ހުކުރު ދުވަހު ނުރަސްމީކޮށް ވެސް ބައްދަލުކޮށްފަ އެވެ. 

Advertisement

ރަސްމާލެ ޑީލާ ގުޅިގެން އެމްޑީޕީން ވަނީ ނޫސް ބަޔާނެއް ނެރެ، އެ ޑީލުގައި ހިމެނޭ ކަަންކަން ހާމަކުރުމަށް ގޮވާލައިފަ އެވެ. އެ ޕާޓީން ބުނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމޭނީ ރައްޔިތުންނަށް ކަމަށެވެ. 

ނަމަވެސް އީގަލް ހިލްސްއާ ދެކޮޅަށް ވާހަކަދައްކާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ނުސީދާ އިންޒާރެއް މިދިޔަ ހަފްތާގައި ވަނީ ދެއްވާފަ އެވެ. 

ނަޝީދު ވިދާޅުވީ މީގެ ކުރިން 2023 ވަނަ އަހަރު ހެންވޭރު މެދު ދާއިރާގެ އޭރުގެ މެންބަރު، އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަދައްކަވައިގެން ކަމަށެވެ. ނަމަވެސް ރަސްމާލެ ކަންތަކުގައި މިހާތަނަށް އެމްޑީޕީން އަމަލުކުރާނެ ގޮތެއް ރަސްމީކޮށް ނިންމާފައެއް ނުވެ އެވެ. 

ރަސްމާލެ ޑީލަށް ތާއީދުކުރައްވާ ނަޝީދު ވަނީ އެކި ޕްލެޓްފޯމުގައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ހިޔާލާ ޕާޓީގެ ގިނަ މެންބަރުން ދެކޮޅެވެ. ގައުމީ މަޖިލިސް ބައްދަލުވުމެއް މިކަމާ ގުޅިގެން ބާއްވަނީވެސް އެ ސަބަބާ ހުރެ ކަމަށް މައުލޫމާތު ލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox