އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް ރައީސް މުއިއްޒު ރާއްޖެ ވައްދައިފި: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: މުއިއްޒުގެ ޕާކިސްތާނު ދަތުރާމެދު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: މުއިއްޒުގެ ޕާކިސްތާނު ދަތުރާމެދު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

އަވައްޓެރި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއަށް ރައީސް މުހައްމަދު މުއިއްޒު ދިވެހިރާއްޖެ ވައްދައިފި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އައްޑޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގައި މުއިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ "ބައްލަވައިލެއްވުމެއް ނެތި" ކަމަށެވެ. 

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

ރާއްޖެ އާއި ޕާކިސްތާނުގެ ސަބަބުން އިންޑިއާއަށް ނުރައްކާވެދާނެ ކަމަށް އެ ގައުމަށް ހީވާ ނަމަ އެކަމުގެ ގެއްލުން ރާއްޖެއަށް ބޮޑުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

"މިއީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެއް. އިންޑިއާއަށް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭކަމަށް ފެންނަ ކަމަށް ވަނީ ވިއްޔާ އެއީ ދިވެހިރާއްޖެއަށް އޭގެން ވަރަށް ހިތި އަސަރެއް ކުރާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ. 

މުއިއްޒުގެ ޕާކިސްތާނު ދަތުރާމެދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ހުކުރު ދުވަހު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް، ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން އިންޑިއާއިން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. 

"ދެ ގައުމެއްގެ މެދުގައި އެގްރިމެންޓުތަކެއްގައި ސޮއި ކުރި ވާހަކަ ބުނެފި. އެ ކަންކަން އަހަރުމެން މި ދަނީ ވަރަށް ގާތު ބަލަމުން އަދި އެކަމާ ގުޅިގެން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަންޖެހެންޏާ އަޅާނެ،" ހިންދީ ބަހުން ވާހަކަ ދައްކަވަމުން ޖައިސްވާލް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރެއް ކުރެއްވީ އޮކްޓޯބަރު 20 އިން 23 އަށެވެ. އެ ދަތުރުގައި ރާއްޖެއިން ވަނީ ޕާކިސްތާނާއެކު 20 އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އަދި ޕާކިސްތާނުން ވަނީ ކަޝްމީރާ ގުޅޭ ގޮތުން އެ ގައުމުން ގެންގުޅޭ ސްޓޭންޑު ރައީސް މުއިއްޒަށް ސާފުކޮށްދެއްވައިފަ އެވެ.

ޕާކިސްތާނަށް ކުރެއްވި ދަތުރުގައި މުއިއްޒު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ބައްދަލުކުރައްވާފަ އެވެ. އަދި ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސް ފީލްޑް މާޝަލް ސައްޔިދު އަހުމަދު މުނީރުއާ ވެސް ރައީސް ބައްދަލު ކުރެއްވި އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނާއި ކްރެޑިޓް ފެސިލިޓީސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ އިންޓްރެސްޓަށްވާ 42.8 މިލިއަން ޑޮލަރު ދައްކައިދިނީ ވެސް އިންޑިއާއިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox