ބިންތައް އަތުލި މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގަން ނިންމީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ކަމަށް ބުނެ -- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގަން ނިންމީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ކަމަށް ބުނެ -- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަުގައި ހުރި 14 ބިމެއް ސަރުކާރަށް ނަގަން ނިންމި މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މާލެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު މާލެ ސިޓީ ހޯލް ގަ އެވެ. މާލޭގެ ހުރިހާ ރައްޔިތުންނަށް އެ ބައްދަލުވުމަށް ދައުވަތު އަރުވާފައިވާ އެ ބައްދަލުވުން ފެށޭނީ އެ ރޭ 8:30 ގަ އެވެ.

"ދެ ފުށް ފެންނަ އަދި، މައުނަވީ ގޮތެއްގައި މަޝްވަރާ ކުރުމެއް ނެތި މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުން ކުރުމުގެ ނިންމުންތައް ނިންމަވަމުންގެންދަވާތީ، އެކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރުމަށް މާލެ ސިޓީ ކައުންސިލް ފަރާތުން ވަނީ ނިންމައިފަ އެވެ،" މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުންޏެވެ.

ތަރައްގީގެ މަޝްރޫއުތަކެއް ހިންގަންކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ 14 ބިމެއް އަތުލަން ސަރުކާރުން ނިންމީ މިދިޔަ މަހު އެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ސިޓީ ކައުންސިލަށް ދީފައި ނުވާކަމަށް އެ ކައުންސިލުން މީގެ ކުރިން ބުނެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބިންތަކެއް ސަރުކާރަށް ނަގަން ނިންމި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެ ކައުންސިލުން ވަނީ މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ވަކި ކުރި ބިންތައް 

  • ސަލްޓަން ޕާކު (އީ-ސްޕޯޓިން އެރީނާ އަދި މިއުޒިއަމް ޕާކެއް)
  • ރަސްފަންނު (އިތުރު ކަމެއް ނުކުރޭ)
  • މަސް މާރުކޭޓު އަޅަން ހިއްކި ސަރަހައްދު (ވެޓް މާކެޓެއް)
  • ތައިސޭ ކޮށި (މަސައްކަތްތެރިންގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކެއް)
  • މަސް މާރުކޭޓު (އޮފީސް އަދި ކޮމާޝަލް އިމާރާތެއް)
  • މަސްވެރިންގެ މައިޒާން (ޕަމްޕު ސްޓޭޝަނެއް)
  • ލޯކަލް މާރުކޭޓު (މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  • ކާނިވާ (ރެކްރިއޭޝަން އަދި ކޮމާޝަލް އިމާރާތެއް)
  • އާޓިފިޝަލް ބީޗު (އަޕްގްރޭޑްކޮށް އިތުރު ތަންތަން ހެދުން)
  • ޕޭ ޓޮއިލެޓް ނަންބަރު 2 (ޕަބްލިކް ރެސްޓްރޫމް އަދި އިތުރު ފެސިލިޓީތައް)
  • ވިލާ ހަކަތައިން ބޭނުން ކުރި ޕެޓްރޯލް ޝެޑް (އިލެކްޓްރިކް ވެހިކަލް ޗާގިން ސްޓޭޝަނެއް)
  • ބޮންޑިބަތް ޕާކު (ޕާކިން ބިލްޑިންގެއް އަދި މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
  • ގައުމީ ކުތުބުހާނާއަށް ދީފައި އޮތް ބިން (ކުޑަކުދިންގެ އެކްޓިވީ ސެންޓަރެއް އަދި ޑޭކެއާ ސެންޓަރެއް)
  • މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބިން (ލޭބާ ރިލޭޝަންސްގެ އެކޮމޮޑޭޝަން)

މި ބިންތައް ކައުންސިލުގެ އިހުތިސާސުން ވަކިކުރީ "ބިން ފޭރޭ ބިލު" ގެ ގޮތުގައި ލޭބަލްވީ ބިލެއް ހުށަހަޅައިގެން ލާމަރުކަޒީ ގާނޫނަށް މަޖިލީހުން މިފަހުން ގެނައި ބަދަލުގެ ދަށުންނެވެ. 

އެ ގާނޫނުގެ 2-56 ވަނަ މާއްދާގައިވާ ގޮތުން، ކައުންސިލެއްގެ ބިމެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އެ ބިމެއް ވަކިކުރެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox